Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީން އެމްބާޕޭ ވިއްކާލުން

ރެއާލުގެ ދެވަނަ ބިޑާއެކު ޕީއެސްޖީން އެމްބާޕޭ ވިއްކާލަނީ؟

27 އޯގަސްޓު 2021 | ހުކުރު 09:20

އެމްބާޕޭ ވިއްކާލުމާ މެދު ޕީއެސްޖީން ވަނީ މަޝްވަރާކުރަން ފަށާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 27 އޯގަސްޓު 2021 | ހުކުރު 09:20
ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ

ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ

ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ ގަންގަން ރެއާލް މެޑްރިޑުން ހުށަހެޅި ދެވަނަ ބިޑާއެކު އޭނާ ވިއްކާލުމާ މެދު ޕީއެސްޖީން މަޝްވަރާކުރަން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެމްބާޕޭ ގަތުމަށް ރެއާލުން އެންމެ ފުރަތަމަ ހުށަހެޅީ 160 މިލިޔަން ޔޫރޯގެ ބިޑެކެވެ. އެކަމަކު އެ ބިޑް ބަލައިނުގަންނަން ޕީއެސްޖީން ނިންމުމާއެކު، މިހާރު ވަނީ ބޯނަހާއެކު ޖުމްލަ 180 މިލިޔަން ޔޫރޯގެ ބިޑެއް ހުށަހަޅާފައެވެ. އެއާއެކު މި ފަހަރުގެ ޓްރާންސްފާގައި އެމްބާޕޭ ވިއްކާލަން ޕީއެސްޖީން މަޝްވަރާކުރަން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން ރެއާލުން ހުށަހެޅި ފުރަތަމަ ބިޑާއެކު ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯ އެ ޓީމުން އެއްބަސްވުން އާކުރަން މަސައްކަތްކުރަމުން އަންނަ ކުޅުންތެރިއަކަށް ރެއާލުން ހުށަހެޅި 160 މިލިޔަން ޔޫރޯގެ ބިޑް ނުފުދޭ ކަމަށެވެ. އަދި ޕީއެސްޖީން އަދިވެސް މަސައްކަތްކުރަމުން އަންނަނީ އެމްބާޕޭގެ އެއްބަސްވުން އާކުރަން ކަމަށް ވަނީ ބުނެފައެވެ. ލެއޮނާޑޯ ބުނީ ރެއާލަށް ބަދަލުވާން އެމްބާޕޭ ބޭނުންވާނަމަ އެކަން އެ ކުލަބުން ނުހުއްޓުވާނެ ކަމަށާއި، ނަމަވެސް އޭނާއަށް ކުލަބު ބަދަލުކުރެވޭނީ ޕީއެސްޖީގެ ޝަރުތުތަކާ އެއްގޮތަށް ކަމަށެވެ.

މި ފަހަރުގެ ޓްރާންސްފާގައި ރެއާލުން އެމްބާޕޭ ހޯދުމަށް މަސައްކަތްކުރަމުން އަންނައިރު، އޭނާ މި ވަގުތު ޕީއެސްޖީގެ އެއްބަސްވުމުގައި ހުރީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. މީގެ ކުރިންވެސް ރެއާލުން ވަނީ ދެ ފަހަރެއްގެ މަތިން އެމްބާޕޭ ހޯދުމަށް މަސައްކަތްކޮށްފައިވާއިރު، އޭނާ އެންމެ ފުރަތަމަ 2017 ވަނަ އަހަރު މޮނާކޯ ދޫކޮށް ބަދަލުވީ ޕީއެސްޖީއަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ.

އެކަމަކު 2018 ވަނަ އަހަރު ޕީއެސްޖީން ވަނީ 145 މިލިޔަން ޔޫރޯ ދެއްކުމަށްފަހު އެމްބާޕޭގެ އެއްބަސްވުން ދާއިމީކޮށްފައެވެ. އަދި އެ ފަހަރު ބޯނަހުގެ ގޮތުގައި އިތުރު 35 މިލިޔަން ޔޫރޯ ޕީއެސްޖީން ޚަރަދުކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން ރެއާލުން ހުށަހެޅި ބިޑް، ޕީއެސްޖީން މޮނާކޯއަށް ދެއްކި ޖުމްލަ އަދަދާ (180 މިލިޔަން ޔޫރޯ) ދިމާވެއެވެ.

ޕީއެސްޖީ ދޫކޮށް ރެއާލަށް ބަދަލުވާން އެމްބާޕޭ ބޭނުންވާއިރު، އޭނާ ވަނީ މިހާތަނަށް ޕީއެސްޖީގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެމްބާޕޭ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދުން 174 މެޗުގައި 133 ލަނޑު ޖަހާފައެވެ. އަދި ވަނީ ޕީއެސްޖީއާއެކު ފްރެންޗް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ޒުވާން އުމުރުގައި އެމްބާޕޭ ވަނީ ފްރާންސާއެކު ފީފާ ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

ކީލިއަން އެމްބާޕޭޕީއެސްޖީރެއާލް މެޑްރިޑް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
20 އޮކްޓޯބަރު 2025

ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް

20 އޮކްޓޯބަރު 2025
ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް