Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

އިދިކޮޅުން އިންސާފުގެ ވާހަކަދައްކަނީ އެންމެ މީހެއްގެ މަސްލަހަތުގައި: ޢަބްދުލްޣަނީ

31 އޯގަސްޓު 2021 | އަންގާރަ 14:17

މެމްބަރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި އަދުލުއިންސާފުގެ މައްޗަށް ވަނީ ވަރަށް ބޮޑަށް ބާރު ހިންގާފައިކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 އޯގަސްޓު 2021 | އަންގާރަ 14:17
ކުރެންދޫ ދާއިރާގެ މެމްބަރޢަބްދުލްޣަނީ ޢަބްދުލްޙަކީމް

ކުރެންދޫ ދާއިރާގެ މެމްބަރޢަބްދުލްޣަނީ ޢަބްދުލްޙަކީމް

އިދިކޮޅުން އިންސާފުގެ ވާހަކަދައްކަނީ އެންމެ މީހެއްގެ މަސްލަހަތުގައި ކަމަށް ކުރެންދޫ ދާއިރާގެ މެމްބަރ ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅައި ބަހުސްކުރަމުންދާ, ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނަށް މަތިވެރި ދާއިރާގެ މެމްބަރ ޙަސަން ޒަރީރު ހުށަހެޅުއްވި އިސްލާހުގެ ބިލަށް ބަހުސްކުރައްވަމުން ޢަބްދުލްޣަނީ ވިދާޅުވީ އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން އިދިކޮޅު ފަރާތްތަކުން އިންސާފުގެ ވާހަކަދައްކަމުންދާ އަޑުއިވެމުންދާ ކަމަށެވެ. އެހެންކަމުން ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ކޮށްފައިވާ އަނިޔާތަކާއި 13 އަހަރުގެ ޖަލު ހުކުމް އިއްވިގޮތް ފާހަގަކޮށްލަން ބޭނުންފުޅުވާކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދަށް ޖަލު ހުކުމް އިއްވާފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު ކަމަށާއި އެއީ ހުކުރު ދުވަހެއްކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު މިމޭރުމުން ވާހަކަދައްކަވާފައި މިވަނީ ރައީސް ޔާމީނަށް މަނީލޯންޑަރިންގގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމް އިއްވި މައްސަލަ ބެއްލެވި 5 ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީ ޙުސައިން ފާއިޒް ރަޝާދުކަމަށް ބުނާ ބޭފުޅަކު ވާހަކަ ދައްކަވާ އޯޑިއޯއެއް ލީކުވުމުން އިދިކޮޅު ފަރާތްތަކުން މިހާރު ދައްކަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ. އޯޑިއޯގައި އޭނާ ވަނީ ޔާމީނަށް ކޯޓުން ހުކުމް ކުރީ ގާޒީން "ރަހީނުކޮށްގެން" ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވާފައެވެ. އޭނާ ވަނީ ސިޔާސީ މީހުންގެ މައްސަލަ ބެލުމަކީ ފާޑެއްގެ ކަމެއް ކަމަށް ވިދާޅުވެ, ނުހައްގުން ހުކުމެއް ކޮށް ޖަލުގައި ދުވަސްތައް ހޭދަކުރައްވަން ޖެހުމަކީ ރައީސް ޔާމީނަށް އޮންނަ ތާއީދު ވެސް އިތުރުވެގެން ހިނގައިދާނެ ކަމެއްކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން، ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވީ, ބިރު ދެއްކުމުންކަމަށް ވެސް އޯޑިއޯގައި ބުނެއެވެ. އެގޮތުން ބިރު ދެއްކުމުން އޮތީ ދެ ގޮތެއް ކަމަށް ވިދާޅުވެ، އެއްގޮތަކީ ބިރާ ދެކޮޅު ހެދުންކަމަށާއި އަނެއް ގޮތަކީ ބިރާ އެއްކޮޅަށް ހުކުމް ކުރުން ކަމަށް އޭނާ އޯޑިއޯގައި ވިދާޅުވެއެވެ.

މިކަމާއި ގުޅިގެން އިދިކޮޅުން ވަނީ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ. ނަމަވެސް އެމައްސަލަ ބަލައިނުގަތުމުން އެކަމަށް ތަޅުމުގައި ބަހުސްކުރުމުގެ ފުރުސަތެއް ލިބިފައެއްނުވެއެވެ.

މިއޯޑިއޯއާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް އިޝާރާތް ކުރައްވައި ޢަބްދުލްޣަނީ ވިދާޅުވީ އިތުރަށް އިދިކޮޅު ފަރާތްތަކުން އިންސާފުގެ ވާހަކަ ދެއްކުން ރަނގަޅު ނޫންކަމަށާއި, އެވާހަކަ އިދިކޮޅުގައި ތިއްބެވި މެމްބަރުންނަށް ނުވެސް ދެއްކޭނެކަމަށެވެ.

އެވާހަކަދައްކަނީ އެންމެ ބޭފުޅެއްގެ މަސްލަހަތުގައި ކަމަށް ވިދާޅުވެ މެމްބަރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ޢަދުލުއިންސާފުގެ މައްޗަށް ވަނީ ވަރަށް ބޮޑަށް ބާރު ހިންގާފައިކަމަށާއި, އެކަން އޭރު ހިނގާފައިވާކަންކަމަށް ބަލާލުމުން އެނގޭކަމަށެވެ. އެގޮތުން ރައީސް ޔާމީނާ ވާދަވެރި ހުރިހާ ސިޔާސީ ވެރިން ހައްޔަރުކޮށް ޖަލަށް ލާފައިވާކަން މެމްބަރު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ ރައްޔިތުންނަށާއި، ދައުލަތަށާއި އާންމު ފަރުދުންގެ ތެރެއިން އެކިއެކި ފަންތީގެ އަދި މުއައްސަސާތަކުގެ ވެރިންނަށްވެސް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާކަމަށް މެމްބަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް