Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިޔާ ފްލެޓް ޕެޓިޝަން

ހިޔާ ފްލެޓް ޕެޓިޝަން ބަލައިގަނެ، ކަމާ ގުޅުންހުރި ބޭފުޅުން ޕެޓިޝަން ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި

ޕެޓިޝަންގައި މައިގަނޑު 3 ކަމަކަށް ޑިމާންޑް ކޮށްފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 6 ސެޕްޓެމްބަރު 2021 | ހޯމަ 11:20
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހެޅި ޕެޓިޝަން އެ ކޮމިޓީން ބަލައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހިޔާ ފްލެޓާ ގުޅިގެން ހުށަހަޅާފައިވާ ޕެޓިޝަންގައި މައިގަނޑު 3 ކަމަކަށް ޑިމާންޑް ކޮށްފައިވެއެވެ. އެގޮތުން ފްލެޓްގެ ކުލި 5،600 އަށް ކުޑަކުރުމާއި، ފްލެޓްގެ ފިނިޝިންގއަށް ދީފައިވާ މުއްދަތު 12 މަސްދުވަހަށް އިތުރުކޮށްދިނުމާއި، ފްލެޓްގެ ޖުމްލަ ކުލިން އެއްލައްކަ ރުފިޔާ ކުޑަކުރުމަށް ވަނީ ޕެޓިޝަންގައި ޑިމާންޑް ކޮށްފައެވެ.

ހޯމަ ދުވަހު ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި މި ޕެޓިޝަަން ކޮމިޓީއަށް ބަލައިގަނެ ދިރާސާ ކުރުމަށްފަހު, ރައްޔިތުންނަށް ދިމާވެފައިވާ ކަންބޮޑުވުމަށް ހައްލު ހޯދައި ދިނުމަށް ކުރެވެން ހުރި ކަމެއް ކުރުމަށް ވަނީ ނިންމާފައެވެ. ޕެޓިޝަން ބަލައިގެންފައިވާއިރު އިތުރު ހުށަހެޅުން ތަކެއްވެސް ހުށަހަޅައި ކޮމިޓީން ވަނީ ފާސް ކޮށްފައެވެ. އެގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމު ވަނީ ޕެޓިޝަންގައި ހިމަނާފައިވާ ކަންކަން ދިރާސާ ކުރުމުގެ ގޮތުން ބައެއް ބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރުމަށްވެސް ހުށަހަޅުއްވާފައެވެ. ކޮމިޓީއަށް ހާޒިރު ކުރުމަށް މެމްބަރު ސަލީމު ހުށަހަޅުއްވާފައިވާ ބޭފުޅުންނަކީ، ހައުސިންގ ޑިވެލޮޕްމެންޓް ކޮޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، ކުރީގެ ހައުސިން މިނިސްޓަރ، މިހާރުގެ ހައުސިންގ މިނިސްޓަރ، ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓްގެ އިސް ބޭފުޅެއް، ފިނޭންސް މިނިސްޓަރ، ޕޮލިސް ކޮމިޝަނަރ، ވެމްކޯގެ އެމްޑީ، އެޗްޑީއެފްސީގެ އެމްޑީގެ އިތުރުން ޕެޓިޝަން ހުށަހެޅި ބޭފުޅުންނެވެ. މެމްބަރ ސަލީމް ވަނީ މި ހުރިހާ ބޭފުޅުންވެސް އެއް ބައްދަލުވުމަކަށް ހާޒިރު ކުރުމަށް ހުށަހަޅުއްވާފައެވެ.

ޕެޓިޝަން ހުށަހަޅާފައިވަނީ ތޭރަސަތޭކައަށްވުރެ ގިނަ މީހުންގެ ސޮޔާއެކުގައެވެ. މެމްބަރުން ވިދާޅުވީ 1300އެއްހާ މެމްބަރުންގެ ސޮޔާއެކު ހުށަހެޅި ނަމަވެސް މިއީ ގާތްގަނޑަކަށް ތިރީސް ހާހެއްހާ މީހުންގެ ކަންބޮޑުވުން ކަމަށެވެ. މިކަމަކީ ބަޔަކު މީހުން ވެފައިވާ އިހުމާލެއްގެ ސަބަބުން ނުކުމެފައިވާ މައްސަލައެއްކަން މެމްބަރުން ފާހަގަކުރެއްވިއެވެ. މީގެކުރިންވެސް ކުލި ކުޑުކުރުމަށް އެދި ހިޔާ ފްލެޓް ލިބުނު މީހުން އެދިފައިވާކަމަަށާއި، މިކަމަށް ކުރެވެން އޮތީ ކޮންކަމެއްތޯ ބަލަން ޖެހޭ ކަމަށެވެ.

ހިޔާ ފްލެޓް އެވޯޑް ކުރުމުގައި ބަޔަކަށް މާލީ މަންފާއެއް ލިބިފައިވޭތޯ ބަލަން ޖެހޭ ކަމަަށާއި، އެފަދަ މަންފާއެއް ލިބިފައިވާނަމަ އެކަން ރަނގަޅަށް ބަލައި ފިޔަވަޅު އެޅެން ޖެހޭ ކަމަށް މެމްބަރުން ވިދާޅުވިއެވެ.

ހިޔާ ފްލެޓްގެ ކުލި އެންމެ ކުޑަކުރެވޭނެ މިންވަރަށް ކުޑަކޮށްފައިވާކަމަށް ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުން ފްލެޓްގެ ކުލި ކަނޑައެޅުމަށް ހިސާބު ހެއްދެވީ ގޯސްކޮށް ކަމަށެވެ. މެއިންޓެނެންސް ފީއާއެކު ފްލެޓްގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 8،500 ރުފިޔާއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު