Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ބައެއް ފަނޑިޔާރުންނާއި ވަކީލުން

ރައީސް ޔާމީންގެ ޝަރީއަތަކީ އިތުބާރު ހިފޭ ގޮތަށް ހިންގާފައިވާ ޝަރީއަތެއް ނޫންކަމަށް ދެއްކުމަށް ކުރީގެ ބައެއް ފަނޑިޔާރުންނާއި ވަކީލުން މަސައްކަތް ކުރޭ: އެމްޑީޕީ

6 ސެޕްޓެމްބަރު 2021 | ހޯމަ 03:22

ރައީސް ޔާމީންގެ ކަންކަން ހިނގައި ދިޔަގޮތް ކަމަށް ބުނެ ދެއްކެވި ވާހަކަތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ދައްކަވާފައިވާ ވާހަކަތަކެއް ނޫންކަން ސާފުވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 ސެޕްޓެމްބަރު 2021 | ހޯމަ 03:22
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން

ކުރީގެ ބައެއް ފަނޑިޔާރުންނާއި، ބައެއް ޤާނޫނީ ވަކީލުން 4 ސެޕްޓެމްބަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޝަރީޢަތަކީ އިތުބާރު ހިފޭ ގޮތަށް ހިންގާފައިވާ ޝަރީޢަތެއް ނޫންކަން ރައްޔިތުންނަށް ދެއްކުމަށް މަސައްކަތް ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަަމަށް މޯލްޑިވިއަން ޑިމޮކްރޮޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ބައެއް ފަނޑިޔާރުންނާއި، ބައެއް ޤާނޫނީ ވަކީލުން ބޭއްވި ބައްދަލުވުމެއްގައި ރައީސް ޔާމީންގެ ކަންކަން ހިނގައި ދިޔަގޮތް ކަމަށް ބުނެ ދެއްކެވި ވާހަކަތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ދައްކަވާފައިވާ ވާހަކަތަކެއް ނޫންކަން ސާފުވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ބޭފުޅުންނަކީ، އެބޭފުޅުންގެ ސުލޫކީ މައްސަލަތައް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ސާބިތުވެ ފަނޑިޔާރުކަމުން ވަކިކުރުމަށް އެކޮމިޝަނުން ނިންމައި ރައްޔިތުންގެ މަޖިލީހަށް އެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ފޮނުވުމުން މަޤާމުން އިސްތިއުފާ ދެއްވާފައި ތިއްބެވި ބޭފުޅުން ކަމަށެވެ.

Advertisement - newsAdvertisement

ބައެއް ފަނޑިޔާރުންނާއި، ބައެއް ޤާނޫނީ ވަކީލުން ހިންގި މި އަމަލަކީ މަތީ މަރުހަލާގެ ކޯޓުތަކަށް ކަމުގެ ޙަޤީޤަތް އޮޅުވާލައި އެކޯޓުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުންކަން ފާހަގަކޮށް އެމްޑީޕީން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އެމަނިކުފާނުގެ ސަރުކާރުން ޝަރީޢަތަކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ޢަމަލެއް ހިންގަވާފައި ނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށެވެ. ސަރުކާރުގެ އިސް ފަރާތްތަކާއި ފަނޑިޔާރުންތަކަކާ ދެމެދު ދެކެވިފައިހުރި ވާހަކަތަކެއް ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ އޯޑިއޯތަކެއްގެ މައްސަލައިގައި ހިމެނޭ ކަމަށް ޝައްކު ކުރެވޭ ފަނޑިޔާރުންގެ މައްސަލައިގެ ތަޙްޤީޤު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރަމުންދާ ކަަމަށް ވެސް ބަޔާނުގައިވެއެވެ.

އެ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތެއްގެ ފޮރެންސިކް ތަޙްޤީޤު ހިންގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުށަހަޅާފައިވާ ކަމަށާއި ޕާޓީން އެދެނީ، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތުކުރެވޭ ފަރާތްތަކުގެ ޖިނާއީ ތަޙްޤީޤު އިތުބާރު ހިފޭނޭ ގޮތަށް އަދި ހަލުވިކަމާއެކު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހިންގައި ނިންމުން ކަމަށް އެމްޑީޕީން ބުނެއެވެ.

ޝަރީޢަތަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އެއްވެސް ފަރާތަކުން ހިންގާ ދަށު ދަރަޖައިގެ ޢަމަލުތަކަކީ ޕާޓީން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ދެކޭނޭ މައްސަލަތަކެއް ކަމަށާއި އަދި އެފަދަ ޢަމަލުތަކަކީ އެމްދީޕީން ތަހައްމަލު ކުރާނެ ކަމަށް ނޫން ކަމެއް ވެސް ބުންޏެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް