Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޔާމީނުގެ މައްސަލަ

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އެއްވެސް އިރަކު ޝައުޤެއް ނެތް"

ހައިލަމް ވަނީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށް ވިދާޅުވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2021 | ހޯމަ 09:42
ރައީސް ޔާމީންގެ ޝަރީއަތުގެ ތެރެއިން- ހައިލަމް ވަނީ ގާޒީ ނަޖީބު ދެއްކެވި ވާހަކަތައް ދޮގު ކުރައްވާފައި

ރައީސް ޔާމީންގެ ޝަރީއަތުގެ ތެރެއިން- ހައިލަމް ވަނީ ގާޒީ ނަޖީބު ދެއްކެވި ވާހަކަތައް ދޮގު ކުރައްވާފައި

ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމްއާއި، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ފޯނުކޯލެއް އިވިވަޑައިގެންކަމަށް ވިދާޅުވެ އެ ކޯޓުގެ ކުރީގެ ގާޒީ ޙަސަން ނަޖީބު ދާދި ފަހުން ދެއްކެވި ވާހަކަތަކަށް ހައިލަމް ރައްދު ދެއްވައިފިއެވެ.

ކުރީގެ ބައެއް ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވާހަކަ ފުރަތަމަ އާންމު ކުރެއްވީ ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ޙަސަން ނަޖީބެވެ. އެގޮތުން އޭރު ރައީސް ޔާމީނުގެ މައްސަލަ ބެއްލެވި ގާޒީ ހައިލަމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ޖާގައެއް ކަށަވަރުވެފައިވާކަމަށް އަލީ ޒާހިރު ފޯނު ކޯލެއްގައި ވިދާޅުވި އަޑު އެއްސެވިކަމަށް ގާޒީ ނަޖީބު ވަނީ ވިދާޅުވެފައެވެ. ގާޒީ ނަޖީބަކީ ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ނިންމައި، މަޖިލީހުގައި އެކަމަށް ވޯޓަށް އަހާ ހިސާބުގައި މައްސަލަ އޮއްވައި މަގާމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ.

Advertisement - newsAdvertisement

ނަޖީބުގެ މި ތުހުމަތުތަކާ ގުޅިގެން ރާއްޖެއެމްވީން ސުވާލު ކޮށްލުމުން ހައިލަމް ވަނީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށް ވިދާޅުވެފައެވެ. ހައިލަމް ވިދާޅުވީ، ނަޖީބު މަސައްކަތް ކުރައްވާފައި އެ ވަނީ ރައީސް ޔާމީނުގެ ޝަރީއަތް ކުރިއަށްދާ ގޮތާމެދު ކަންބޮޑުވާކަން ފާޅު ކުރެއްވުމަށް ކަމަށެވެ. ހައިލަމް ވަނީ އެއްވެސް އިރެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގެންނެވުމުގެ ޝައުޤުވެރިކަމެއް ނެތްކަން ފާހަގަކުރައްވައި، އެކަމަށް މަސައްކަތެއް ވެސް ކުރައްވާފައިނުވާނެ ކަމަށް ވިދާޅުވެފައެވެ.

ހައިލަމް ވިދާޅުވީ، ރައީސް ޔާމީނުގެ މައްސަލަ ކުރިއަށް ދިޔައިރު ވެސް ގާޒީ ނަޖީބު މަސައްކަތް ކުރެއްވީ ހަމައެކަނި ވަޒީފާ ސަލާމަތްކުރުމުގެ ވިސްނުމުގައި ކަމަށެވެ. އެގޮތުން ރައީސް ޔާމީނަށް ކޮންމެ ގޮތަކަށް ޙުކުމް އައި ނަމަވެސް، އެބޭފުޅުންގެ އޭރުގެ ވިސްނުން ހުރީ ވަޒީފާ ދެމެހެއްޓުންކަން ފާހަގަކުރައްވައި ހައިލަމް ވަނީ މިއަދު ރައީސް ޔާމީނުގެ ޝަރީއަތާމެދު ކަންބޮޑުވާކަން ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ހައްތަހާވެސް ރައީސް ޔާމީނުގެ ރުހުން ހޯއްދެވުމުގެ މަޤްސަދުގައި ދައްކަވާ ޙަޤީޤަތެއް ނެތް ވާހަކަތަކެއްކަން ހައިލަމް ފާހަގަކުރެއްވިއެވެ.

ހައިލަމް ވިދާޅުވީ، އަލީ ޒާހިރަކީ ވަރަށް ކުރިން ފެށިގެން ވެސް އެކުވެރި ބޭފުޅެއް ކަމަށެވެ. އެގޮތުން ގާތް ގުޅުމެއް އަބަދުވެސް އޮތް ނަމަވެސް، ނަޖީބު އެ ވިދާޅުވާ ފަދަ ކަމެއް ހިނގާފައިނުވާ ކަމުގެ ޔަޤީންކަން ހައިލަމް ދެއްވިއެވެ.

އޭގެ އިތުރުން، ކޯޓުގައި އެތައް މައްސަލައެއް ކުރިއަށްދިޔައިރު، ހަމައެކަނި ރައީސް ޔާމީނުގެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދެއްކުމުން ވެސް ޝައްކުތަކެއް އުފެދޭކަން ހައިލަމް ފާހަގަކުރެއްވިއެވެ.

އޯޑިއޯތަކުގެ ވާހަކަ މި ދަނޑިވަޅުގައި ދައްކަމުންދަނީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫރު ފޯރުވުމަށް ކަމަށް އަލީ ޒާހިރު ވެސް ވަނީ ވިދާޅުވެފައެވެ. ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ މި ސަރުކާރުން ކޯޓުތަކާއި، ފަނޑިޔާރުންނަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށެވެ.

ކޯޓުތަކާމެދު އާންމު ރައްޔިތުންގެ އިތުބާރު އިތުރަށް ރަނގަޅުވަމުން އަންނަ ކަމަށާއި، މިފަދަ ވަގުތެއްގައި ފަނޑިޔާރުންތަކަކާ ގުޅޭ އޯޑިއޯއެއް ލީކުކޮށްގެން އުޅެނީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ސިޔާސީ ބޭނުމެއްގައި ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. މި ވާހަކަ އެންމެ ބޮޑަށް ދައްކަމުންދަނީ ވެސް އިދިކޮޅުން ކަމަށާއި، މިއީވެސް އިއްތިފާގަކުން ހިނގާ ކަމެއް ކަމަށް ވެދާނެ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު