Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއާޗާ ޕްރިޕެއިޑްގެ ހާއްސަ އޮފަރ

އާޗާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 3 ގުނަ އިތުރު ޑޭޓާ ލިބޭ ޚާއްސަ އޮފަރއެއް

މުޅި ހަފުތާއަށް ނުވަތަ މުޅި މަހުގެ ނިޔަލަށް 180ޖީބީ އާއި ހަމައަށް ޑޭޓާ ލިބޭނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 2 ސެޕްޓެމްބަރު 2021 | ބުރާސްފަތި 22:41
އުރީދޫ

އުރީދޫ

އުރީދޫ އިން އާޗާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 3 ގުނަ އިތުރު ޑޭޓާ ލިބޭ ޚާއްސަ އޮފަރ އެއް ފަށައިފިއެވެ.

އުރީދޫ އިން ބުނީ މި އޮފަރ މެދުވެރިކޮށް މުޅި ހަފުތާއަށް ނުވަތަ މުޅި މަހުގެ ނިޔަލަށް 180ޖީބީ އާއި ހަމައަށް ޑޭޓާ އާއިއެކު އަންލިމިޓެޑް އުރީދޫ ކޯލްސް ލިބިގެންދާނެ ކަމަށެވެ. އާޗާ ޕްރިޕެއިޑް ޕްލޭންސް، މާކެޓްގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް އެންމެ ގިނަ ފައިދާ ލިބޭ ޕްލޭންތައް މި އޮފަރ އާއިއެކު އިތުރަށް ފުރިހަމަވެފައިވާ ކަމަށް އުރީދޫން ބުނެއެވެ.

މި ލޯންޗްކުރެވުނު އާޗާ ޕްރިޕެއިޑްގެ ޚާއްސަ އޮފަރ ފަރުމާ ކުރެވިފައިވަނީ ކަސްޓަމަރުންނަށް ކޮންމެ ތާކު، ކޮންމެ ވަގުތެއްގައިވެސް އާއިލާ އާއި ރައްޓެހިންނާ ގުޅުވައިދީ އަދި ސްޓްރީމިންގް ޕްލެޓްފޯރމްތައް މެދުވެރިކޮށް ފިލްމް އަދި ސީރީޒްތައްވެސް އިތުރު ހާސްކަމެއްނެތި ބަލާލެވޭގޮތަށް ކަމަށް އެކުންފުނިން ފާހަގަކުރެއެވެ. އުރީދޫ އިން ބުނީ އާޗާ ޕްރީޕެއިޑް ނަގާ ފަރާތްތަކަށް ލިބޭ ބޯނަސް ޑޭޓާ ވަނީ ރެގިއުލަރ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އެޕްތައް އަދި ސްޓްރީމިންގް އެޕްތަކަށް ޚާއްސަކޮށް ބަހާލެވިފައިކަމަށެވެ. ސޯޝަލް މީޑިއާ އަދި ސްޓްރީމިންގް އެޕްތަކުގެ ތެރޭގައި ނެޓްފްލިކްސް، އައިފްލިކްސް، ސޮނީލިވް، ޓިކްޓޮކް، ސައުންޑްކްލައުޑް، ސްޕޮޓިފައި، ސްނެޕްޗެޓް، ޓްވިޓަރ، އިންސްޓަގްރާމް، ވީޗެޓް، ވަޓްސްއަޕް، ވައިބަރ، ޓެލަގްރާމް، ފޭސްބުކްގެ އިތުރުން ޕިންޓަރެސްޓް ހިމެނެއެވެ.

އާޗާ ޕްރިޕެއިޑް ޕްލޭންސް އިން ލިބޭ ބޯނަސް އެލަވަންސްތަކުގެ ތެރޭގައި 150 ރުފިޔާއަށް ލިބޭ އާޗާ 1ޖީބީ/ޑޭ ވީކްލީ ޕެކަށް، 7 ދުވަހަށް ދުވާލަކު 3 ޖީބީ ލިބޭނެއެވެ. އެއީ 1 ޖީބީ އާއި 1 ޖީބީ ރެގިއުލަރ ބޯނަސް ޑޭޓާ އަދި ސޯޝަލް މީޑިއާ އާއި ސްޓްރީމިންގްއަށް ލިބޭ 1 ޖީބީ ބޯނަސް ޑޭޓާއެވެ. އަދި އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް ލިބޭނެއެވެ.

އާޗާ 1ޖީބީ/ޑޭ މަންތްލީ ޕެކް، 30 ދުވަހަށް ލިބޭ އިރު، މި ޕެކް ލިބޭނީ 500 ރުފިޔާ އަށެވެ. މި ޕެކުން ކަސްޓަމަރުންނަށް މަސްދުވަހަށް 1 ޖީބީ އާއި 1 ޖީބީ ރެގިއުލަރ ބޯނަސް ޑޭޓާ އަދި ސޯޝަލް މީޑިއާ އާއި ސްޓްރީމިންގްއަށް ލިބޭ 1 ޖީބީ ބޯނަސް ޑޭޓާ ލިބޭނެއެވެ. މި ޕެކުންވެސް އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް ލިބޭނެއެވެ.

މީގެ އިތުރުން 750 ރުފިޔާއަށް އާޗާ 2ޖީބީ/ޑޭ މަންތްލީ ޕެކް 30 ދުވަހަށް އެކްޓިވޭޓް ކުރެވޭނެއެވެ. މި ޕެކުން ކަސްޓަމަރުންނަށް ދުވާލަކު 6 ޖީބީ ޑޭޓާ ލިބޭނެއެވެ. އެއީ 2 ޖީބީ އާއި 2 ޖީބީ ރެގިއުލަރ ބޯނަސް ޑޭޓާ، ސޯޝަލް މީޑިއާ އާއި ސްޓްރީމިންގްއަށް ލިބޭ 2 ޖީބީ ބޯނަސް ޑޭޓާ އަދި އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް ލިބޭނެއެވެ.

އާޗާ ޕްރިޕެއިޑް ޕްލޭންސް އުރީދޫ އެޕް، އެސްއެމްއެސް މެދުވެރިކޮށް އަދި 1#929އަށް ޑައަލް ކޮށްލައިގެން އެކްޓިވޭޓް ކުރެވޭނެއެވެ. އައު ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނެގުމަށް އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާރޓްނަރ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑަރޑް ޕްރީޕެއިޑް ޕްލޭނެއް ބައްލަވައިގަތުމަށްފަހު އުރީދޫ އެޕް، އެސްއެމްއެސް ނުވަތަ 1#929އަށް ޑައަލް ކުރުމުން ޕްލޭން އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫން ފާހަގަކުރެއެވެ.

އުރީދޫ

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2025

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

18 ނޮވެމްބަރު 2025
ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި
15 އޮކްޓޯބަރު 2025

އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

15 އޮކްޓޯބަރު 2025
އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ
27 ފެބުރުއަރީ 2025

އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް

27 ފެބުރުއަރީ 2025
އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް
17 ޑިސެމްބަރު 2024

އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް

17 ޑިސެމްބަރު 2024
އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް
12 ޑިސެމްބަރު 2024

އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް

12 ޑިސެމްބަރު 2024
އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް
27 އޮކްޓޯބަރު 2024

މެރެތަން ދުވެލަން ދޯހާއަށް! އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއް

27 އޮކްޓޯބަރު 2024
މެރެތަން ދުވެލަން ދޯހާއަށް! އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއް
25 އޮކްޓޯބަރު 2024

އުރީދޫއިން މޯލްޑިވްސް ގެ ޕާޓްނަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބިޒްނަސް ޕާޓްނަރ އެވޯޑްސް އަދި ގާލާ ނައިޓް ބާއްވައިފި

25 އޮކްޓޯބަރު 2024
އުރީދޫއިން މޯލްޑިވްސް ގެ ޕާޓްނަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބިޒްނަސް ޕާޓްނަރ އެވޯޑްސް އަދި ގާލާ ނައިޓް ބާއްވައިފި
02 އޮކްޓޯބަރު 2024

އުރީދޫ އިން އިސްރަށްވެހިންގެ ނާދީ އާއި ގުޅިގެން ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

02 އޮކްޓޯބަރު 2024
އުރީދޫ އިން އިސްރަށްވެހިންގެ ނާދީ އާއި ގުޅިގެން ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
30 ސެޕްޓެމްބަރު 2024

އުރީދޫގެ ސަބްސިޑަރީ ކުންފުނި، ޓެކްފިން މޯލްޑިވްސް އަށް އެމްއެމްއޭގެ ޕޭމަންޓް ސާވިސް ޕްރޮވައިޑާ ލައިސަންސް ލިބިއްޖެ

30 ސެޕްޓެމްބަރު 2024
އުރީދޫގެ ސަބްސިޑަރީ ކުންފުނި، ޓެކްފިން މޯލްޑިވްސް އަށް އެމްއެމްއޭގެ ޕޭމަންޓް ސާވިސް ޕްރޮވައިޑާ ލައިސަންސް ލިބިއްޖެ
19 ސެޕްޓެމްބަރު 2024

އުރީދޫ އާ ވިލާކޮލެޖު ގުޅިގެން ތަމްރީނު ފުރުސަތުތަކެއް އިއުލާންކޮށްފި

19 ސެޕްޓެމްބަރު 2024
އުރީދޫ އާ ވިލާކޮލެޖު ގުޅިގެން ތަމްރީނު ފުރުސަތުތަކެއް އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު