Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ވަށް ތަކެތީގެ ބާބާއި ވަށްރޮށީގެ ވާހަކަ!

4 ސެޕްޓެމްބަރު 2021 | ހޮނިހިރު 07:52

އަހުމަދު ޝިޔާމް ވަނީ ރައީސް ސާލިހަށް ފުރައްސާރަ ކުރައްވާފައި

| 4 ސެޕްޓެމްބަރު 2021 | ހޮނިހިރު 07:52
ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބުރައީސް އަހުމަދު ޝިޔާމް

ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބުރައީސް އަހުމަދު ޝިޔާމް

މީހަކާމެދު ނުރުހިގެން އެމީހަކާ ދިމާއަށް ހެއްދެވި ނެހެއްދެވިއަށް ގޮވައި ހިތަށް އައިހާ ގޮވެލިފައްޗެއް ގޮވުމަށް މަޖާޒީގޮތުން ބުނެވޭ ބަހަކީ ވައްވައްޖެހުމެވެ. މީހަކު ދެރަކޮށް ނިކަމެތިކޮށްލުމުގެ ގަސްތުގައި ހަގީގަތާ ޚިލާފު ވާހަކަތަކެއް ހަދަހަދައިގެން ގޮވުންވެސް ހިމެނެނީ މި ގިންތީގައެވެ. ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ފަރާތުން ހުކުރުދުވަހުގެރޭ މާލޭގައި ބޭއްވި ޖަލްސާގައި ވަށް އެއްޗިއްސާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ގުޅުވައިގެން ބައެއް ބޭފުޅުން ދެއްކެވި ވާހަކަފުޅުތައް ވެސް އަޅުގަޑުގެ ނަޒަރުގައި ފެތެނީ މި ގިންތިއަށެވެ.

ނައިފަރު ދާއިރާގެ މަޖިލީސް މެންބަރު އަދި ޕީޕީއެމްގެ ނާއިބުރައީސް އަހުމަދު ޝިޔާމް ވިދާޅުވިއެވެ. ރައީސް ސާލިހަށް އެނގިވަޑައިގަންނަވާ ހަމައެކަނި ކަމަކީ ވަށްކޮށް ރޮށި ފިހުމެވެ. މާލޭ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ކައުންސިލަރަކު ވިދާޅުވިއެވެ. ރައީސް ސާލިހަކީ ވަށްކޮށް ފިހެފައިވާ ރޮށްޓެކެވެ. ދެން މިހެންގޮސް ވަށްރޮށްޓާއި ގުޅުވައިގެން އެބޭފުޅުން މިޒާތަކުން ލައްކަ ގިނަ ވާހަކަ ދެއްކެވިއެވެ. މިއަޑު އަހާން އިނދެފައި ހިތުގައި ޖެހުނެވެ. ސިޔާސީގޮތުން މިހާރު އެންމެ ހަލުވިކޮށް ވިއްކެނީ ވަށްކޮށް ފިހާ ރޮށްޓާއި ވަށް ތަކެތި ބާވަައެވެ. ވަށް ތަކެތީގެ ބާބުގައި އޮތީ ވަށްރޮށީގެ ނަން އެކަނިބާވަަައެވެ.

ރައީސް ސާލިހު 2018 ވަނަ އަހަރުގެ ތެރޭގައި ދެއްވި އިންޓަރވިޔުއެއްގައި އެމަނިކުފާނުގެ އާއިލީ ދިރިއުޅުއްވުމާއި ސާދާ މިޒާޖާއި އާދަތަކުގެ ވާހަކަ ދެއްކެވިއިރު އަމިއްލަފުޅު ކަންކަން އަމިއްލަފުޅަށް ކުރައްވަމޭ ވިދާޅުވިއެވެ. ވަށްކޮށް ރޮށި ދަމަން އެނގޭ ކަމަށްވެސް ވިދާޅުވިއެވެ. އެނޫންވެސް ކިތަންމެ ވާހަކައެއް ވިދާޅުވިއެވެ. މީގެ ތެރެއިން ވަށްރޮށީގެ ވާހަކަ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު އެ ނެންގެވީ އެއީ ދެރަކަމަކަށް ހައްދަވައިގެންނެވެ. އެއީ ފިރިހެނުންނާ އަރަފޯދިގެން ނުވާ ކަމެކޭ ހީފުޅު ކުރައްވައިގެންނެވެ. ބަދިގެޔަކީ ފިރިހެނުންގެ ތަނެއް ނޫނޭ އެއީ އަންހެނުންނަށް ޚާއްސަ ތަނެކޭ ހީކުރައްވައިގެންނެވެ. ރައީސް ސާލިހަށް ފުރައްސާރަކުރައްވައި ދެރަކޮށްލެއްވުމުގެ ގޮތުންނެވެ.

އަހުމަދު ޝިޔާމަށް އެނގިވަޑައިނުގަންނަވާ އެއްޗަކީ މިޒާތުން މީހުންނާއި ފޮށުމާއި ފުރައްސާރަ ކުރުމަށް ވާވުން ފެށޭ މަޖާޒީބަހެއް އޮންނަކަމެވެ. އަދި ފިލިކޯޅި ހަމަކޮށްގެން މިޒާތަށް ކިޔޭނޭ ކިތަންމެ ބަހެއް ދިވެހިބަހުގައި އެބައޮތްކަމެވެ. ދެންވާނީވެސް އެހެންނެވެ. ހުވަދުއަތޮޅު ބަހުރުވައިން ވަށްޑެއްޔާއޭ ކިޔުނު ބަހެއް އޮވެއެވެ. އެއީ ފެންހެދިފައި އޮންނަ ކުދިކުދި ވަޅުވަޅުގަނޑެވެ. އެކަހަލަ ވަޅުގަނޑަކަށް ވެއްޓި އޭގެތެރޭގައި ތާށިވީމާ ދެން ބޭރުގައި ހިނގާ ކަންކަމާއި އެހެން މީހުން އުޅޭނޫޅޭ ގޮތް ނުފެނިދާނެއެވެ. ނޭނގިދާނެއެވެ. މިއީވެސް އެޒާތުގެ ކަމެކޭ ހީވެއެވެ. އެޗްޕީއޭގެ ގައިޑްލައިން އޮތްތާކު ބާއްވަވާފައި ވަށްޓެއްގައި ކަނޑޫޖަހާފައި ހުރިހެން އެބޭކަލުން މި ޖަލްސާއެއްގައި އެތުރިގެން ތިއްބެވި ތިއްބެވުން މައިގަޑު ގޮތެއްގައި އަޅުގަޑަށް ސިފަކުރެވުނީ ވަށްޑެއްޔާއެކެވެ.

ވައްކަން ކުރުމަށްވުރެ ވަށްކޮށް ރޮށި ދަމަން އެނގުމުގެ ހެޔޮކަންވެސް މާބޮޑެވެ. ރައީސް ސާލިހުގެ އިންޓަރވިޔުއެއްގައި ވެސް އަދި ތަގުރީރެއްގައި ވެސް ވައްކަން ކުރަމެކޭ ވިދާޅެއް ނުވެއެވެ. އަދި ވައްކަމަށް ހިތްވަރު ދެއްވާފައެއްވެސް ނުވެއެވެ. ގެޔަށް ހަރާން ފައިސާ ވަދެޔޭ ވައްދަމޭ ވިދާޅެއް ނުވެއެވެ. ފައިސާވިއްޔާ އަންހެނުންވެސް ހަރާން ހަލާލުގެ ވާހަކައިން ސުވާލު ނުކުރާނެޔެކޭ ވިދާޅެއް ނުވެއެވެ. ގޮތްނޭނގޭ ފައިސާތަކެއް އެމަނިކުފާނުގެ ބޭންކް އެކައުންޓަކަށް ވަދެގެން ތަހުގީގީ އިދާރާޔަކުން ތަހުގީގެއް ހިންގަން ޖެހިފައެއްވެސް ނެތެވެ. އަދި ވައްކަމުގެ މައްސަލައެއްގައި ފަނޑިޔާރު ގެޔަކުން ނިޔާއެއްވެސް އިއްވައިފައެއް ނެތެވެ.

ވާވުން ފެށޭ ކުރު ބަސްބަސް އަމުނައިގެން ގަތައިގެން ވަށްރޮށީގެ ވާހަކަ ދެއްކެވި ބޭފުޅުންގެ ތަގުރީރުން ވައްކަން މި ލަފުޒު ވަނީ އުނިކުރައްވައިފައެވެ. އެއީ އެބޭފުޅުންނަށް ދެއްކެން އޮތް ވާހަކައަކަށް ނުވަނީ ކަމަށް ވެދާނެއެވެ. އެކަމަކު މުޅިޔަކުން އެހެނެއްވެސް ނޫނެވެ. ނުދެއްކޭނޭ ނުވަތަ ދައްކަން ފުރުސަތެއް ނެތް ކިތަންމެ ކިތަންމެ ވާހަކައެއް އެބޭފުޅުން ދެއްކެވިއެވެ. ކޯޓުތަކާއި ގުޅުވައިގެން ބައެއް ބޭފުޅުން ދެއްކެވި ނަޖިހުގެ ވާހަކައަކީ މިކަމުގެ މިސާލެކެވެ.

ކޯޓުތަކުގެ ފުރާޅުން ޓިނު ނައްޓައިގެން ފަނޑިޔާރުން ވަގަށް ނެގުމާއި މީސްމީހުން ފްރޭމްކުރުމާއި ކުއްލިޔަކަށް ވުޖޫދުވާ ކަޅުފޮށްޓާއި ކަޅުދަބަހާއި މިހިރަ މިހަރަ ކަންކަމަކީ އެވެރިން ސަރުކާރު ހިންގި ދުވަސްވަރު ނިކަން ފަރިތަކޮށް ހިންގި ކަންކަމެވެ. ދުނިޔެއަށް ވެސް މި މަންޒަރުތައް ބަލަން ނުކެރިގެން ހޯހޯއޭ ގޮވާން ޖެހުނު ކަންކަމެވެ. މިކަން މިމަގުން ހިންގާން އުޅެއުޅެފައި އަދި ރައްޔިތުން އިންތިޚާބު ކުޅަޔަސް ވެރިކަން ހަވާލެއްވެސް ނުކުރާނަމޭ ބުނެ ބޮޑާ ހޭކި މީހުން މިއަދު މިދައްކަނީ ކޮން ނަޖިހެއްގެ ވާހަކަ ބާވައެވެ؟ ނަޖިހެެއް ފެނުނަސް އެއީ ނަޖިހެެއްކަން އެނގޭނޭބާވައެވެ؟ ވާވުގައި އަބަފިލިޖެހިގެން ދެން ށަވިޔަނި ސުކުނާއި އަލިފު ސުކުން ކުރެވޭ ބަސްބަހުގެ ގިނަކަމާއި މާނައިގެ ތަފާތުކަން އެނގޭބާވައެވެ؟

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން
01 އެޕްރީލު 2017

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟
30 މާރިޗު 2017

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ
24 މާރިޗު 2017

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.
08 މާރިޗު 2017

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
26 ފެބުރުއަރީ 2017

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

26 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.
26 ފެބުރުއަރީ 2017

މުސްލިމް ފްރީ ހޮސްޕިޓަލުގެ ވާހަކަ އެނގޭތަ؟

26 ފެބުރުއަރީ 2017
މުސްލިމް ފްރީ ހޮސްޕިޓަލުގެ ވާހަކަ އެނގޭތަ؟
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
11 ޖެނުއަރީ 2017

ހިބަޅިދޫ ވާހަކައިގެ އަސްލު: މިވެސް އަދީބު ދިން ލަނޑެއް!

11 ޖެނުއަރީ 2017
ހިބަޅިދޫ ވާހަކައިގެ އަސްލު: މިވެސް އަދީބު ދިން ލަނޑެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް