Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރަސްފަރީ ފަރަށް އެރި ބޯޓު

ރަސްފަރި ހުޅަނގު ފަރާތުން ފަރަށް އެރި ބޯޓު ފުންކޮށްފި

މި ބޯޓު ފުންކުރެވިފައިވަނީ އާދިއްތަ ދުވަހު 14:08 ގައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 29 އޯގަސްޓު 2021 | އާދީއްތަ 13:01
ފަރަށް އެރި ބޯޓު ފުންކުރެވޭތޯ ޓަގް ބޯޓަކުން ވާޖަހައިގެން ދަމަނީ

ފަރަށް އެރި ބޯޓު ފުންކުރެވޭތޯ ޓަގް ބޯޓަކުން ވާޖަހައިގެން ދަމަނީ

ކ. ރަސްފަރި ހުޅަނގު ފަރާތުން ފަރަށް އެރި ބޯޓު މިހާރު ފުންކުރެވިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.

ޕެނަމާއަށް ނިސްބަތްވާ އެމްވީ ނޭވިއަސް އަމަރިލިސް ނަމަކަށް ކިޔާ އާގުބޯޓު ފަރަށް އަރާފައިވަނީ އޮގަސްޓު މަހުގެ 19 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން ބޯޓު ފުންކުރުމުގެ މަސައްކަތް ވަނީ ކުރިއަށްގެންގޮސްފައެވެ. ބޯޓު ފަރަށް އެރިތާ 10 ވަނަ ދުވަހު ބޯޓު ފުންކުރެވިފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑާއި، ކަމާ ގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން ކުރި މަސައްކަތުގެ އާދިއްތަ ދުވަހުގެ 14:08 އެހާއިރު ބޯޓު ފުންކުރެެވިފައިވާ ކަމަށެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

Advertisement - newsAdvertisement

ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ބޯޓު ފުންކުރުމުގެ މަސައްކަތް ފެށޭ ވަރު ވާނީ ސެޕްޓެމްބަރު 1 ވަނަ ދުވަހު ކަމަށެވެ. އަދި ބޯޓު ފުންކުރުމަށް ދެ ދުވަސް ނަގާނެ ކަމަށް މި ބައްދަލުވުމުގައި ބުނެފައިވެއެވެ. ބޯޓު ފުންކުރުމުގެ މަސައްކަތް ސެޕްޓެމްބަރު 1 ގައި ފެށޭ ވަރު ވަނީ މިކަމަށް ބޭނުންވާ ބައެއް އާލާތްތައް ރާއްޖެއިން ބޭރުން ގެންނާތީ ކަމަށް ބުނެފައިވެއެވެ. އަދި މިކަމަށް އިތުރު ދެ ޓަގު ބޯޓެއް ގެނެސްފައިވާކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް މި މަސައްކަތް ފަށަން ބުނި ދުވަހާއި ނިންމޭނެ ކަމަށް ދިން މުއްދަތުގެ ކުރިން ބޯޓު ފުންކޮށް ނިންމާލެވިފައިވެއެވެ.

ކ. ރަސްފަރި ފަރަކީ ހިމާޔަތްކޮށްފައިވާ ފަރަކަށްވާތީ ބޯޓު ފުންކުރެވުނުހާ އަވަހަކަށް ފަރަށް ލިބުނު ގެއްލުން ބަލަން ސަރވޭތައް ފަށާނެ ކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފައިވެއެވެ. ބޯޓު ފުންކުރެވުމުގެ ކުރިންވެސް މަތިން ފަރަށް ލިބުނު ގެއްލުން ބަލާފައިވާކަމަށް އީޕީއޭއިން ބުނެފައިވެއެވެ. އަދި ފަރަށް ލިބުނު ގެއްލުން ބަލައި، ބޮޑު އަދަދަކުން ބޯޓުގެ ވެރިފަރާތް ޖޫރިމަނާ ކުރާނެ ކަމަށް އީޕީއޭއިން ބުނެފައިވެއެވެ. ސަރވޭގެ ކުރިން ބޯޓު ފުރަން އެދޭނަމަ ޑިޕޮޒިޓެއްގެ ގޮތުގައި 100 މިލިއަން ރުފިޔާ ނަގާނެ ކަމަށް އީޕީއޭއިން ބުނެފައިވެއެވެ.

މި ހާދިސާ ހިނގުމުގައި ބޯޓުގެ ކެޕްޓަންގެ ވަރަށް ބޮޑު އިހުމާލެއް އޮތްކަން ފާހަގަކުރެވުނު ކަމަށް މި ހާދިސާ ހިނގި ގޮތް ތަހުގީގުކުރުމުގައި ހަރަކާތްތެރިވި ޓްރާންސްޕޯޓް މިނިސްޓްރީީގެ ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލްޣަނީ ވިދާޅުވިއެވެ. މި ބޯޓަކީ އިންޑިޔާގެ ސޫތުކުޅިން ފުރައިގެން ދެކުނު އެފްރިކާއަށް ދަތުރުކުރަމުންދިޔަ ބޯޓެކެވެ. މި ބޯޓު ފަރަށް އެރީ ބޯޓުގެ އިންޖީނުގެ ޔުނިޓު ތިނެއްގެ ހޫނުމިން މަތިވުމުން އިންޖީނު ނިއްވާލުމުގެ ސަބަބުން އުޅަނދު އޮޔާ ގޮސްގެން ކަމަށް މިހާތަނަށް ހޯދުނު ހޯދުންތަކުން ދައްކައެވެ.

އުޅަނދު ފަރަށް އެރުމުން ސަލާމަތްކުރުމަށް އުޅަނދުގެ ކެޕްޓަން ކުރަންޖެހޭ ކަންކަން ކޮށްފައިނުވާކަމަށާއި، މިފަދަ މައްސަލައެއް ދިމާވިކަން އަންގާފައިނުވާކަމާއި، އަދި ކެޕްޓަންގެ ހައިސިއްޔަތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާކަން ފާހަގަވި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ. ވަކިން ޚާއްސަކޮށް ނަގިލިލުން ފަދަ ކަމެއްވެސް ކޮށްފައިނުވާ ކަމަށާއި، އަދި އެހީއަށްވެސް އެދިފައިނުވާކަމަށް ހަމަދު ވިދާޅުވިއެވެ.

އެމްއެންޑީއެފްއީޕީއޭޓްރާންސްޕޯޓް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު