Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ލެބޯޓްރީއެއް ގާއިމްކުރުމަށް ކަނޑައަޅާ ބިލުގެ ބަހުސް ފަށައިފި

6 ސެޕްޓެމްބަރު 2021 | ހޯމަ 07:14

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުމަށް ކައުންސިލްތަކަށްވަނީ ލާޒިމް ކޮށްފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 6 ސެޕްޓެމްބަރު 2021 | ހޯމަ 07:14
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލުގެ ފުރަަތަމަ ކިޔުން އިއްވާފައިވަނީ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލުގެ ފުރަަތަމަ ކިޔުން އިއްވާފައިވަނީ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު

ކާބޯތަކެތި ޓެސްޓް ކުރުމަށް ލެބޯޓްރީއެއް ގާއިމްކުރުމަށް ކަނޑައަޅާފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލުގެ ބަހުސް ފަށައިފިއެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ފެންވަރުކަނޑައެޅުމާގުޅޭ އުސޫލުތައް ބަޔާންކުރުމާއި، ކާބޯތަކެތި އުފައްދައި، ގުދަންކޮށް، ތައްޔާރުކޮށް، ވިއްކާ ތަންތަނުގައި ކާބޯތަކެއްޗަކީ، އިންސާނުން ޞިއްޙީގޮތުން އެކަށީގެންވާ، ރައްކާތެރި ތަކެތި ކަމުގައި ހެދުމަށްޓަކައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތަކަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުން ކަމަށް ބިލު ހުށަހެޅުއްވި މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ބިލަށް ގާނޫނީ ހައިސިއްޔަތު ލިބޭތާ 3 މަސް ދުވަހުގެ ތެރޭގައި 19 ގަވާއިދެއް ހަދައި ގެޒެޓް ކުރަން ޖެހެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާބޯތަކެތި އުފައްދާއިރު ކައުންސިލްތަކަށް ރައްޔިތުން ހޭލުންތެރި ކުރުމާއެކު ކައުންސިލްތަކަށް ބާރުތަކެއް ދީފައިވެއެވެ. އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ކައުންސިލްތަކަށްވަނީ ލާޒިމްކޮށްފައެވެ.

ކާބޯތަކެތި އުފެއްދުމުގެ މަރުހަލާގައި ރައްކާތެރިކަން ކަށަވަރުކުރުމާއި، ކާބޯތަކެތި އުފައްދައިގެން ވިއްކުމުގައި ހުންނަންޖެހޭ މިންގަނޑުތަކާއި، ކާބޯތަކެތި އުފައްދާ މީހާގެ ހުންނަންޖެހޭ މިންގަނޑުތައް ވެސް މި ބިލުގައި ބަޔާން ކޮށްފައިވެއެވެ.

ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ނުވަތަ ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ އަދި ދިވެހިރާއްޖޭގައި އުފައްދާ ކާބޯތަކެތި ޓެސްޓުކުރުމަށާއި، ކާބޯތަކެތި އުފައްދާ ތަންތަނާއި، ނުވަތަ ބަންދުކުރާ ތަންތަނާއި، ނުވަތަ ގުދަންކުރާ ތަންތަނާއި، ވިއްކާތަންތަނާއި، ކާބޯތަކެތި ފޯރުކޮށްދޭ ތަންތަނުގެ ޞިއްޙީ ރައްކާތެރިކަން ބެލުމަށާއި ތަޙްލީލުތައް ކުރުމަށް ނޭޝަނަލް ހެލްތު ލެބޯރަޓަރީއެއް ޤާއިމުކުރަންވާނެކަމަަށް ބިލުގައި ބުނެފައިވެއެވެ.

ރާއްޖޭގައި ހުރި ލެބޯޓްރީއަކުން ޓެސްޓް ނުހެދޭނަމަ ރާއްޖެއިން ބޭރުން ޓެސްޓް ހެދުމުގެ ފުރުސަތު ވެސް ފަހި ކޮށްދޭން ޖެހޭ ކަމަށް ބިލުގައި ވެއެވެ. މެމްބަރުން ވިދާޅުވީ، މި ބިލަކީ މިހާލަތަށް މުހިއްމު ބިލެއް ކަމަށެވެ. މި ބިލު ގާނޫނަކަށްވެ ތަންފީޒު ކުރަން ފެށުމުން، މާރކެޓްގައި މިހާރު ހުރި ފޭކް ޕްރޮޑަކްޓްތައް ވިއްކުމަށް ހައްލެއް ލިބިގެންދާނެކަން މެމްބަރުން ފާހަގަކުރެއްވިއެވެެ. ރާއްޖޭގެ ވިޔަފާރިތަކުން ވިއްކާ ތަކެއްޗަކީ ކޮލިޓީ ތަކެއްޗަށް ހެދުމަށް ފުރުސަތު ފަހިވެގެންދާނެކަން މެމްބަރުން ފާހަގަކުރެއްވިއެވެ.

ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2017

މުޖުތަމައުގައި ރައްކާތެރިކަން ޤާއިމުކުރުމަށް މި ސަރުކާރުން ވަނީ ނުކުޅެދިފައި : އެމްޑީޕީ

24 ސެޕްޓެމްބަރު 2017
މުޖުތަމައުގައި ރައްކާތެރިކަން ޤާއިމުކުރުމަށް މި ސަރުކާރުން ވަނީ ނުކުޅެދިފައި : އެމްޑީޕީ
30 އޯގަސްޓު 2017

ތައައްސުބުން އެއްކިބާވެ އިންސާފު ގާއިމްކުރުމަށް ސުޕްރީމް ކޯޓު ކުރިމަތީ ބެނާއެއް ދަމައި ވަކީލުން "ދުސްތޫރީ ފަސާނާ" އަށް!

30 އޯގަސްޓު 2017
ތައައްސުބުން އެއްކިބާވެ އިންސާފު ގާއިމްކުރުމަށް ސުޕްރީމް ކޯޓު ކުރިމަތީ ބެނާއެއް ދަމައި ވަކީލުން "ދުސްތޫރީ ފަސާނާ" އަށް!
13 ޖުލައި 2017

ހުރިހާ ފަނޑިޔާރުންގެ އާއިލާތަކުގެ ރައްކާތެރިކަން އަޅުގަނޑުމެން ކަށަވަރުކުރާނަން: ޖާބިރު

13 ޖުލައި 2017
ހުރިހާ ފަނޑިޔާރުންގެ އާއިލާތަކުގެ ރައްކާތެރިކަން އަޅުގަނޑުމެން ކަށަވަރުކުރާނަން: ޖާބިރު
05 ޖުލައި 2017

ޔާމީނަށް އިންޒާރު ދިންއިރު ރައްކާތެރިކަން ނުދިނުމުން ފުލުހުންނާ ދެކޮޅަށް ކުރާ ދައުވާ ސިއްރު ކުރުމަށް ދައުލަތުން އެދިއްޖެ

05 ޖުލައި 2017
ޔާމީނަށް އިންޒާރު ދިންއިރު ރައްކާތެރިކަން ނުދިނުމުން ފުލުހުންނާ ދެކޮޅަށް ކުރާ ދައުވާ ސިއްރު ކުރުމަށް ދައުލަތުން އެދިއްޖެ
24 ޖޫން 2017

އީދު ކުޅިވަރު ކުޅޭއިރު ރައްކާތެރިކަން އިސްކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

24 ޖޫން 2017
އީދު ކުޅިވަރު ކުޅޭއިރު ރައްކާތެރިކަން އިސްކުރުމަށް ފުލުހުން އިލްތިމާސްކޮށްފި
30 އެޕްރީލު 2017

މިއީ ރައްޔިތުންގެ ޙައްގުތައް ކަށަވަރުކުރުމަށް ދެވޭ ވޯޓެއް: ނާޒިމް

30 އެޕްރީލު 2017
މިއީ ރައްޔިތުންގެ ޙައްގުތައް ކަށަވަރުކުރުމަށް ދެވޭ ވޯޓެއް: ނާޒިމް
02 އެޕްރީލު 2017

ޔަތީމުޚާނާއަށް ލީ ދިވެހި ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ޖެންޑަރ

02 އެޕްރީލު 2017
ޔަތީމުޚާނާއަށް ލީ ދިވެހި ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ޖެންޑަރ
23 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް