Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ރޮނާލްޑޯ ނެތި ކުޅުނު ފުރަތަމަ މެޗުން ޔުވެންޓަސް ބަލިވެއްޖެ

ރޮނާލްޑޯ ވަނީ ޔުވެންޓަސް ދޫކޮށް ޔުނައިޓެޑަށް ބަދަލުވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 އޯގަސްޓު 2021 | އާދީއްތަ 03:53
ޔުވެންޓަސް އާއި އެމްޕޯލީ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުވެންޓަސް އާއި އެމްޕޯލީ ބައްދަލުކުރި މެޗުގެ ތެރެއިން

ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ޔުވެންޓަސްއިން ކުޅުނު ފުރަތަމަ މެޗުން އެމްޕޯލީ އަތުން އެ ޓީމު ބަލިވެއްޖެއެވެ.

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޔުވެންޓަސް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

ދާދި ފަހުން އުމުރުން 36 އަހަރުގެ ރޮނާލްޑޯ ވަނީ ޔުވެންޓަސް ދޫކޮށް، އޭނާގެ ކުރީގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައެވެ. އޭގެ ކުރިން ލީގުގެ ފުރަތަމަ މެޗުގައި އުދިނޭޒީއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. އެކަމަކު ދެވަނަ ހާފުގައި ރޮނާލްޑޯ ކުޅެން އެރުވިއިރު، ފަހު ވަގުތު ޔުވެންޓަސް މޮޅުކޮށްދޭން ރޮނާލްޑޯ ލަނޑެއްވެސް ޖެހިއެވެ. ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށް ފަހު، އެއީ އޮފްސައިޑް ލަނޑެއް ކަމަށް ވަނީ ނިންމާފައެވެ.

އެ މެޗުގެ ފަހުން ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލާފައިވާއިރު، އޭނާ ނެތި ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ޔުވެންޓަސްގެ ފެޑެރީކޯ ކިއޭސާއަށް ވަނީ ލީޑު ނަގަން ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

އެއާއެކު މެޗުގެ 21 ވަނަ މިނެޓުގައި އެމްޕޯލީން ވަނީ ލީޑު ނަގާފައެވެ. އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލެއޮނާޑޯ މަންކޫސޯއެވެ. އަދި އޭގެ ފަހުން ފުރަތަމަ ހާފުގައި އެމްޕޯލީގެ ޕެޓްރިކް ކުޓްރޯނޭ ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް، އެ ހަމަލާ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޔުވެންޓަސްއަށް މާ ނުރައްކާތެރި ހަމަލާއެއް އުފެއްދިފައި ނުވާއިރު، މި ހާފުގައި ނަތީޖާ އެއްވަރުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެ ޓީމުގެ މަނުއެލް ލޮކަޓެއްލީއަށެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި މެޗުން ޔުވެންޓަސް ބަލިވިއިރު، އެ ޓީމަށް އަދި ލީގުގައި މޮޅެއް ހޯދިފައެއް ނުވެއެވެ. އެގޮތުން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޔުވެންޓަސް ވަނީ އުދިނޭޒީއާ އެއްވަރުވެފައެވެ. ލީގުގައި ޔުވެންޓަސްއިން ދެން މެޗެއް ކުޅޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހެވެ. އެ ދުވަހު ރަށުން ބޭރުގައި ޔުވެންޓަސް ނުކުންނާނީ ނާޕޮލީއާ ދެކޮޅަށެވެ.

އިޓާލިއަން ލީގުޔުވެންޓަސް

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
02 ޖުލައި 2025

ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

02 ޖުލައި 2025
ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
16 ފެބުރުއަރީ 2025

ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

16 ފެބުރުއަރީ 2025
ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ
03 ފެބުރުއަރީ 2025

ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

03 ފެބުރުއަރީ 2025
ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި
27 ޖެނުއަރީ 2025

ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި

27 ޖެނުއަރީ 2025
ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި
24 ޑިސެމްބަރު 2024

އިންޓަ އިން ކޯމޯ ބަލިކޮށްފި

24 ޑިސެމްބަރު 2024
އިންޓަ އިން ކޯމޯ ބަލިކޮށްފި
23 ޑިސެމްބަރު 2024

އެމްޕޮލީ ބަލިކޮށް، އެޓަލަންޓާ އެއް ވަނައިގައި

23 ޑިސެމްބަރު 2024
އެމްޕޮލީ ބަލިކޮށް، އެޓަލަންޓާ އެއް ވަނައިގައި
23 ޑިސެމްބަރު 2024

ޕާމާ އަތުން ރޯމާ އަށް ފަސް ލަނޑުގެ މޮޅެއް

23 ޑިސެމްބަރު 2024
ޕާމާ އަތުން ރޯމާ އަށް ފަސް ލަނޑުގެ މޮޅެއް
17 ޑިސެމްބަރު 2024

ލާޒިއޯ ބަލިކޮށް، އިންޓަ ތިން ވަނައިގައި

17 ޑިސެމްބަރު 2024
ލާޒިއޯ ބަލިކޮށް، އިންޓަ ތިން ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު