Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކިންގް ހާލިދު ޔުނިވަރސިޓީ

ކިންގް ހާލިދު ޔުނިވަރސިޓީން ދޫކުރާ ސްކޯލަރޝިޕްތަކަށް ބުދަ ދުވަހު އިންޓަވިއު ކުރަނީ!

17 ޖުލައި 2017 | ހޯމަ 06:26

ކިންގް ހާލިދު ޔުނިވަރސިޓީގައި 73000 ކުދިން ކިޔަވަމުންދޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 17 ޖުލައި 2017 | ހޯމަ 06:26
އިސްލާމިކް ޔުނިވަރސިޓީ

އިސްލާމިކް ޔުނިވަރސިޓީ

ކިންގް ޚާލިދު ޔުނިވަރސިޓީން ދޫކުރާ ސްކޯލަރޝިޕްތަކަށް އިންޓަވިއު ކުރުންބުދަ ދުވަހު ކުރިއަށްދާނެ ކަމަށް އިސްލާމިކް ޔުނިވަރސިޓީން ބުނެފި އެވެ.

ކިންގް ޚާލިދު ޔުނިވަރސީޓީން އިންތިޒާމުކޮށްގެން އިސްލާމިކް ޔުނިވަރސިޓީގައި ބާއްވާ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ،ސްކޯލަރޝިޕް ބޭނުންވާ ފަރާތްތަކާ އިންޓަރވިއު ކުރުން ކުރިއަށްދާއިރު އިލްމީ ދާއިރާތަކުންނާއި އިސްލާމީ ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ކިންގް ހާލިދު ޔުނިވަރސިޓީއަކީ މިހާރު ވެސް 73،000 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ޔުނިވަރސިޓީއަކަށްވާ އިރު މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ ޝަހީމު ވިދާޅުވީ، މި ވޯކްޝޮޕްގެ އިތުރަށް ވެސް، ސައުދީގެ ޔުނިވަރސިޓީތަކާ ގުޅުން ބަދަހި ކުރުމަށް މުހިންމު ގިނަ ކަންތައްތަކެއް ރޭވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ހައްޖު ދުވަސްވަރަށް ފަހު، އިސްލާމިކް ޔުނިވަރސިޓީގެ ޓީމެއް ސައުދީއަށް ގޮސް މަދީނާ ޔުނިވަރަސިޓީއާ އެކު ހާއްސަ އެއްބަސްވުމެއްގައި ސޮއި ކުރުމުގެ އިތުރަށް ސައުދީގެ އެހެން ޔުނިވަރސިޓީތަކާ ވެސް އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މަސައްކަތުގެ ތެރެއިން އިސްލާމިކް ޔުނިވަރސިޓީއަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ،" ޑރ. ޝަހީމު ވިދާޅުވި އެވެ.

ކިންގް ޚާލިދު ޔުނިވަރސިޓީން ރާއްޖޭގައި އަލަށް ހިންގާ މި ވޯކްޝޮޕްގެ ތެރެއިން ހެނދުނު ދަންފަޅީގައި ދީނީ މައުލޫމާތު ދިނުން ކުރިއަށްދާއިރު ހަވީރު ސެޝަން ހާއްސަކުރެވިފައި ވަނީ ޓީޗަރުންނަށެވެ. އެ ދަންފަޅީގައި ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ އިނގިރޭސިންނެވެ.

މީގެ އިތުރުން ރޭގަނޑު އެ ޔުނިވަސިޓީގެ އަރަބި ބަހުން މާސްޓާސް އަދި ޕީއެޗްޑީ ހާސިލްކުރަމުންދާ ދަރިވަރުންނަށް ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އިސްލާމިކް ޔުނިވަރސިޓީގައި 17 އިން މިމަހުގެ 19 ވަނަ ދުވަހަށް ވޯކްޝޮޕް ކުރިއަށްދާ އިރު 85 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2018

ތަަރައްގީގެ މަޝްރޫއު ތަކަށް ޗައިނާއިން ދޫކުރާ ލޯނުތަކަށް ސަމާލުވޭ: ވޯލްޑް ބޭންކް

15 އެޕްރީލު 2018
ތަަރައްގީގެ މަޝްރޫއު ތަކަށް ޗައިނާއިން ދޫކުރާ ލޯނުތަކަށް ސަމާލުވޭ: ވޯލްޑް ބޭންކް
16 ފެބުރުއަރީ 2018

ކިންގް ސަލްމާން މިސްކިތުގެ ފައުންޑޭޝަންގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް: ޑރ. މުޢިއްޒު

16 ފެބުރުއަރީ 2018
ކިންގް ސަލްމާން މިސްކިތުގެ ފައުންޑޭޝަންގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް: ޑރ. މުޢިއްޒު
14 ޖެނުއަރީ 2018

ސިވިލް ސާވަންޓުންނަށް ދޫކުރާ 1،000 ފުލެޓަށް ފޯމް ހުށައެޅުން މިއަދު ހަމަވަނީ

14 ޖެނުއަރީ 2018
ސިވިލް ސާވަންޓުންނަށް ދޫކުރާ 1،000 ފުލެޓަށް ފޯމް ހުށައެޅުން މިއަދު ހަމަވަނީ
09 ޖެނުއަރީ 2018

މާރުކޭޓް ގޮޅިތައް ޕީޕީއެމް އެމްޕީން އެދޭ ބަޔަކަށް ދޫކުރާނެ ކަމަށް ބުނާ ޗެޓް ލޮގެއް ލީކުވެއްޖެ

09 ޖެނުއަރީ 2018
މާރުކޭޓް ގޮޅިތައް ޕީޕީއެމް އެމްޕީން އެދޭ ބަޔަކަށް ދޫކުރާނެ ކަމަށް ބުނާ ޗެޓް ލޮގެއް ލީކުވެއްޖެ
01 ނޮވެމްބަރު 2017

ސިވިލް ސަރވިސް މުވައްޒަފުންނަށް ދޫކުރާ ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފި

01 ނޮވެމްބަރު 2017
ސިވިލް ސަރވިސް މުވައްޒަފުންނަށް ދޫކުރާ ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފި
05 އޮކްޓޯބަރު 2017

ވަރުވާއަށް ދޫކުރާ 60 ހަށްވުރެ ގިނަ ރަށްތަކުގެ ބިޑު ހުށަހެޅުން މިމަހު ފަހުކޮޅު

05 އޮކްޓޯބަރު 2017
ވަރުވާއަށް ދޫކުރާ 60 ހަށްވުރެ ގިނަ ރަށްތަކުގެ ބިޑު ހުށަހެޅުން މިމަހު ފަހުކޮޅު
07 ސެޕްޓެމްބަރު 2017

ގައުމީ ޔުނިވަރސިޓީން އަންނަ އަހަރު ހިންގާ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި

07 ސެޕްޓެމްބަރު 2017
ގައުމީ ޔުނިވަރސިޓީން އަންނަ އަހަރު ހިންގާ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި
04 ޖުލައި 2017

އަދީބް ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީ ޔޫއެންގެ ވޯކިންގް ގްރޫޕާއި ޕްރިންސް ޒައިދްގެ އޮފީހަށް ފޮނުއްވައިފި

04 ޖުލައި 2017
އަދީބް ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީ ޔޫއެންގެ ވޯކިންގް ގްރޫޕާއި ޕްރިންސް ޒައިދްގެ އޮފީހަށް ފޮނުއްވައިފި
08 މެއި 2017

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ އަލީ ހާލިދު މަގާމުން ވަކިކޮށްފި

08 މެއި 2017
ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ އަލީ ހާލިދު މަގާމުން ވަކިކޮށްފި
28 ފެބުރުއަރީ 2017

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް 24 މިލިއަން ޑޮލަރަށް ތުރުކީގެ ކުންފުންޏަކާ ހަވާލު ކޮށްފި

28 ފެބުރުއަރީ 2017
ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް 24 މިލިއަން ޑޮލަރަށް  ތުރުކީގެ ކުންފުންޏަކާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް