Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތަހުގީގުގައި ޚާއްސަ އުކުޅު ބޭނުންކުރުމުގެ ގަވައިދު

ތުހުމަތުކުރެވޭ މީހުންގެ ގޭގެއާއި އުޅަނދުތަކުގައި ހިނގާ ކަންކަން ބެލުމުގެ ބާރު ފުލުހުންނަށް ދީފި

މިއީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނުން ބާރު ލިބިގެން އެކުލަވާލާފައިވާ ގަވައިދެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 30 އޯގަސްޓު 2021 | ހޯމަ 13:35
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން

މައްސަލަތަކުގެ ތަހުގީގުގައި ޚާއްސަ އުކުޅުތައް ބޭނުންކުރުމުގެ ބާރު ފުލުހުންނަށް ލިބޭ ގަވައިދެއް އެކުލަވާލައި، އެ ގަވައިދަށް އަމަލުކުރަން ފަށައިފިއެވެ.

މި ގާނޫނު އެކުލަވާލާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ 102 މާއްދާގެ (ށ)އާއި، 133 ވަނަ މާއްދާގެ (ނ)ގެ (14)ވަނަ ނަންބަރުން ބާރު ލިބިގެންނެވެ. މި ގާނޫނު އެކުލަވާލާފައިވަނީ ތަހުގީގު ކުރުމުގެ ޚާއްސަ އުކުޅު ބޭނުންކުރުމުގެ މިންތަކާއި، ހަމަތައް ބަޔާންކުރުމާއި، ތަހުގީގު ކުރުމުގެ ޚާއްސަ އުކުޅު ބޭނުންކުރުމުގައި ހުއްދައަށް އެދުމާއި، ހުއްދަ ދޭނޭ ގޮތްތައް ބަޔާން ކުރުމާއި، ތަހުގީގު ކުރުމުގެ ޚާއްސަ އުކުޅު ބޭނުންކުރުމުގައި ޖަވާބުދާރީ ކުރުވުމާއި، ޖަވާބުދާރީ ކުރުވާނޭ ގޮތްތައް ބަޔާންކުރުމާއި، ތަހުގީގު ކުރުމުގެ ޚާއްސަ އުކުޅު ބޭނުންކޮށްގެން ހޯދާ ހެކި، ތަހުގީގުގެ މަރުހަލާއާއި، ޝަރީއަތުގެ މަރުހަލާގައި ބޭނުންކުރާނެ ހަމަތައް ބަޔާންކުރުމާއި، ތަހުގީގު ކުރުމުގެ ޚާއްސަ އުކުޅު ބޭނުންކުރުމުގައި އިންސާނީ ހައްގުތަކަށް އިޙުތިރާމްކުރުމާއެކު އެފަދަ އުކުޅުތައް ބޭނުންކުރުމުގެ އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމާއި، ތަހުގީގުކުރުމުގެ ޚާއްސަ އުކުޅު ބޭނުންކޮށްގެން އެއްކުރެވޭ މައުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އެފަދަ މައުލޫމާތު ނައްތައިލެވޭނެ ހަމަތަކާ އުސޫލުތައް ބަޔާންކުރުމުގެ މަގުސަދުގައެވެ.

Advertisement - newsAdvertisement

ތަހުގީގު ކުރުމަށް ބޭނުންކުރާ ޚާއްސަ އުކުޅުތަކުގެ ތެރޭގައި މީހަކު ކުރާ ކަންކަމާއި، ބައްދަލުކުރާ މީހުންނާއި، ދާ ތަންތަން ދެނެގަތުމަށް ޓަކައި، އޭނާއަށް ނޭނގޭގޮތަށް އޭނާ މޮނިޓަރ ކުރުމާއި، ވަކި މީހަކާ ގުޅުމެއް އުފައްދައިގެން އެ ގުޅުމުގެ ތެރެއިން ކުރެވޭ ސުވާލުންނާއި ލިބޭ މަޢުލޫމާތުން ތަޙުޤީޤަށް ބޭނުންވާ ކަންކަން ހޯދުމާއި، ވަކި މީހަކު ދިރިއުޅޭ ގެއެއްގައި ނުވަތަ އޭނާ ބޭނުންކުރާ އުޅަނދެއްގައި ދެކެވޭ ވާހަކަ އަޑުއެހުމަށް ނުވަތަ ބެލުމަށް ކެމެރާއާއި އަޑުއެހޭނެ ވަސީލަތްތައް ޤާއިމްކޮށް، އެ ގެއެއްގައި ނުވަތަ އުޅަނދެއްގައި ދެކެވޭ ވާހަކަ އަޑުއެހުމާއި، މަންޒަރު ރެކޯޑުކުރުމާއި، ބެލުމުގެ އިތުރުން މުއާސަލާތީ ވަސީލަތްތަކާއި، ސިޓީއާއި، ލިޔުމާއި، އީމެއިލާއި، ފޯނު މެދުވެރިކޮށް އޭނާ ހިންގާ މުއާމަލާތްތައް ހޯދައި ބެލުމާއި، އަޑުއެހުމާއި، ވަކި ބާވަތެއްގެ ކުށަކާ ގުޅިގެން ޚާއްސަ ތަހުގީގީ އުކުޅެއް ބޭނުންކުރުން ގާނޫނަކުން ކަނޑައެޅިގެން ހުއްދަކޮށްފައިވާ ހާލަތުގައި އެފަދަ ކުށެއް ކުރަމުންދާކަމަށް ތުހުމަތުކުރެވޭ މީހާ އެކަން ކުރަމުން ދަނިކޮށް ހެއްކާއެކު އަތުލައިގަތުމުގެ ގޮތުން ސްޓިންގ އޮޕަރޭޝަން ހިންގުމުގެ އިތުރުން ޠަބީއީ ޝަޚުސެއް ނޫން ގޮތެއްގައި މުއާމަލާތުކުރާނެ ފަރާތެއް އުފެއްދުމާއި، އެފަދަ ފަރާތްތައް ބޭނުންކޮށްގެން މުއާމަލާތްކުރުން ހިމެނޭ ކަމަށް މި ގަވައިދުގައި ބުނެއެވެ.

މި ތަހުގީގީ އުކުޅުތައް ބޭނުންކުރެވޭނީ ގައުމީ ސަލާމަތަށް އުނިކަން އަތުވެދާނެ ކަންކަން ހޯދައި، ބަލައި، އެ ކަންކަން ދެނެގަނެ، އެފަދަ ކަންކަން ހުއްޓުވުމަށާއި، ޖިނާއީ އިޖުރާތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑެތި ކުށްކުށުގެ ތަޙުގީގުގައާއި، އެފަދަ ކުށްތައް ހޯދައި ދެނެގަނެ، އެފަދަ ކަންކަން ހުއްޓުވުމަށެވެ. މީގެ އިތުރުންވެސް ތަހުގީގު ކުރުމުގެ ޚާއްސަ އުކުޅެއް ބޭނުންކުރުމަށް ގާނޫނަކުން ހުއްދަ ދީފައިވާ ހާލަތުގައި މި އުކުޅުތައް ބޭނުންކުރެވޭނެކަމަށް މި ގަވައިދުގައި ވެއެވެ.

މިގޮތަށް ހޯދާ ހެކިތައް ޝަރީއަތަށްވެސް ހުށަހެޅޭނެ ކަމަށް މި ގަވައިދުގައި ވެއެވެ. މިފަދަ މައްސަލައެއް ޝަރީއަތަށް ހުށަހަޅާނަމަ އެކަށީގެންވާ ހެއްކާއެކު، ހެއްކަށް ބިނާކޮށް އެކުލަވާލާފައިވާ ރިޕޯޓެއް ހުށަހަޅަންޖެހޭނެ ކަމަށް ގަވައިދުގައި ވެއެވެ. އަދި ތަހުގީގު ކުރުމުގެ ޚާއްސަ އުކުޅެއް ފުލުހުން ވަކި މީހަކާ ދެކޮޅަށް ބޭނުންކުރަމުންދާކަމަށް، އެ މީހަކަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭނަމަ، އެ ކަން ބަލައިދިނުމަށް އެދި އެކަމަށް ޚާއްސަކޮށް އެކުލަވާލާފައިވާ ކޮމިޓީއަށް ހުށަހެޅޭނެ ކަމަށްވެސް ގަވައިދުގައި ވެއެވެ. ހުށަހަޅާ ޝަކުވާ ބިނާކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށްކަމަށް، ކޮމެޓީގެ އަޣުލަބިއްޔަތުން ނިންމައިފިނަމަ، އެ ޝަކުވާއެއް ކޮމެޓީން ބަލާނެ ކަމަށް ބުނެފައިވެއެވެ.

މީގެ ކުރިންވެސް ފުލުހުން ވަނީ އެކި އެކި މައްސަލަތަކުގައި ބޮޑެތި ތަހުގީގުތައް ކުރިއަށްގެންގޮސްފައެވެ. މި ތަހުގީގުތަކުގައި މީހުންގެ ފޯނު ކޯލުތައް އަޑުއެހުން ފަދަ ކަންކަން ކޮށްފައިވީނަމަވެސް ސެކިއުރިޓީ ކެމެރާ ފަދަ ތަކެތި ބޭނުންކޮށްގެން, ތުހުމަތުކުރެވޭ މީހުންގެ ކަންކަން މީގެ ކުރިން މޮނިޓަރ ކޮށްފައެއް ނުވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު