Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތާލިބާނުންގެ ވެރިކަން

އަފްޣާނިސްތާނުގައި 8 މަހުގެ މާބަނޑު ފުލުސް އޮފިސަރަކު މަރާލީ ކުދިންގެ ކުރިމަތީގައި

6 ސެޕްޓެމްބަރު 2021 | ހޯމަ 11:17

ތާލިބާނުން ވަނީ މި ތުހުމަތާއި އެނޫންވެސް ތުހުމަތުތައް ދޮގުކޮށްފައި

| 6 ސެޕްޓެމްބަރު 2021 | ހޯމަ 11:17
ބާނޫ ނިގާރު މަރައިލީ ފިރިމީހާޔާއި ކުދިންގެ ކުރިމަތީގައި ކަމަށް އާއިލާއިން ވަނީ ބުނެފައި

ބާނޫ ނިގާރު މަރައިލީ ފިރިމީހާޔާއި ކުދިންގެ ކުރިމަތީގައި ކަމަށް އާއިލާއިން ވަނީ ބުނެފައި

އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތަށް ނިސްބަތްވާ ބަޔަކު މާބަނޑު ފުލުސް އޮފިސަރެއްގެ ގެޔަށް ވަދެ އޭނާގެ ފިރިމީހާޔާއި ކުދިންގެ ކުރިމަތީގައި ތަޅައި އަނިޔާކޮށް އެންމެފަހުން ބަޑިޖަހައި މަރާލާފައިވާ ކަމަށް އެ އާއިލާއާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

މަރައިލެވުނު އޮފިސަރަކީ މެދުތެރޭގެ ޕްރޮވިންސެއް ކަމަށްވާ ޣޯރުގެ ވެރިރަށް ފީރޯޒްކާހުގެ ޖަލެއް ބަލަހައްޓާ އޮފިސަރެކެވެ. މިހާދިސާ ހިނގިއިރު އޭނާގެ ބަނޑަށް 8 މަހެވެ. އެ އާއިލާއިން މައުލޫމާތުދޭ ގޮތުގައި ގެޔަށް ވަދެގެންފައިވަނީ ހަތިޔާރު އަޅައިގެން ތިބި ތިން މީހެކެވެ. އެމީހުން ވާހަކަ ދައްކަމުންދިޔައީ އަފްޣާނިސްތާނުގެ ބަހަކުން ނޫންކަމަށާއި ވާހަކަ ދެއްކީ އަރަބި ބަހުން ކަމަށް ވެސް ބުނެފައިވެއެވެ.

ގެޔަށްވަދެ އާއިލާގެ އެންމެން ބަނދެ ހައްޔަރުކޮށްފައި މާބަނޑު ބާނޫ ނިގާރު ދަމައިނެރެ ތަޅައި އަނިޔާކޮށް ބަޑިޖަހައި މަރާލީ ކަމަށާއި މަރައިލުމަށްފަހުވެސް އޭނާގެ މޫނަށް އެކިވަރުގެ ގެއްލުންތައް ދީފައިވާ ކަމަށް ބުނެއެވެ. މި ތުހުމަތުތައް ތާލިބާން ޖަމާއަތުން ވަނީ ދޮގުކޮށްފައެވެ. އެ ޖަމާއަތަށް ނިސްބަތްވާ ބަޔަކު މިކަން ނުކުރާ ކަމަށާއި މިބާވަތުގެ އެހެން ކަމެއްވެސް ނުކުރާނެ ކަމަށް ތާލިބާނުން ވަނީ ބުނެފައެވެ.

ހުސްވި އޮގަސްޓު މަހުގެ 15 ވަނަ ދުވަހު ވެރިރަށް ކާބުލް ހިފުމަށްފަހު ތާލިބާނުން ބުނެފައިވަނީ އެމީހުންނަކީ މިހާރު ބަދަލުވެފައިވާ ބައެއް ކަމަށާއި ބަދަލުހިފުމުގެ ހަރަކާތްތަކެއް ނުހިންގާނެ ކަމަށެވެ. އަދި އަންހެނުންގެ ހައްގުތަކަށްވެސް އިހުތިރާމް ކުރާނެ ކަމުގައެވެ. މިހެން ބުނެފައިވިޔަސް ބަދަލުހިފުމުގެ ތަފާތު ހަރަކާތްތައް އެކި ސަހަރުތަކުގައި ހިންގަމުންދާ ކަމަށް ބައިނަލްއަގުވާމީ މީޑިއާގައި ދަނީ ޝާއިއު ކުރެވެމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2017

ޕާކިސްތާނުގެ ޑިޕްލޮމެޓިކް މުވައްޒަފަކު އަފްޣާނިސްތާނުގައި މަރާލައިފި

07 ނޮވެމްބަރު 2017
ޕާކިސްތާނުގެ ޑިޕްލޮމެޓިކް މުވައްޒަފަކު އަފްޣާނިސްތާނުގައި މަރާލައިފި
22 އޮކްޓޯބަރު 2017

ސޯމާލިއާގައި މި މަހުގެ 14 ވަނަ ދުވަހު ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 358 އަށް އަރައިފި

22 އޮކްޓޯބަރު 2017
 ސޯމާލިއާގައި މި މަހުގެ 14 ވަނަ ދުވަހު ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 358 އަށް އަރައިފި
18 އޮކްޓޯބަރު 2017

އަފްޣާނިސްތާނުގައި ތާލިބާނުންގެ ހަމަލާތަކެއްގައި 71 މީހަކު މަރުވެއްޖެ

18 އޮކްޓޯބަރު 2017
އަފްޣާނިސްތާނުގައި ތާލިބާނުންގެ ހަމަލާތަކެއްގައި 71 މީހަކު މަރުވެއްޖެ
18 ޖޫން 2017

ތާލިބާނުން ހަމަލާދީ އަފްޣާންގެ 5 ފުލުސް އޮފިސަރުން މަރާލައިފި

18 ޖޫން 2017
ތާލިބާނުން ހަމަލާދީ އަފްޣާންގެ 5 ފުލުސް އޮފިސަރުން މަރާލައިފި
21 އެޕްރީލު 2017

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

21 އެޕްރީލު 2017
ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
26 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި 10 ފުލުހަކާއި ކޮމާންޑަރެއްގެ އަންހެނުން މަރާލައިފި

26 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި 10 ފުލުހަކާއި ކޮމާންޑަރެއްގެ އަންހެނުން މަރާލައިފި
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް