Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިިސިސް ޖަމާއަ

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ޖަމާއަތަކީ ކޮބާ؟

އައިސިސް-ކޭ އެންމެ ފުރަތަމަ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާން ފަށާފައިވަނީ 2014 ވަނަ އަހަރުގެ ފަހުކޮޅު އިރުމަތީ އަފްޣާނިސްތާނު ސަރަހައްދުގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 27 އޯގަސްޓު 2021 | ހުކުރު 02:17
ކާބުލްގައި ހުންނަ ހާމިދުކަރުޒާއީ އެއަރޕޯޓް

ކާބުލްގައި ހުންނަ ހާމިދުކަރުޒާއީ އެއަރޕޯޓް

އޮގަސްޓް މަހުގެ 31 ގެ ކުރިން އަފްޣާނިސްތާނުގައި ތިބި ބޭރުގެ ފައުޖުތައް އަފްޣާނިސްތާނުން ފައިބަން ޖެހޭއިރު، މިހާރު އެންމެ ހަލުވިމިނުގައި ކުރިޔަށްދަނީ އެމަސައްކަތެވެ. ބޭރުގެ ފައުޖުތަކާއި އެގައުމުގެ ރައްޔިތުންގެ އިތުރުން އަފްޣާނިސްތާނުގެ ރައްޔިތުންގެ ތެރެއިން ގައުމު ދޫކޮށްދާން ބޭނުންވާ ރައްޔިތުން އަންނަނީ އޮގަސްޓް މަހުގެ 31 ގެ ކުރިން އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތްކުރަމުންނެވެ. އެހެންކަމުން އެކަމަށްޓަކައި ބޭނުންކުރަމުން އަންނަ ކާބުލްގެ އެއަރޕޯޓް ހުންނަ ސަރަހައްދު މި ދުވަސްވަރު ފެންނަނީ ތޮއްޖެހި ކާރުބާރު ބޮޑު ސަރަހައްދެއްގެ ގޮތުގައެވެ. އެތައް ހާސް ބަޔަކު އެމީހުންގެ ފްލައިޓްތަކުގެ އިންތިޒާރުގައި އެ ސަރަހައްދުގައި މަޑުކޮށްގެން ތިބޭއިރު ހަމަލާތަކެއް ދީފާނެކަމުގެ އިންޒާރު އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ވަނީ ދީފައެވެ.

އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ގަބޫލުކުރާގޮތުގައި އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުން އަންނަ އައިސިސް- ޚުރާސަން ގްރޫޕުން އަންނަނީ އެސަރަހައްދަށް ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންނެވެ. އެންމެފަހުން އަފްޣާނިސްތާނުގެ ކޮންޓްރޯލް ޠާލިބާން ޖަމާއަތް ހޯދިތާ ދިހަވަރަކަށް ދުވަސްފަހުން ކާބުލްގެ އެއަރޕޯޓުގެ ބޭރުގައި މިވަނީ ޖާނުން ފިދާވުމުގެ ހަމަލާތަކެއް ދީފައެވެ. މިހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 13ށް އަރާއިރު ޒަޚަމްވި މީހުންގެ އަދަދު 60ށް އަރާކަމަށް ރަސްމީ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އެމެރިކާއިން ގަބޫލުކުރާ ގޮތުގައި މި ހަމަލާތަކުގެ ފަހަތުގައިވަނީ އައިސިސްގެ ޚުރާސަން ގްރޫޕެވެ.

އިސްލާމިކް ސްޓޭޓް ޚުރާސަން (އައިސިސް-ކޭ) އެންމެ ފުރަތަމަ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާން ފަށާފައިވަނީ 2014 ވަނަ އަހަރުގެ ފަހުކޮޅު އިރުމަތީ އަފްޣާނިސްތާނު ސަރަހައްދުގައެވެ. ޚުރާސަން އަކީ އެ ސަރަހައްދަށް ކުރިން ކިޔައި އުޅުނު ނަމެވެ. މި ޖަމާއަތް އުފެދުމާއެކު މަޝްހޫރު ވެގެންދިޔައީ އިންތިހާއަށް އަނިޔާވެރި އަމަލުތައް ހިންގާ ބައެއްގެ ގޮތުގައެވެ.

މި ސަރަހައްދުގެ އިސްލާމިކް އަސްކަރީ ހަރަކާތްތަކާ ގުޅޭގޮތުން އެކިއެކި ދިރާސާތައް ކުރިޔަށްގެންދާ މީހުން ގަބޫލުކުރާ ގޮތުގައި އައިސިސްކޭ އުފެދުނީ ޕާކިސްތާން ޠާލިބާނުންގެ ތެރެއިންނެވެ. އެމީހުންގެ ތެރޭގައި ވެސް ހިމެނޭ އެންމެ ވަޠަނީ މީހުންގެ ތެރެއިންނެވެ. ޕާކިސްތާނުގެ ޠާލިބާނުންނަށް އަމާޒުކޮށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ހަމަލާދޭން ފެށުމުން އެމީހުން ވަނީ ފިލައިގެން އަފްޣާނިސްތާނަށް އައިސްފައެވެ.

އެންމެ ފުރަތަމަ މި ޖަމާއަތް އާންމުންނަށް އެނގިގެންދިޔައީ ޠާލިބާނުން ކޮންޓްރޯލް ކުރަމުންދިޔަ އަފްޣާނިސްތާނާއި ޕާކިސްތާނު ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވާ ބަޔެއްގެ ގޮތުގައެވެ. ހަމައެގޮތަށް މިޖަމާއަތުން ދިޔައީ ކާބުލްގައި ޖާނުން ފިދާއުވުމުގެ ބޮމުގެ ހަމަލާތައް ވެސް ދެމުންނެވެ. ކާބުލްގެ އިތުރުން އެހެން ސިޓީތަކުގައި ސަރުކާރުގެ ސިފައިންނާއި އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ ފައުޖުތަކާއި ދެކޮޅަށް މި ޖަމާއަތުން ދިޔައީ ހަމަލާތައް ދެމުންނެވެ. އެމީހުން މަސައްކަތްކުރަމުންދިޔައީ ހަނގުރާމަވެރި ވަރުގަދަ ޖަމާއަތެއް އުފަންކޮށް އެޖަމާއަތް ފުޅާކުރުމަށެވެ.

މި ޖަމާއަތުން ގިނައިން ހަމަލާތައް ދެމުން އައީ ޖާނުން ފިދާވެގެންނެވެ. ހަމަލާތައް އަމާޒުކޮށްފައިވަނީ އަވަށްތަކުގެ ބޮޑެތި މީހުންނާއި ރެޑް ކްރޮސް ޖަމާއަތުގައި މަސައްކަތްކުރާ މީހުންނަށެވެ. މީގެއިތުރުން މީސްކޮޅު މަދު ޝީއީންނަށް އަމާޒުކޮށް ވެސް ވަރުގަދަ ހަމަލާތަކެއް މި ޖަމާއަތުން ވަނީ ދީފައެވެ.

ޕާކިސްތާނާ ގުޅޭ ބޯޑަރުގައި ހިމެނޭ ކުދިކުދި ސަރަހައްދުތަކުގައި މި ޖަމާއަތުގެ ހަރަކާތްތައް ހިންގަމުން އައިސް ފަހުން ވަނީ އުތުރުގެ ޕްރޮވިންސްތަކުގައި ވެސް މި ޖަމާއަތް ހަރަކާތްތެރިވާން ފަށާފައެވެ. އައިސިސް-ކޭ ގައި ޕާކިސްތާނުގައި ހަރަކާތްތެރިވާ އެހެނިހެން ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަނގުރާމަވެރިންނާއި އުޒްބެކިސްތާނާއި އަފްޣާނިސްތާނުގެ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިން ހަރަކާތްތެރިވަމުންދިޔައެވެ.

2017 ވަނަ އަހަރުގެ އޭޕްރީލް މަހު އެމެރިކާއިން ވަނީ މި ޖަމާއަތާ ދެކޮޅަށް ބޮމެގެ ވަރުގަދަ ހަމަލާއެއް ދީފައެވެ. ބުނެވޭ ގޮތުގައި 20،000 ޕައުންޑްގެ ބޮމެއް ވަނީ އައިސިސް-ކޭ ޖަމާއަތް އެންމެ ބޮޑަށް ހަރަކާތްތެރިވާ ސަރަހައްދަށް އެމެރިކާއިން ވައްޓާލާފައެވެ.

އައިސިސްކޭ އިން ވަނީ ހުޅަނގުގެ އެހީތެރިކަމާއެކު އަފްޣާނިސްތާނުގައި އުފެދިފައިވާ ސަރުކާރާއި ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަކޮށްފައެވެ. މި ޖަމާއަތުގެ އޮޕަރޭޝަން ބޮޑަށް ގުޅެނީ އިރާގާއި ސީރިޔާގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓާ ކަމަށް ބުނެވެއެވެ. ނަމަވެސް ޔަގީންކަމާއެކު އެފަދަ މައުލޫމާތެއް ލިބިފައިނުވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ އިންޓަލިޖެންސުން ގަބޫލުކުރާގޮތުގައި އަފްޣާނިސްތާނުގައި އުފެދިފައިވާ ސަރުކާރުގެ ބަލިކަށިކަމުގެ ފައިދާ ނަގައި އައިސިސް-ކޭ އިން ވަނީ އެޖަމާއަތް ވަރުގަދަކޮށްފައެވެ. އަދި ޠާލިބާން ޖަމާއަތުގެ ތެރެއިން ވެސް އެ ޖަމާއަތާ ގުޅެން ބޭނުންވާ ހަނގުރާމަވެރިން ހޯދާ އައިސިސް-ކޭ ވަނީ ފާއިތުވި ދުވަސްތަކުގައި އިތުރަށް ވަރުގަދަކޮށްފައެވެ.

މިފަހަކުން މި ޖަމާއަތުން ހަމަލާތައް އަމާޒުކޮށްފައިވާ ތަންތަނުގެ ތެރޭގައި ސޫފީންގެ މިސްކިތްތަކާއި ފިޔުލް ޓޭންކަރުތަކާއި ޝީއީން ދަތުރުކުރާ ބަސްތައް ހިމެނެއެވެ. މީގެއިތުރުން އެމެރިކާއިން ގަބޫލުކުރާގޮތުގައި ޝީއީ ހަޒާރާ އިން ހިންގަމުން އަންނަ އަންހެންކުދިންގެ ސްކޫލަށް ދިން ހަމަލާގެ ފަހަތުގައި ވެސް ވަނީ އައިސިސް-ކޭ އެވެ.

އަފްޣާނިސްތާން

ކޮމެންޓް

އިތުރަށް ކިޔާލަން

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު