Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެއްބަސްވުމެއްގައި ސޮއި ކުރުން

އެމްއައި ކޮލެޖާއި ނިލާއީ ޔުނިވަރސިޓީ އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގައި ކިޔަވައިގެން ޔުނިވަރސިޓީގެ ކުއަލިފިކޭޝަން ލިބޭނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2021 | ބުދަ 14:37
އެމްއައި ކޮލެޖާއި ނިލާއީ ޔުނިވާސިޓީ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެމްއައި ކޮލެޖާއި ނިލާއީ ޔުނިވާސިޓީ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެމްއައި ކޮލެޖާއި މެލޭޝިއާގެ ނިލާއީ ޔުނިވަރސިޓީން, ބަޔޯ ޓެކްނޮލޮޖީ ކޯސްތައް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބުދަ ދުވަހު މާލޭގެ ހޮޓެލް ޖެންގައި ބޭއްވުނު މި ރަސްމިއްޔާތުގައި އެމްއައި ކޮލެޖުގެ ރެކްޓަރ ލަމްޔާ ޢަބްދުލް ހާދީ ވާހަކަ ދައްކަވަމުން ވިދާޅުވީ، ނިލާއީ ޔުނިވަރސިޓީން އެމްއައި ކޮލެޖަށް ދޭ މި ކޯސްތަކަކީ އެ ޔުނިވަރސިޓީގެ ފެންވަރުގައި ކިޔަވައިދޭނެ ކޯސްތަކެއްކަމަށެވެ. އަދި އެމްއައި ކޮލެޖުގެ ހުރިހާ ބްރާންޗްތަކަކުންވެސް މި ކޯސްތައް ކުރިއަށް ގެންދާނެކަމަށެވެ.

Advertisement - newsAdvertisement

ލަމްޔާ ވިދާޅުވީ ސަރުކާރުން ދޭ ހިލޭ ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން, ކުދިންނަށް ރާއްޖޭގައި ހިލޭ ޑިގްރީ ހެދިގެން ދާނެކަމަށާއި އަދި މެލޭޝިއާއަށް ޑިގްރީ ހެދުމަށް ދާން ނުޖެހޭނެ ކަމަށެވެ. އެ ޔުނިވަރސިޓީގެ ކުއަލިފިކޭޝަން ރާއްޖޭގައި ކިޔަވައިގެން ލިބޭނެ ކަމަށާއި އަދި މެލޭޝިޔާއަށް ގޮސް ކޯސް ހެދުމަށް ހޭދަ ކުރާ ޚަރަދު ކުރާކަށް ނުޖެހޭނެކަމަށެވެ. މި ފުރުސަތަކީ ކޯސްތައް ހަދާ ކުދިންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ނިލާއީ ޔުނިވަރސިޓީން އެމްއައި ކޮލެޖަށް ދޭ ކޯސްތަކުގެ ތެރޭގައި; ފައުންޑޭޝަން އިން ސައިންސް، ޑިޕްލޮމާ އިން ބަޔޯ ޓެކްނޮލޮޖީ، ބެޗެލަރސް އޮފް ސައިންސް އަދި އޮނަރސް އިން ބަޔޯ ޓެކްނޮލޮޖީ ހިމެނޭ ކަމަށް ލަމްޔާ ވިދާޅުވިއެވެ. ލަމްޔާ ބުނީ ކުދިންނަށް ހެލްތު ސައިންސް ޕްރޮގްރާމްތައް އެމްއައި ކޮލެޖުން ކިޔަވައި ދިނުމަކީ އެ ކޮލެޖުގެ ހުވަފެނެއް ކަމަށެވެ. އަދި ހުވަފެން ހަގީގަތަކަށް ހެދުމަށް ދެ އަހަރު މަސައްކަތް ކުރެއްވުމަށް ފަހު އެ ހުވަފެން ތެދަކަށްވީ މި ރަސްމިއްޔާތުން ކަމަށް ލަމްޔާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ލަމްޔާ ވިދާޅުވީ އެމްއައި ކޮލެޖުގެ ބްރާންޗްތަކުން ކޯސްތަކަށް ކުދިން ހަމަނުވެގެން ކޯސް ކުރިޔަށް ނުގެންދެވި ތިބޭކަށް މިހާރު ނުޖެހޭނެ ކަމަށެވެ.

އެމްއައި ކޮލެޖަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ބްރާންޗް ތަކުން ކުދިންނަށް ކިޔަވައިދޭ ކޮލެޖެކެވެ.

އެމްއައި ކޮލެޖްނިލާއީ ޔުނިވާސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ: އަންހެން ޗެމްޕިއަންކަން އެމްއެންޔޫއަށް، ފިރިހެން ޗެމްޕިއަންކަން މެޕްސްއަށް

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ: އަންހެން ޗެމްޕިއަންކަން އެމްއެންޔޫއަށް، ފިރިހެން ޗެމްޕިއަންކަން މެޕްސްއަށް

01 ޖޫން 2022
ކާށިދޫގައި "ސެޓްފިކެޓް 1 އިން އަރަބިކް ލެންގްއޭޖް" ކޯހެއް ފަށަނީ

ކާށިދޫގައި "ސެޓްފިކެޓް 1 އިން އަރަބިކް ލެންގްއޭޖް" ކޯހެއް ފަށަނީ

06 ޖެނުއަރީ 2022
މައިކޮލެޖްގެ ފަރާތުން ސިއްހީ ޚިދުމަތްތެރިންނަށް ޚާއްސަ ކެއަރ ޕެކޭޖްތަކެއް!

މައިކޮލެޖްގެ ފަރާތުން ސިއްހީ ޚިދުމަތްތެރިންނަށް ޚާއްސަ ކެއަރ ޕެކޭޖްތަކެއް!

07 ޖޫން 2021
އެމްއައި ކޮލެޖުން ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ

އެމްއައި ކޮލެޖުން ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ

18 މެއި 2021
ކިންގް ހާލިދު ޔުނިވަރސިޓީން ދޫކުރާ ސްކޯލަރޝިޕްތަކަށް ބުދަ ދުވަހު އިންޓަވިއު ކުރަނީ!

ކިންގް ހާލިދު ޔުނިވަރސިޓީން ދޫކުރާ ސްކޯލަރޝިޕްތަކަށް ބުދަ ދުވަހު އިންޓަވިއު ކުރަނީ!

17 ޖުލައި 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު