Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަދީމްގެ މަރުގެ މައްސަލަ

ނަދީމްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް އާދީއްތަ ދުވަހު

އެންމެ ފަހުން ބޭއްވި އަޑުއެހުންތަކުގައި ވަނީ ދިފާއީ ބައެއް ހެކިންގެ ހެކިބަސް ނަގާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2021 | ހޮނިހިރު 12:23
ނަދީމްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ މަފާޒް ހައްޔަރުކޮށްގެން ގެންދަނީ

ނަދީމްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ މަފާޒް ހައްޔަރުކޮށްގެން ގެންދަނީ

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމު ޢަބްދުއްރަޙީމް (ނަޑޭ, 23އ)އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަަލުކޮށްފިއެވެ.

މި އަޑުއެހުން ތާވަލުކޮށްފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 9:30އަށެވެ.

Advertisement - newsAdvertisement

ނަދީމް މަރާލި މައްސަލައިގައި، ގ. ޝާރާޒް، މުޙައްމަދު މަފާޒު ޙުސައިން ސަލީމްގެ މައްޗަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން، ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ, ރ. އިންނަމާދޫ ސަމަންތާ, ޙުސައިން ޝާމިންއާއި ގއ. ގެމަނަފުށި ހަވާސް, މުޙައްމަދު ކަރަމް ސުހައިލް, އަދި ލ. ގަން ވިދާތަރި, ޢަލީ ނިފާޒުގެ މައްޗަށް އުފުލާފައިވެއެވެ. މި ހަތަރު މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

ދައުވާގައިވާ ގޮތުން މަފާޒަކީ ނަދީމަށް ހަމަލާދިން މީހާއެވެ. މަފާޒް ފިޔަވައި ދައުވާ ލިބޭ ދެން ތިބި ތިން މީހުންނަކީ ސައިކަލުތަކުގައި އެތަނަށް ގޮސް، އެކަމުގައި ބައިވެރިވި މީހުން ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ. އެ 4 މީހުންވެސް ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. މި މައްސަލައިގައި ދަޢުވާ ލިބޭ މީހުންގެ ފަރާތުން ދިފާޢީ ވަކީލު ވަނީ މި މައްސަލައަށް ގިނަ ދުވަސްތަކެއް ވަމުންދާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، ވީހާވެސް އަވަހަކަށް މައްސަލަ ނިންމުމަށް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުންތަކުގައި ވަނީ ދިފާއީ ބައެއް ހެކިންގެ ހެކިބަސް ނަގާފައެވެ. އެގޮތުން މި މައްސަލައިގައި ތުހުމަތުކުރެވޭ ބައެއް ފަރާތްތައް އެތަނުގައި ހާޒިރުވެ ނެތްކަމުގެ ދިފާއު ސާބިތުކުރުމަށް ވަނީ ހެކިން ހުށައަޅާފައެވެ.

ނަދީމް މަރުވީ 2017 ޖުލައި 27 ވަނަ ދުވަހުގެ ހަވީރު ޓަރމިނަލް ކެފޭ ތެރޭގައި އިންދާ، ބަޔަކު ގޮސް ވަޅި ހަރައި ޒަޚަމްކޮށްލުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. މި މައްސަލައަށް ގިނަ އަހަރުތަކެއް ވަމުންދާއިރު، މަރުގެ މިފަދަ ބޮޑެތި މައްސަލަތަކުގެ ޝަރީއަތް ނުނިމި ދިގުލައިގެންދާކަމުގެ ޝަކުވާ ގިނަ ބަޔަކު ގެންދަނީ ކުރަމުންނެވެ.

މި މައްސަލައިގައި މަފާޒުގެ މައްޗަށް ދަޢުވާ ސާބިތުވެއްޖެ ނަމަ، އޭނާއަށް އަންނާނީ މަރުގެ އަދަބެވެ. ނަމަވެސް މަފާޒުގެ މައްޗަށް އެ ދަޢުވާ ސާބިތުނުވެ، އެ ކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއް ސާބިތުވެއްޖެ ނަމަ 15 އަހަރާ 25 އަހަރާ ދެމެދުގެ ޖަލު ޙުކުމެއް މަފާޒަށް އަންނާނެ އެވެ. އޭގެ އިތުރުން، އެކަމުގައި ބައިވެރިވި މީހުންގެ މައްޗަށް އެ ދަޢުވާ ސާބިތުވެއްޖެ ނަމަ 15 އަހަރާ 25 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު