ކ. މާލެ
|
28 އޯގަސްޓް 2021 | ހޮނިހިރު 08:30
241 ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
241 ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ރައީސް ނަޝީދަށް އިންޒާރުދިން މައްސަލަ
ރައީސް ނަޝީދަށް ސޯޝަލް މީޑިޔާގައި އިންޒާރުދިން މައްސަލަޔާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް 241 ކޮމިޓީން ފުލުހުންނާ ބައްދަލުކޮށްފި
 
ނަޝީދަށް ސޯޝަލް މީޑިއާގައި އިންޒާރުދިން މީހާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައި
 
ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި އިންޒާރުދިން މީހަކު ހައްޔަރު ކޮށްފައިވަނީ އޮގަސްޓްމަހުގެ 23 ވަނަ ދުވަހު
 
މިމައްސަލައަކީ މިހާރުވެސް ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކަށްވާތީ ކޮމިޓީ ބައްދަލުވުން ކުރިޔަށް ގެންދިޔައީ ސިއްރުކޮށްގެން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިޔާގައި އިންޒާރު ދިން މައްސަލަ އާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން ފުލުހުންނާއި ބައްދަލުކޮށްފިއެވެ.

ކޮމިޓީގެ ބައްދަލުވުމެއް މައުލޫމާތު ސާފުކުރުމަށް ބާއްވާފައިވާއިރު މިމައްސަލައަކީ މިހާރުވެސް ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކަށްވާތީ ކޮމިޓީ ބައްދަލުވުން ކުރިޔަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި އިންޒާރުދިން މީހަކު ހައްޔަރު ކޮށްފައިވަނީ އޮގަސްޓްމަހުގެ 23 ވަނަ ދުވަހުއެވެ. މިމައްސަލާފައި ފުލުހުން ބުނެފައިވަނީ ރައީސް ނަޝީދަށް އިންޒާރު ދިން މައްސަލައާ ގުޅިގެން 40 އަހަރުގެ ދިވެހި ފިރިހެނެއް ކޯޓު އަމުރުގެ ދަށުން ހައްޔަރު ކޮށްފައިވާކަމަށެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ރ. މީދޫއިންނެވެ.

ހައްޔަރުކުރި މީހާ ވަނީ ސޯޝަލް މީޑިއާގައި ރައީސް ނަޝީދު އެނބުރި މާލެ އަތުވެއްޖެނަމަ "އަބޫ ޖަހުލަށް ހެދި ގޮތް ހަދާނޭ" ކަމަށް ބުނެ އިންޒާރު ދީފައެވެ. އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އުނގޫފާރު މެޖިސްޓްރޭޓު ކޯޓަށް ގެންދިޔުމުން އެ ކޯޓުންވަނީ އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދަށް 15 ދުވަސް އިތުރުކުރަން ނިންމާފައެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ކޯޓުގެ ހުރުމަތް ކަނޑައިލުމާ ގުޅިގެން އިތުރަށް 15 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށްވެސް ކޯޓުން ހުކުމްކޮށްފައިވާ ކަމުގައެވެ. އޭނާ ކޯޓުގެ ހުރުމަތް ކެނޑުމަށް ކުރި ކަމެއް ހާމަކޮށްފައެއްނުވެއެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް އަދިވެސް ހުންނެވީ ރާއްޖެއިން ބޭރުގައެވެ. މިހަމަލާ އާ ގުޅިގެން އެމަނިކުފާނަށް އަރުވަމުން ގެންދިޔަ ސެކިޔުރިޓީ ފެއިލްވި ގޮތުގެ އިންކުއަރީއެއް 241 ކޮމިޓީން ވަނީ ކުރިޔަށްގެންގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
100%
0%
0%
0%
0%
0%
ކޮމެންޓް