Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސައިބަރ ސެކިއުރިޓީ ގާނޫނު

ސައިބަރ ސެކިއުރިޓީ ގާނޫނެއް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ތަންފީޒުކުރަން ފަށާނެ - ޝައުނާ

ޑިޖިޓަލް އިކޮނޮމިއާ ދިމާއަށް މިސްރާބު ޖަހާފައިވާއިރު ކުރަން ޖެހޭ މަސައްކަތް ތަފާތު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2021 | ބުދަ 17:22
އާމިނަތު ޝައުނާ - މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

އާމިނަތު ޝައުނާ - މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ސައިބަރ ސެކިއުރިޓީ ގާނޫނެއް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ތަންފީޒުކުރަން ފަށާނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރާއްޖޭޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި މިނިސްޓްރީން ކުރައްވާ މަސައްކަތްތައް ތަފްސީލް ކޮށްދެއްވަމުން، މިނިސްޓަރ ވިދާޅުވީ، ސައިބަރ ސެކިއުރިޓީއާ ގުޅޭ މައްސަލަތައް އެބަހުރި ކަމަށާއި، ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މައިކްރޮސޮފްޓާއެކު މިހާރު އެއްބަސްވުމެއް އެކުލަވާލެވިފައިވާ ކަމަށާއި، ސޮފްޓްވެއަރތައް ބޭނުންކުރާއިރު، އޭގެ އަސްލު ބޭނުން ކުރުން މުހިއްމު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ، މިހާތަނަށް އެންސިއައިޓީއަށް ދެވިފައި އޮތް އަހައްމިއްޔަތުކަން ކުޑަކަމަށެވެ. އެތަނަށް ހެޔޮ ބަދަލެއް ގެނައުމަށް ކުރައްވާ މަސައްކަތްތައް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ފެނިގެންދާނެކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ސައިބަރ ސެކިއުރިޓީ ގާނޫނެއް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ތަންފީޒުކުރަން ފަށާނެ ކަމަށެވެ. އަދި އިންޓަރނެޓްގެ އަގަށް އައި ބަދަލާއެކު ޚިދުމަތުގެ ފެންވަރު ރަނގަޅު ވެއްޖެ ކަަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޑިޖިޓަލް އިކޮނޮމިއަކާ ދިމާއަށް މިސްރާބު ޖަހާފައިވާއިރު ކުރަން ޖެހޭ މަސައްކަތް ތަފާތު ކަމަށާއި، އެކަމަށް އިންސާނީ ވަސީލަތްތައްވެސް ބޭނުންވާ ކަމަށް ވިދާޅުވިއެވެ. އެ މަސައްކަތްތަކާއެކު ރެގިއުލޭޓަރީ އޮތޯރިޓީން ކުރަން ޖެހޭ މަސައްކަތްތަކަށް ބަދަލު އަންނަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓްރީގެ ދަށުން އޮންނަ އީޕީއޭ ކުރިއަށް އޮތްތަނުގައި އޮންނާނެ ގޮތް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާކަމަށާއި، ކުރިއަށް އޮތް ދެ އަަހަރުގެ ތެރޭގައި އެތަނުގައި ވަސީލަތްތައް ގާއިމް ކުރެވި، އެތަނުގެ ހަގީގީ މަަސައްކަތްތައް ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ތެޔޮ ގަތުމަށްކުރާ ޚަރަދު ކުޑަކުރެވޭނީ އިއާދަ ކުރަނިވި ހަކަތަައަށް އަމާޒު ހިފައިގެން ކަމަށެވެ. މިކަމަށްޓަކައި މާލީ ނިޒާމް ހުޅުވާލެވެންޖެހޭ ކަމަށާއި، އެކަމަށް މަގުފަހި ކުރުމަށްޓަކައި، ބޭންކް ތަކާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އެންމެ ބޮޑު ބޭނުމަކީ، އަމިއްލަ ފަރާތްތަކަށް އިއާދަކުރަނިވި ހަކަތައަށް ޚަރަދު ކުރުމަށް ފުރުސަތު ދިނުން ކަމަށް ވެސް ވިދާޅުވިއެވެ. އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ފުރުސަތު ހުޅުވާލާފައި މިހާރު އޮތްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ފެނަކައާއެކު ހޯމް ސޯލަރ ޕްރޮގްރާމެއް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭރުން ގޭގައި ސޯލަރ ޕެނަލް ބެހެއްޓޭނެ ގޮތް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ކުނީގެ މައްސަލައަށް، އޭޑީބީއާއެކު ކުރިއަށްދާ ޕްރޮގްރާމް ތެރެއިން ހައްލު ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޖަރުމަންގެ ކޮންސަލްޓެންޓަކާއެކު އެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ޕްރޮޖެކްޓް ނިމޭއިރު ތިލަފުށްޓަށް ކުނިގެންދާއިރު، ކުނީގެ ބާވަތްތައް ވަކި ކުރެވި، ކުންޏާއި ގުޅިގެން މިހާރު ދިމާވާ މައްސަލަ ހައްލު ވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކުނި ކޮށި ނެތް ރަށްރަށުގައި އެތަންތަން ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ކުނި ކޮށި ހުރި ރަށްރަށުގެ ތެރެއިން އަޕްގްރޭޑް ބޭނުންވާ ރަށްރަށަށް އެކަންވެސް ފަހިކޮށްދެއްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ވަންދޫގައި ގާއިމްކޮށްފައި ހުރި ފެސިލިޓީގައި ކުނި މެނޭޖް ކުރުން މި އަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. ދެކުނުގެ ކުނި މެނޭޖް ކުރުމަށް މަޝްވަރާތައް ކުރަމުން އަންނައިރު އައްޑޫ ސިޓީގައި ރަނގަޅު ފެންވަރުގެ ވޭސްޓް މެނޭޖްމެންޓް ފެސިލިޓީއެއް ގާއިމް ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ތަންތަނުގެ މެނޭޖްމެންޓް ޕްލޭނެއް އެކުލަވާލައި، ކައުންސިލްތަކާ އެތަންތަން ހަވާލު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އަމާޒަކީ، ކޮންމެ ރަށެއްގެވެސް ގުދުރަތީ ތަންތަން ހިމާޔަތް ކުރުން ކައުންސިލުންތަކުން ކުރިއަށް ގެންދިޔުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ތަރައްގީއާއި، ވެށި ހިމާޔަތް ކުރުމުގައި ބެލެންސް މިންގަނޑެއް ގެންގުޅެން ޖެހޭ ކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އެކަން އެގޮތަށް ކުރުމަށްޓަކައި މަސައްތައް ބައްޓަން ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ކުރިއަށް އޮތް ހަފުތާ ތެރޭގައި ޖެމްސްއަށް ބަދަލުތައް ގެންނެވުމަށް މަސައްކަތް ފަށްޓަވާނެ ކަމަށެވެ. ޖެމްސް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެބަހުރި ކަމަށާއި، ކަރުދާސް ބޭނުން ކުރުން ހުއްޓާލުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ޖެމްސްއަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަމާޒަކީ އަންނަ އަހަރު ސަރުކާރުގެ އިދާރާތަކުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުން ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އައިމިނަތު ޝައުނާއީޕީއޭމިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ކޮމެންޓް

އިތުރަށް ކިޔާލަން

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025
ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ

ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ

09 މެއި 2024
އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

13 މާރިޗު 2024

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު