Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އެމެރިކާގެ ހާލަތު

އެމެރިކާގައި ކޮވިޑް ޖެހިގެން އެޑްމިޓްކުރާ މީހުންގެ އަދަދު އަނެއްކާވެސް ލައްކައިން މައްޗަށް ޖެހިލައިފި

ކޮވިޑް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު މިހާރު ހުރީ 101،433 ގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 އޯގަސްޓު 2021 | ހޮނިހިރު 04:16
ކޮވިޑް-19ގެ ބަލި މީހުންނަށް އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާދެނީ

ކޮވިޑް-19ގެ ބަލި މީހުންނަށް އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާދެނީ

އެމެރިކާގައި ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުންގެ އަދަދު 8 މަސް ފަހުން ލައްކައިން މައްޗަށް ޖެހިފައިވާކަމަށް އެގައުމުގެ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިޔުމަން ސަރވިސަސް އިން ބުނެފިއެވެ.

ޑެލްޓާ ވޭރިއަންޓްގެ ސަބަބުން އެމެރިކާގައި ކޮވިޑްގެ ހާލަތު އަންނަނީ ގޯސްވަމުންނެވެ. ހުކުރު ދުވަހު ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ކޮވިޑް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު މިހާރު ހުރީ 101،433 ގައެވެ.

ފާއިތުވި އެއްމަސް ދުވަހުގެ ތެރޭގައި އެމެރިކާގައި ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކުރި މީހުންގެ އަދަދު ވަނީ ދެގުނަ ވެފައެވެ. އެގައުމުގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި ހަފުތާގައި ކޮންމެ ގަޑިއިރަކު ކޮވިޑް ބަލީގެ 500ށް ވުރެ ގިނަ މީހުން ވަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައެވެ.

އެމެރިކާގައި މިހާތަނަށް ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. އެދުވަހު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު 142،000ށް ވުރެ މައްޗަށް އަރައެވެ.

މިއަހަރުގެ ތެރޭގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފުޅާކުރުމާއެކު ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުންގެ އަދަދު ވަނީ ދަށަށްދާން ފަށާފައެވެ. އެގޮތުން މިއަހަރުގެ ޖޫން މަހުގެ ފަހުކޮޅު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ ކޮވިޑް ބަލި މީހުންގެ އަދަދު 16،000ށްވުރެ ދަށަށް ވަނީ ގޮސްފައެވެ. އެއީ މިހާތަނަށް އެންމެ މަދުން މީހުން އެޑްމިޓްކޮށްގެން ފަރުވާ ދީފައިވާ ދުވަސްވަރެވެ.

ނަމަވެސް ޖުލައި މަހު އެމެރިކާގައި ހަލުވިކަމާއެކު ޑެލްޓާ ވޭރިއަންޓް ފެތުރެން ފެށުމާއެކު ހާލަތު ވަނީ އަނެއްކާވެސް ގޯސްވާން ފަށާފައެވެ. އެމެރިކާގެ ދެކުނުގެ ސަރަހައްދަކީ މިވަގުތު ކޮވިޑްގެ ހާލަތު އެންމެ ގޯސް ސަރަހައްދެވެ. ނަމަވެސް ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ ކޮވިޑް ބަލި މީހުންގެ އަދަދު މުޅި އެމެރިކާގައިވެސް އަންނަނީ އިތުރުވަމުންނެވެ.

އެންމެ ގިނަ މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ ފްލޮރިޑާގައެވެ. އެއަށްފަހު ޓެކްސަސް އަދި ކެލިފޯނިއާގައެވެ. މީގެއިތުރުން އަލްބާމާ އާއި ޖޯރޖިއާގައި އައިސީޔޫ އެނދުތަކުގެ 95 އިންސައްތަ މިހާރު ވަނީ ފުލްވެފައިކަމަށް ސީޑީސީން ބުނެއެވެ.

ޑެލްޓާ ވޭރިއަންޓް ހަލުވިކަމާއެކު އެމެރިކާގައި ފެތުރެމުން އަންނަނީ ވެކްސިން ނުޖަހާ މީހުންގެ މެދުގައެވެ. މިއާއެކު ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ ކުޑަކުދިންގެ އަދަދުވެސް އަންނަނީ ރިކޯޑް މިންވަރަކަށް އިތުރުވަމުންނެވެ. އެމެރިކާގައި ކޮވިޑް ޖެހިގެން އެޑްމިޓްކޮށްފައިވާ މީހުންގެ 2.3 އިންސައްތަ ހިއްސާކުރަނީ ކުޑަކުދިންނެވެ.

އެމެރިކާއިން އުންމީދުކުރަނީ އުމުރުން 12 އަހަރުން ދަށުގެ ކުޑަކުދިންނަށް މިއަހަރު ނިމުމުގެ ކުރިން ވެކްސިން ޖެހުމުގެ ހުއްދަ ލިބޭނެކަމަށެވެ.

އެމެރިކާގެ އެންމެ އިސް އިންފެކްޝިއަސް ޑިޒީސްގެ މާހިރު ޑރ އެންތަނީ ފައުޗީ ވިދާޅުވީ ވެކްސިން ޖެހުން ހަލުވި ކުރެވިއްޖެނަމަ އަންނަ އަހަރު ކުރީކޮޅު އެގައުމުގައި ކޮވިޑް ކޮންޓްރޯލްކުރެވޭނެ ކަމަށެވެ.

އެމެރިކާގެ ވެކްސިން ޖަހަންޖެހޭ އާބާދީގެ 61 އިންސައްތަ މީހުން ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ.

އެމެރިކާ އަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހި އަދި މިބަލީގައި މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އެގައުމުގެ 38.5 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު މަރުވި މީހުންގެ އަދަދު 634،000ށް ވުރެ މައްޗަށް އަރައެވެ.

ކޮވިޑް-19އެމެރިކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު