Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕަށް ރައީސްއާއެކު އެފްއޭއެމުން ޚާއްސަ ކެމްޕޭނެއް

29 އޯގަސްޓު 2021 | އާދީއްތަ 13:18

އެފްއޭއެމުގެ ޓީމުތައް ރާއްޖޭގެ ހަތަރު ހިސާބަކަށް ދަތުރުކުރާނެ

އަތޫފް އާތިފް
އަތޫފް އާތިފް | 29 އޯގަސްޓު 2021 | އާދީއްތަ 13:18
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ކ) އާއެކު އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް (ވ)

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ކ) އާއެކު އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް (ވ)

އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކުރިން ސަޕޯޓަރުންގެ ފޯރި އިތުރުކުރުމުގެ ގޮތުން އަންނަ ސެޕްޓެމްބަރު މަހު ޚާއްސަ ކެމްޕެއިނެއް ފަށަން ނިންމާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުމުގެ ގޮތުން ގައުމީ ޓީމުން ބުރާސްފަތި ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ފަރިތަކުރުންތައް ފެށިއިރު، މި ފަރިތަކުރުންތައް ފެށުމުގެ ކުރިން އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ބައްދަލުކޮށް ހިތްވަރުދީފައެވެ.

އަދި އެއަށްފަހު މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބައްސާމް ވިދާޅުވީ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހިމެނޭނެހެން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ޚާއްސަ ކެމްޕޭނެއް ކުރިއަށްގެންދާން ނިންމާފައިވާ ކަމަށެވެ. އަދި މި މުބާރާތަށް އެފްއޭއެމުގެ ޓީމުން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށާއި، އެކަން ނިމިދިޔަ އޭއެފްސީ ކަޕުގެ މެޗުތަކުން ފެނިގެންދާނެ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް އިތުރަށް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕުގެ ތައްޓަކީ ދިވެހީން އެންމެ ބޮޑަށް ބޭނުންވާ އެއް ކާމިޔާބީ ކަމަށެވެ. އަދި އަށެއް ސެޕްޓެމްބަރުގައި ފަށާ ކެމްޕެއިނަކީ ގައުމީ ކެމްޕެއިނެއް ކަމަށާއި، އުއްމީދަކީ ގައުމު އެއްބައިވަންތަކޮށް، ރާއްޖޭގެ ހުރިހާ ގެއްގައި ގައުމީ ދިދަ ނެގިގެންދިޔުން ކަމަށްވެސް ވިދާޅުވިއެވެ.

އަދި މި ކެމްޕޭނުގައި ރާއްޖޭގެ ހުރިހާ ކައުންސިލެއް ޝާމިލުކުރުމަށް ނިންމާފައިވާ ކަމަށާއި، އެގޮތުން ރަށްތަކުގައިވެސް ފޯރި ގެނައުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އެފްއޭއެމުގެ ޓީމުތައް ރާއްޖޭގެ ހަތަރު ހިސާބަށް ދަތުރުކުރުމަށް ނިންމާފައިވާ ކަމަށްވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު، މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. އެގޮތުން 2008 ވަނަ އަހަރުގެ މުބާރާތް ރާއްޖެ އާއި ސްރީ ލަންކާގައި ބޭއްވިއިރު، ރާއްޖެއިން ވަނީ އެ ފަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މި މުބާރާތް އެންމެ ފަހުން ބަންގްލަދޭޝްގައި ބޭއްވިއިރު، ރާއްޖެއިން ވަނީ ޑާކާގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ޗެމްޕިއަންކަން ހޯދާފައެވެ.

ސާފް ޗެމްޕިއަންޝިޕްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
11 އޮކްޓޯބަރު 2025

ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ

11 އޮކްޓޯބަރު 2025
ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ
11 އޮކްޓޯބަރު 2025

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް

11 އޮކްޓޯބަރު 2025
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް