Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޖަޕާނުގެ ފަތުރުވެރިން ރާއްޖެ ގެނައުން

ޖަޕާނުގެ ފަތުރުވެރިން އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްގެ ޚާއްސަ ހަރަކާތްތަކެއް!

2019 ވަނަ އަހަރު 9 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ޖަޕާނުން

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 26 އޯގަސްޓު 2021 | ބުރާސްފަތި 18:26
ވިޒިޓް މޯލްޑިވްސްއިން މި ހަރަކާތް ކުރިއަށްގެންގޮސްފައި ވަނީ އޮންލައިންކޮށް

ވިޒިޓް މޯލްޑިވްސްއިން މި ހަރަކާތް ކުރިއަށްގެންގޮސްފައި ވަނީ އޮންލައިންކޮށް

ރާއްޖެއަށް އަންނަ ޖަޕާނުގެ ފަތުރުވެރިން އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްގެ ޚާއްސަ ހަރަކާތްތަކެއް ހިންގައިފިއެވެ.

ޖަޕާނުގެ ބޯޑަރު ފަތުރުވެރިނަށް ހުޅުވާލައި ފަތުރުވެރިކަން ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ދުވަސްވަރާއި ދިމާކޮށް ވިޒިޓް މޯލްޑިވްސްއިން ވަނީ ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އެންމެ ފަހުން ވިޒިޓް މޯލްޑިވްސްއިން ކުރިއަށްގެންގޮސްފައި ވަނީ ޖަޕާނުގެ "ޓަބި މޫސް"އާ ގުޅިގެން އެ ޤައުމުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ކެމްޕެއިނެކެވެ.

"ޓަބި މޫސް"އަކީ ޖަޕާނުގެ އެންމެ ކުރިއަރާފައިވާ ޓްރެވަލް ސޯޝަލް މީޑިއާ ޕްލެޓްފޯމްއެވެ. ޖަޕާނުގައި ރާއްޖެ އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން މި ހަރަކާތް ކުރިއަށްގެންގޮސްފައި ވަނީ އޮންލައިންކޮށެވެ. މި ހަރަކާތުގެ އެންމެ ބޮޑު ބޭނުމަކީ ޖަޕާނުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކޮށް އެ ޤައުމުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމެވެ. މި ކެމްޕެއިންގެ ތެރެއިން އެ ޤައުމުގެ ފަތުރުވެރިންނަށް, ރާއްޖެއަކީ މި ހާލަތުގައިވެސް ދަތުރުކުރުން ރައްކާތެރި ޤައުމެއްކަން ބުނެދީފައިވާކަނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މި ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގެ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އޭގެތެރޭގައި ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީތައް ހިމެނެއެވެ. އަދި ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ދަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތައްވެސް ޖަޕާނުގެ ފަތުރުވެރިންނަށް ވަނީ ބުނެދީފައެވެ.

2019 ވަނަ އަހަރު ޖަޕާނު ހިމެނިފައިވަނީ ރާއްޖެއަށް 9 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ. 2019 ވަނަ އަހަރު ޖަޕާނުން 44،251 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ވިޒިޓް މޯލްޑިވްސް

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2025

ކެޓްރީނާ އަށް ދަރިޔަކު ލިބިގެން މުއިއްޒު ސަރުކާރުން މަރުހަބާ ކިޔައިފި

09 ނޮވެމްބަރު 2025
ކެޓްރީނާ އަށް ދަރިޔަކު ލިބިގެން މުއިއްޒު ސަރުކާރުން މަރުހަބާ ކިޔައިފި
29 އޮކްޓޯބަރު 2025

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ސަބީހާ އަޙްމަދު ޢައްޔަންކުރައްވައިފި

29 އޮކްޓޯބަރު 2025
ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ސަބީހާ އަޙްމަދު ޢައްޔަންކުރައްވައިފި
23 ފެބުރުއަރީ 2023

ތައިލެންޑްގެ މަޝްހޫރު ނޫސްވެރިންނާއި ބްލޮގަރުންގެ ޓީމެއް ރާއްޖެއަށް

23 ފެބުރުއަރީ 2023
ތައިލެންޑްގެ މަޝްހޫރު ނޫސްވެރިންނާއި ބްލޮގަރުންގެ ޓީމެއް ރާއްޖެއަށް
15 ސެޕްޓެމްބަރު 2022

އެމެރިކާ އާއި ކެނެޑާގައި މަތީ ފަންތީގެ ރޯޑް ޝޯތަކެއް!

15 ސެޕްޓެމްބަރު 2022
އެމެރިކާ އާއި ކެނެޑާގައި މަތީ ފަންތީގެ ރޯޑް ޝޯތަކެއް!
29 ޖުލައި 2022

ވިޒިޓް މޯލްޑިވްސް ޕްރޯ 2022 އިފުތިތާހުކޮށްދެއްވައިފި

29 ޖުލައި 2022
ވިޒިޓް މޯލްޑިވްސް ޕްރޯ 2022 އިފުތިތާހުކޮށްދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު