Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ކޮވިޑުގެ ކަންތަކުގައި ސަރުކާރަށް ހައްގުވަނީ އޭ ސްޓަރ ރިޕޯޓެކެވެ.

29 އޯގަސްޓު 2021 | އާދީއްތަ 09:26

ފިހާރަތަކުން މުދާ ހުސްވެގެން މީސްތަކުން ބަނޑަށް ތިބޭކަށް ނުޖައްސާ

| 29 އޯގަސްޓު 2021 | އާދީއްތަ 09:26
ސިއްހީ ޚިދުމަތްތެރިން ގެންދަނީ ކޮންމެ ރަށަކަސް ކޮންމެ މީހަކަސް ކޮންމެ ހާލަތަކަސް ކޮންމެ ވަގުތަކަސް ކުރަންޖެހޭ ކަންކަން ކުރަމުން

ސިއްހީ ޚިދުމަތްތެރިން ގެންދަނީ ކޮންމެ ރަށަކަސް ކޮންމެ މީހަކަސް ކޮންމެ ހާލަތަކަސް ކޮންމެ ވަގުތަކަސް ކުރަންޖެހޭ ކަންކަން ކުރަމުން

ރައީސް ނާސިރުގެ ވެރިކަމުގެ އެންމެ ފަހު އަހަރު ކަމަށްވާ 1978 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ކޮލެރާގެ ބަލިމަޑުކަން ތަޖުރިބާކުރި ޒުވާނަކު މިހާރު ނުހުންނާނެއެވެ. އެދުވަސް ދެކި، އެ ތަޖުރިބާކުރި ކުޑަކުދިންވެސް މިހާރު ތިބޭނީ ސާޅީހުން މަތީގައެވެ. މުޅި ރާއްޖެއިން 11،303 މީހުންނަށް ކޮލެރާޖެހުނެވެ. އޭގެތެރެއިން 252 މީހުން މަރުވިއެވެ.

އޭގެ ހަތަރު އަހަރު ފަހުން އަނެއްކާވެސް އެފަދަ ނުރައްކާތެރި ބަލިމަޑުކަމެއްގެ އައު ރާޅެއް މުޅި ރާއްޖެއަށް ބިންދައިލިއެވެ. އެއީ 1982 ވަނަ އަހަރު ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު ދިވެހިން ތަޖުރިބާކުރި ޝިގެއްލާއޭ ކިޔުނު ވަބާއެވެ. މިދެންނެވި ވަބާގައި މުޅި ރާއްޖެއިން 13،752 މީހަކަށް ބަލި ޖެހުނެވެ. އޭގެ ތެރެއިން 197 މީހުން މަރުވިއެވެ.

ކޮލެރާގެ ބަލިމަޑުކަމުގައި ވެސް އަދި ޝިގެއްލާގެ ބަލިމަޑުކަމުގައިވެސް ދިވެހިން ތަޖުރިބާކުރީ ދާދި އެއްކަހަލަ ކަންކަމެވެ. ބިރުވެރިކަމާއި ނާމާންކަން ފެތުރިގެންދިޔައީ ދާދި އެއްކަހަލަ ގޮތަކަށެވެ. މީން ކޮންމެ ފަހަރަކުވެސް އެންމެ ގިނަ ބަޔަކަށް ބަލިޖެހި އެންމެ ގިނަ ބަޔަކު މަރުވެ އެންމެ ބޮޑު ލޮޚުސާނެއް ކުރިމަތިވީ ވެރިރަށް މާލެއަށެވެ. އެންމެ ބޮޑު އާބާދީއެއް އޮތީ އެތަނުގައި ކަމަށް ވުމުންނެވެ. ކޮލެރާގެ ކަންތަކުގައި މާލެއިން 3،235 މީހަކަށް ބަލި ޖެހިގެން އޭގެ ތެރެއިން 7 މީހުން މަރުވިއެވެ. ޝިގެއްލާގެ ކަންތަކުގައި މާލެއިން 3،950 މީހަކަށް ބަލި ޖެހި އޭގެ ތެރެއިން 33 މީހުން މަރުވިއެވެ.

ވަކި ސަރަހައްދަކަށް ބަލާނަމަ ކޮލެރާގެ ދުވަސްވަރު ވެރިރަށް މާލެ ފިޔަވައި އެންމެ ގިނަ ބަޔަކަށް ބަލި ޖެހި އެންމެ ގިނަ ބަޔަކު ދުނިޔެ ދޫކޮށް ދިޔައީ ކޮޅުމަޑުލުންނެވެ. އެއަތޮޅުން އެކަނިވެސް 1،592 މީހުންނަށް ކޮލެރާޖެހި އޭގެ ތެރެއިން 78 މީހުން މަރުވިއެވެ. ވަކި ރަށްރަށަށް ބަލާނަމަ އާބާދީ 500 ކަމުގައި އޭރު ހިމެނުނު ވިލުފުށިން އެކަނިވެސް 22 މީހުން މަރުވިއެވެ. ހިރިލަންދޫން 20 މީހުން މަރުވިއެވެ.

އެޒަމާނަކީ ވަސީލަތްތަކާއި ދަތުރުފަތުރާއި މީހުންގެ ދިރިއުޅުމުގެ ތަނަވަސްކަން މިހާރު މިފެންނަ ގޮތަށް އޮތް ޒަމާނެއް ނޫނެވެ. ޑޮކްޓަރުންނާއި ނަރުހުން ގިނަ ޒަމާނެއް ނޫނެވެ. މާލެ ފިޔަވައި އެހެން ތަނެއްގައި ހަސްފަތާލެއް ވެސް ހުރި ޒަމާނެއް ނޫނެވެ. ކަންމަތީ ފިހާރަތައް މުދަލުން ފުރިފައިވާ ޒަމާނެއް ނޫނެވެ. އޯޑަރު ފޮނުވައިލީމާ ޑެލިވަރީ ހަދައިދެވެން އޮތް ޒަމާނެއް ނޫނެވެ. ކަން އެހެން އޮތަސް ބޭހާއި ކްލޮރިނާއި ދެންވެސް އެވަގުތަކަށް ފޮނުވޭން ހުރި އެއްޗަކާއި ޑޮކްޓަރުންނާއި ސިއްހީ އެހީތެރިންވެސް އަތޮޅުތަކަށް ރައީސް ނާސިރު ފޮނުއްވިއެވެ. އެކަންކަން ކުރައްވައިގެން ކޮލެރާ ކޮންޓްރޯލް ކުރެއްވިއެވެ.

ޑޮކްޓަރުންނާއި ބޭސް އެކި ރަށްރަށަށް ފޮނުވައިގެން ކޮލެރާ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކާމިޔާބުވީ ވަގުތުން ވަގުތަކަށް ނޫނެވެ. އެކަމަށް ދުވަސް ނެގިއެވެ. ހަރުކަށި ފިޔަވަޅުތަކެއް ބޭނުންވިއެވެ. ރަށްރަށަށް ޑޮކްޓަރުން ގޮސް ކުރި މަސައްކަތުން މަރުގެ ތުންފަތްމަތީގައި ތިބި ކިތަންމެ ކިތަންމެ ބަޔަކު ރަނގަޅުވިއެވެ. އަނެއްބަޔަކު ސަލާމަތެއް ނުވިއެވެ.

ސަންދޯއް ނުޖެހިގެން އެއްސަންދޯކުގައި ދެމީހުން ތިންމީހުން ވެސް ވަޅުލާން ޖެހުނެވެ. ކާފަޔާއި މާމަޔާއި މަންމަޔާއި ދަރިފުޅުވެސް އެއްދުވަހެއްގައި މަރުވުމުގެ ހާދިސާތައް ހިނގިއެވެ. މަރުވާ ދަރިފުޅުގެ މޫނު ދެކެން މައިންބަފައިންނަށް ނުދެވި ވަޅުލާން ޖެހުން ކަހަލަ ކަންކަންވެސް އާއްމުވިއެވެ. އެދުވަސްވަރު ކާންބޯން ކުރާ މައިގަޑު މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. އެއިން އެއްވެސް ކަމެއް ނުކުރެވި ގޭގައި ހައްޔަރުވެފައި ތިބި އާއިލާތައް ވަރަށް ގިނައެވެ. ކާނެ އެއްޗެއް ބޯނެ އެއްޗެއް ނެތި ހާންތިކަމުގައި ދުވަސްތައް ވޭތުކުރަން ޖެހުނު މީހުން ވަރަށް ގިނައެވެ.

ބިރުވެރިކަމާއި ނާމާންކަން ސިފަކުރަންޏާ ބުނެވޭނީ މިހެންނެވެ. އާއްމުކޮށް ކަނޑުމަތިން ނޫނީ ނުފެންނަ އައިންމަތީ ދޫނިތައް އުޅުނީ ރަށުތެރޭގައެވެ. ނާމާންކަމާއި ބިރުވެރިކަމުގެ އިންތިހާއެވެ. ރަށުތެރޭގައި އަޑަކަށް އޮންނަނީ ތަކުބީރު ކިޔުމުގެ އަޑެވެ.

ދިވެހިރާއްޖެއާއި ދިވެހިން މިހާރު އަނެއްކާވެސް ތަޖުރިބާ ކުރަމުން މިދަނީ ނުރައްކާތެރި ބަލިމަޑުކަމެއްގެ ގިލަންވެރިކަމެވެ. ގާތްގަޑަކަށް ދޮޅުއަހަރެއްހައި ދުވަހުގެ ތެރޭގައި ރާއްޖޭގެ ކަންކޮޅުތަކުން 80 ހާސް މީހުންނަށް ކޮވިޑޭ މި ކިޔުނު ބަލި ޖެހިއްޖެއެވެ. އޭގެ ތެރެއިން 226 މީހުން ދުނިޔެއިން ވަކިވެގެން ހިނގާއްޖެއެވެ. އާއިލާތަކަށް ނިކަމެތި ކަމާއި ދެރަކަން ލިބިއްޖެއެވެ.

ގާތްގަޑަކަށް 45 އަހަރުގެ މުއްދަތެއްގެ ތެރޭގައި ދިވެހިން ތިން ފަހަރެއްގެ މަތިން މިޒާތުގެ ބިރުވެރިކަމާއި ނާމާންކަން ތަޖުރިބާކުރިއިރު މި ތިން ދުވަސްވަރު އަޅައިކިޔައި ބަލައި ތަހުލީލު ކުރުމަކީ ކުރަން ޖެހޭނެ ކަމެކެވެ. ކުރެވެންވެސް އޮތް ކަމެކެވެ. ޒިންމާދާރުކަމާއެކު ސަރުކާރުން އަމަލުކޮށްފައިވޭތޯ ނުވަތަ ނޫންތޯ ބެލުމަށް މިއީ މުހިއްމު ކަމެއްވެސްމެއެވެ.

އާލަމީ ވަބާއެއްގެ ބިޔަ ރާޅު ގައުމުގެ ހަފޮޅުން އެތެރެޔަށް ބިންދައިލީމާ ބަލަން ޖެހެނީ އެކަން ކޮންޓްރޯލްކޮށް ރައްޔިތުންގެ މުހުތާދުތަކަށް ފަހިވާގޮތަށް ކަންކަން އިންތިޒާމު ކުރެވިފައިވޭތޯއެވެ. މިކަންކަމަށް ބެލީމާ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކޮށްފައިވާ ބުރަ މިންނެތް މަސައްކަތުގެ ނަތީޖާ އެބަފެނެއެވެ. ދިވެހިން ކުރިން ތަޖުރިބާކުރަން ޖެހުނު ބައެއް ކަންކަން މިފަހަރު ތަޖުރިބާކުރާކަށް ނުޖެހެއެވެ.

އެއްސަންދޯކުގައި ތިން ހަތަރު މީހުން ވަޅުލާކަށް ނުޖެހެއެވެ. ބޭސްނެތިގެން ޑޮކްޓަރުން ނެތިގެން ވަސީލަތް ނެތިގެން ފަރުވާ ނުދެވި ތިބޭކަށް ނުޖެހެއެވެ. ކާބޯތަކެތި ހުސްވެގެން މީސްތަކުން ހުސްބަނޑާ ތިބޭކަށް ނުޖެހެއެވެ. ދުނިޔޭގެ ކޮންމެ ތަނަކުން ކަމަށްވިޔަސް ބޭނުންވާ އެއްޗެއް ރާއްޖެއަށް ގެނެސްގެން އެ އެއްޗެއް މިދަނީ ބޭނުން ކުރަމުންނެވެ.

ބޭނުންވާ އަފުނޯސްކަށި ވިޔަސް ބޭރުން އެތެރެކޮށްގެން ނޫނީ ފަރުޖެއްސެން ނެތް ބަޔަކު މިފަދަ ބަލިމަޑުކަމެއްގެ ތެރޭގައި އެއްވެސް އެއްޗަކަށް ނުޖެހި ތިބުމަކީ ކުޑަ ކަމެއް ނޫނެވެ. ބައެއް މީހުން ބުނެފާނެއެވެ. އެއީ ޒަމާނުގެ ތަފާތެވެ. ނޫނެކެވެ. އަވަށްޓެރި ގައުމުތަކުގައި ސަންދޯއް ނުޖެހިގެން ކާޑުބޯޑު ފޮށިތަކުގައި މީހުން އެދަނީ ވަޅުލަމުންނެވެ. އޮކްސިޖަން ނުލިބިގެން އެތައް ބަޔަކު އެދަނީ މަރުވަމުންނެވެ. ކާނޭ އެއްޗެއް ނުލިބިގެންވެސް އެދަނީ މަރުވަމުންނެވެ. ވެކްސިން ނުލިބިގެން އެކަންވެސް އޮންނަނީ ނުކުރެވިއެވެ.

މިއިން އެއްވެސް ކަމެއް ދިވެހިން ތަޖުރިބާއެއް ނުކުރެއެވެ. އެހެންވީމާ މިއީ ޒަމާން ބަދަލުވެގެން ވީކަމެއް ނޫނެވެ. މިއީ ހިކުމަތްތެރިކަމާއެކު ބަޔަކު މިކަންކަން ރާވައި ތަރުތީބުކޮށް އިންތިޒާމު ކުރުމުގެ ނަތީޖާއެވެ.

ކޮވިޑް-19ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް