Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބައިޑެންގެ އިންޒާރު

ކާބުލް އެއަރޕޯޓުގައި ބޮމުގެ ހަމަލާ ދިން މީހުންނަށް ބައިޑެންގެ ވަރުގަދަ އިންޒާރެއް

ހަމަލާ ދިން މީހުންނަށް ފިލައިގެން ނޫޅެވޭނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 27 އޯގަސްޓު 2021 | ހުކުރު 06:25
ޖޯ ބައިޑެން - އެމެރިކާގެ ރައީސް

ޖޯ ބައިޑެން - އެމެރިކާގެ ރައީސް

ކާބުލް އެއަރޕޯޓުގައި ޖާނުން ފިދާވެ ދިން ބޮމުގެ ހަމަލާދިން މީހުންނަށް އެމެރިކާގެ ރައީސް ޖޯ ބައިޑެެން ވަރުގަދަ އިންޒާރެއް ދީފިއެވެ.

ބައިޑެން ވިދާޅުވީ، ހަމަލާ ދިން މީހުންނަށް ފިލައިގެން ނޫޅެވޭނެކަމަށާއި، އެމެރިކާއިން އެމީހުން ހޯދާނެ ކަމަށެވެ. އަދި އެ ހަމަލާގައި މަރުވި އެމެރިކާ މީހުންގެ ފުރާނައިގެ އަގު އަދާކުރަން ޖެހޭނެ ކަމަށާއި، އެމީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އެއަރޕޯޓަށް ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 13 މީހަކާއި އަފްޣާނިސްތާނުގެ 60 މީހުން މަރުވެ 159 މީހަކު ވަނީ ޒަޚަމްވެފައެވެ.

ޖާނުން ފިދާވެ ދިން މި ބޮމުގެ ހަމަލާގެ ތެރެއިން އެއް ހަމަލާ އަމާޒުކޮށްފައިވަނީ، އެމެރިކާ ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓާ ސަރަހައްދަށެވެ. ދެވަނަ ހަމަލާ އަމާޒުކޮށްފައިވަނީ، އެއަރޕޯޓު ކައިރީގައި ހުންނަ، އާންމުކޮށް އެހެން ގައުމުތަކުގެ މީހުން ތިބޭ ހޮޓަލަކަށެވެ.

ކާބުލް އިންޓަރނޭޝަނަލް އެއަރޕޯޓަށް އަމާޒުކޮށް މި ހަމަލާ ދީފައިމިވަނީ، 31 އޮގަސްޓުގެ ކުރިން، ގައުމުތަކުން، އަފްޣާނިސްތާނުގެ ރެފިއުޖީން އެގައުމުން ބޭރަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތްތަކަށް އަމާޒުކޮށް، ހަނގުރާމަވެރިންގެ ހަމަލާތައް އަމާޒުވެދާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފައިވަނިކޮށެވެ.

މި ހަމަލާގެ ޒިންމާ މިހާރު އައިސިސްކޭއިން ވަނީ އުފުލާފައެވެ.

އެމެރިކާ ސިފައިން ތިބޭ ސަރަހައްދަށް ދިން ހަމަލާ ޠާލިބާނުންވަނީ ކުށްވެރިކޮށްފައެވެ. ޠާލިބާނުންނާއި އިސްލާމިކް ސްޓޭޓާ ގުޅުމެއް ނެތްނަމަވެސް ބައިޑެން ވިދާޅުވީ، ޠާލިބާނުންނަނީ ވަކި ރަނގަޅު ބައެއް ނޫން ކަމަށެވެ. އެމީހުން ބޭނުންވަނީ، މި މަހުގެ 31ގެ ކުރިން އެމެރިކާ ސިފައިން އެގައުމުން ފައިބަން ކަމަށެވެ. އެކަން އެމެރިކާއިން ކުރާނެ ކަމަށް ބައިޑެން ވިދާޅުވިއެވެ.

ޖޯ ބައިޑަންއަފްޣާނިސްތާންތާލިބާންއިސްލާމިކް ސްޓޭޓް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
25 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
08 ނޮވެމްބަރު 2025

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

08 ނޮވެމްބަރު 2025
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު