Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ ސިފައިން އަފްޣާނުން ފޭބުން

އަފްޣާނުން ފޭބީ ފައިދާ ނުވެ، ބޮޑު ޚަރަދެއް ދާތީ – ބައިޑެން

ދެ ހަފުތާ ތެރޭގައި ޖުމްލަ 120 ހާސް މީހުން އަފްޣާނުން ބޭރުކުރެވިފައިވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 1 ސެޕްޓެމްބަރު 2021 | ބުދަ 13:34
އެމެރިކާގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ސިފައިންގެ އެތައް ހާސް ބަޔަކު އަފްޣާނިސްތާނުގައި ބޭތިއްބުމަކީ ޚަރަދުބޮޑު ކަމެއް ކަމަށާއި، އަފްޣާންގައި އެމެރިކާ ސިފައިން ބޭތިއްބުމަކީ އެމެރިކާގެ މަސްލަހަތަށް ފައިދާ ނުވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

އެމެރިކާ ސިފައިން އަފްޣާނުން ބޭލުމުގެ މަސައްކަތް ނިންމާލުމަށްފަހު ބައިޑެން ނެރުއްވި ބަޔާނުގައި ވިދާޅުވީ އެމެރިކާ ސިފައިން އަފްޣާނުން ބޭލުމުގެ ޒިންމާ އެމަނިކުފާނު އުފުއްލަވާ ކަމަށެވެ. އަދި އަފްޣާނުގައި ތިބި އެމެރިކާ ރައްޔިތުންނާއި ޑިޕްލޮމެޓުންނާއި އަދި އެމެރިކާއަށް ވާގިވެރިވި އަފްޣާން ރައްޔިތުން އެގައުމުން ބޭރުކުރުމުގެ އޮޕަރޭޝަނަކީ ކުރު މުއްދަތެއްގެ ތެރޭގައި ހިންގި ވަރަށް ކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ.

ބައިޑެން ވިދާޅުވީ އަފްޣާނުގައި ތިބި އެމެރިކާ ރައްޔިތުންނާއި, ޑިޕްލޮމެޓުންނާއި, އެމެރިކާއަށް ވާގިވެރިވި އަފްޣާން ރައްޔިތުން ހިމެނޭ ގޮތަށް, ޖުމްލަ 120 ހާސް މީހުން ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަފްޣާނުން ބޭރުކުރެވިފައިވާ ކަމަށެވެ.

މީގެ ކުރިން ބައިޑެން ވަނީ 20 އަހަރަށްފަހު އަފްޣާނިސްތާނުން އެމެރިކާ ފައިބަންޖެހުނު ގޮތުގެ ފިލާވަޅު އެމެރިކާ ލިބިގަންނަން ޖެހޭކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް 20 އަހަރުގެ ދިގުލީ ހަނގުރާމާގައި އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ބަލިވިކަމަށް ބައިޑެން އެއްބަސްވެވަޑައެއްނުގަންނަވައެވެ.

އަފްޣާނިސްތާންޖޯ ބައިޑަންއެމެރިކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު