Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކާބުލް އެއަރޕޯޓަށް ދިން ޓެރަރިސްޓު ހަމަލާ

ކާބުލް އެއަރޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 100ން މައްޗަށް

އެމެރިކާގެ 13 ސިފައިން ވަނީ މި ހަމާލަގައި މަރުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 27 އޯގަސްޓު 2021 | ހުކުރު 02:36
ކާބުލް އެއަރޕޯޓްގައި ދިން ހަމަލާތަކުގެ ތެރެއިން

ކާބުލް އެއަރޕޯޓްގައި ދިން ހަމަލާތަކުގެ ތެރެއިން

އަފްޣާނިސްތާނުގެ ކާބުލް އެއަރޕޯޓުގެ ބޭރުގައި ދިން ހަމަލާތަކުގައި 100ށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ބޭރުގެ ނޫސްތަކުުގައި ރިޕޯޓުކޮށްފައިވާގޮތުން ކާބުލް އެއަރޕޯޓުގައި ދިން ޓެރަރިސްޓު ހަމަލާގައި އެގައުމުގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާ ސިފައިންގެ 13 މީހަކު ހިމެނެއެވެ. އަދި އަފްޣާނިސްތާނުގެ އާންމު ރައްޔިތުންގެ ތެރެއިން 90 މީހުން ވަނީ މަރުވެފައެވެ.

އަފްޣާނިސްތާނުން ފައިބަން ބޭނުންވާ މީހުން ބޭލުމުގެ މަސައްކަތް ކާބުލް އެއަރޕޯޓުގައި ހިނގަމުންދަނިކޮށް ކާބުލް އެއަރޕޯޓު ބޭރުގައި ޖާނުންފިދާވެގެންދިން ބޮމުގެ ހަމަލާ އާއި ބަޑީގެ ހަމަލާތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެ ހަމަލާތަކުގެ ބަދަލު ހިފާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހަމަލާތައް ދިން ނަމަވެސް އަފްޣާނިސްތާނުން ފައިބަން ބޭނުންވާ މީހުން އެގައުމުން ބޭލުމުގެ މަސައްކަތްކުރާނެ ކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ.

ކާބުލް އެއަރޕޯޓަށް މި ޓެރަރިސްޓު ހަމަލާދީފައި މި ވަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ސިފައިން އެ ގައުމުން ފައިބާނެ ކަމަށް ބުނެފައިވާ ސުންގަޑި ހަމަވާން ފަސް ދުވަހަށް ވެފައި ވަނިކޮށެވެ. ތާވަލު ކުރެވިފައިވާ ގޮތަށް އޮގަސްޓު 31ގެ ނިޔަލަށް އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތްތައް ކުރަމުންދާ އިރު، އެމެރިކާގެ ސިފައިން އެ ގައުމުން ފައިބާނީ އެ ގައުމުގައި ތިބި އެމެރިކާގެ ރައްޔިތުން ސަލާމަތްކަމާއެކު އެ ގައުމުން ބޭލެވުމުން ކަމަށް ރައީސް ބައިޑަން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އަފްޣާނިސްތާނުގެ ކޮންޓްރޯލް ޠާލިބާނުން ނެގުމާއެކު އަފްޣާނިސްތާނުން ފައިބަން ބޭނުންވާ އެތައް ހާސް ބަޔަކު އަންނަނީ ކާބުލް އެއަރޕޯޓަށް ޖަމާވަމުންނެވެ. އެގޮތުން ފާއިތުވި 10 ވަރަކަށް ދުވަހު ވެސް ކާބުލް އެއަރޕޯޓް ހުންނަ ސަރަހައްދު ވަނީ މީހުން ގިނަވެ ތޮއްޖެހިފައެވެ. އަފްޣާނިސްތާނުގައި ތިބި ބޭރު ގައުމުތަކުގެ ފައުޖުތަކާއި ބޭރު ގައުމުތަކުގެ މީހުންގެ އިތުރުން އަފްޣާން ރައްޔިތުންގެ ތެރެއިން ގައުމު ދޫކޮށްދާން ބޭނުންވާ މީހުން ގައުމުން ބޭލުމުގެ ކަންކަން އަންނަނީ ކުރަމުންނެވެ.

އެގޮތުން އެމެރިކާގެ އަސްކަރީ ފްލައިޓެއް ކޮންމެ 39 މިނެޓަކުން ކާބުލް އެއަރޕޯޓުން މީހުން ގޮވައިގެން ފުރާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ. މިހާތަނަށް އައިއިރު 88،000ށް ވުރެ ގިނަ މީހުން އަފްޣާނިސްތާނުން ބޭލިފައިވާކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

އެމެރިކާގެ އޮފިޝަލުންނާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެއަރޕޯޓަށް ދިން ހަމަލާތަކުގެ ފަހަތުގައި ވަނީ ކޮން ބައެއްތޯ ބެލުމުގެ ތަހުގީގުދަނީ ކުރިޔަށެވެ. ނަމަވެސް މިކަމުގެ ފަހަތުގައިވާ ބަޔަކީ އައިއެސްގެ ޚުރާސަން ގްރޫޕްކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

އައިއެސްގެ ޚުރާސަން ޖަމާއަތަކީ އެމެރިކާ އާއި ޠާލިބާނުންނާ ވެސް ދެކޮޅު ޖަމާއަތެކެވެ. މި ޖަމާއަތް އަފްޣާނިސްތާނުގައި އުފެދިފައިވަނީ 2015 ވަނަ އަހަރުއެވެ. މިއީ ޠާލިބާން ޖަމާއަތުގެ ތެރެއިން އެޖަމާއަތާ ހިތްހަމަ ނުޖެހިފައިތިބި ހަނގުރާމަވެރިން ބޭނުންކޮށްގެން އައިއެސްއިން އެ ސަރަހައްދުގައި އުފައްދާފައިވާ ޖަމާއަތެކެވެ.

އަފްޣާނިސްތާން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު