Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުކޮވިޑް-19ގެ ހާލަތުގައި ރާއްޖޭގެ ފަތުރުވެރިކަން

އަނެއްކާވެސް އައު ރެކޯޑެއް، މި މަހުގެ މިހާތަނަށް 120،000 ފަތުރުވެރިން!

27 އޯގަސްޓު 2021 | ހުކުރު 06:08

މި އަހަރު އެންމެ ގިނަ ފަތުރުވެރިން އައީ އޮގަސްޓު މަހު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 27 އޯގަސްޓު 2021 | ހުކުރު 06:08
ފަތުރުވެރިން ރާއްޖެ އައުން

ފަތުރުވެރިން ރާއްޖެ އައުން

އޮގަސްޓު މަހުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 120،529 އަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ރިޕޯޓުގައި ވާގޮތުން އޮގަސްޓު މަސް ވެފައިވަނީ މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި މަހަށެވެ. އޮގަސްޓު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މި މަހުގެ 120،529 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. މިއީ މިދިޔަ އަހަރުގެ މިހާތަނާ އަޅާ ބަލާއިރު އެތައް ގުނައެއް ބޮޑު އަދަދެކެވެ. އަދި ކޮވިޑް-19 ގެ ކުރިން އޮތް ހާލަތާ އަޅާ ކިޔާއިރުވެސް އިތުރު އަދަދެކެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 120،341 ފަތުރުވެރިންނެވެ.

މިއީ މި އަހަރު އެއްލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައި ތިންވަނަ މަހެވެ. މި އަހަރު އެއްލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މާޗް، ޖުލައި އަދި އޮގަސްޓު މަހުއެވެ. މާޗް މަހު 109،585 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެއަށްފަހު އަނެއްކާވެސް ފަތުރުވެރިކަން ކުޑަކޮށް ދަށަށް ދިއުމަށްފަހު ޖުލައި މަހު 101،818 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އޮގަސްޓު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުވެސް އެއް ލައްކައަށް އަރާފައިވާތީ ޖުލައި މަހަށް ފަހު ހަމަ އެ ބާރުމިނުގައި ފަތުރުވެރިކަން ރަނގަޅުވަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މި އަހަރުގެ މިހާތަނަށް 732،896 ފަތުރުވެރިން ރާއްޖެ އައި ކަމަށް ވަނީ ރެކޯޑުކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފަިއވާ ރިޕޯޓުގައިވާގޮތުން މި އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ 157،876 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން އައިސްފައިވަނީ 146،205 ފަތުރުވެރިންނެވެ. ތިންވަނައިގައި އުޅެނީ ޖަރުމަނެވެ. ޖަރުމަނުން މިހާތަނަށް 42،078 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މީގެ އިތުރުން އެންމެ ގިނަ ފަތުރުވެރިން އައި 10 މާކެޓުގެ ތެރޭގައި ހިމެނޭ ގައުމުތަކަކީ ޔޫއުސްއޭ، ޔޫކްރެއިން، ސައުދި އަރަބިއާ، ސްޕެއިން، ކަޒަކިސްތާން، ޔޫކޭ އަދި ފްރާންސެވެ.

މީގެ ތެރެއިން ބައެއް މާކެޓުތަކުން ފަތުރުވެރިން އަންނަ މިންވަރު މީގެ ކުރީގެ އަހަރުތަކާ އަޅާ ބަލާއިރު އިތުރުވާން ފަށާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް މާކެޓަކީ ކަޒަކިސްތާނެވެ. 2019 ވަނަ އަހަރު ކަޒަކިސްތާނުން 3،238 ފަތުރުވެރިން އައިސްފައިވާއިރު، 2020 ވަނަ އަހަރު ކަޒަކިސްތާނުން އައިސްފައިވަނީ 2،876 ފަތުރުވެރިންނެވެ. އަދި މި އަހަރުގެ މިހާތަނަށް ކަޒަކިސްތާނުން އައި ފަތުރުވެރިންގެ އަދަދު 17،334 އަށް އަރާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. މިއީ 502.7 އިންސައްތައިގެ އިތުރުވުމެކެވެ.

ކަޒަކްސްތާނުގެ އިތުރުން ޔޫކްރެއިން، ރަޝިއާ، ރޮމޭނިއާ، ބްރެޒިލް، ޔޫއޭއީ، އިންޑިއާ, ޗެކް ރިޕަބްލިކް، ސައުދި އަރަބިއާ އަދި ޕޮލޭންޑުން އަންނަ ފަތުރުވެރިންގެ އަދަދު ވެސް މީގެ ކުރީގެ އަހަރުތަކާ އަޅާ ބަލާއިރު އިތުރުވަމުން އަންނަކަމަށް ޓޫރިޒަމް މިނިސްޓްރީގެ ރިޕޯޓުގައި ވެއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށާފައިވަނީ ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމާއެކު، ގިނަ މާކެޓުތަކަކުން ފަތުރުވެރިންނަށް ރާއްޖެ އާދެވޭގޮތަށް ހުޅުވާލުމުންނެވެ. ވެކްސިން ޕްރޮގްރާމް މިހާރު ކުރިއަށްދާ ބާރުމިނުގައި ކުރިއަށްދާނަމަ ރާއްޖޭގެ ފަތުރުވެރިކަން ނުހުއްޓި ކުރިއަށްދާނެ ކަމަށްކަމާބެހޭ މާހިރުން ބުނެއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ވެސް ދާނީ ރަނގަޅުވަމުން ކަމަށް ބުނެފައިވެއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
26 އޮކްޓޯބަރު 2024

ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް

26 އޮކްޓޯބަރު 2024
ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް
22 މާރިޗު 2024

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

22 މާރިޗު 2024
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް