Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ފަތުރުވެރިކަން

ރާއްޖެއިން މިއަދު މި ހޯދާ ކާމިޔާބީއަކީ ދުރު ވިސްނޭ ވެރިއެއްގެ ހަރުދަނާ ސިޔާސަތުގެ ނަތީޖާ - ތޮއްޔިބު

ރާއްޖެއަށް ލިބިފައި އޮތް އެޑްވާންޓޭޖަކީ، ކުވިޑްގެ ދެ އަހަރު ހުއްޓުމެއްނެތި އިޝްތިހާރު ކުރުމަށް ކުރި މަސައްކަތް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 17 އެޕްރީލު 2022 | އާދީއްތަ 18:05
 ތޮއްޔިބު މުހައްމަދު - އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ

ތޮއްޔިބު މުހައްމަދު - އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ

ރާއްޖެއިން މިއަދު މި ހޯދާ ކާމިޔާބީއަކީ ދުރު ވިސްނޭ ވެރިއެއްގެ ހަރުދަނާ ސިޔާސަތުގެ ނަތީޖާ ކަމަށް އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރު ގައި ފަތުރުވެރި ކަމުގެ ދާއިރާއިން ހޯދާފައިވާ ކާމިޔާބީއާއި، ރާއްޖެ އިޝްތިހާރު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭގޮތުން ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތޮއްޔިބު ވިދާޅުވީ، ކޮވިޑަށްފަހު ބައެއް ގައުމުތަކުގެ ބޯޑަރު އަދިވެސް ހުޅުވާ ނުލެވިގެން އުޅޭއިރު، ރާއްޖެއިން މި ހޯދާ ކާމިޔާބީއަކީ ދުރުވިސްނޭ ވެރިއެއްގެ ހަރުދަނާ ސިޔާސަތުގެ ނަތީޖާ ކަމަށެވެ. ކޮވިޑްގެ ބަލިމަޑުކަމާއެކު އެންމެ ފުރަތަމަ ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން ވަރަށް ގިިނަ ބައެއްގެ ފާޑިކިޔުންތައް އަމާޒުވިކަމަށް ތޮއްޔިބު ވިދާޅުވިއެވެ. ރާއްޖެ އިނދަ ޖައްސާލަން ކަމަށް ބުނެ ބައެއް ފަރާތްތަކުން ކޮމެންޓް ކުރަމުންދިޔަ ނަމަވެސް ހިކުމަތްތެރިކަމާއެކު ސަރުކާރުން މަސައްކަތް ކުރަމުން ދިޔައީ އެ ހާލަތުން އަރައި ގަތުމަށް ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ތޮއްޔިބު ވިދަޅުވީ، ކޮވިޑްގެ ބަލިބަޑުކަމުގައި ބަންދުވެފައި އޮތް އިރުވެސް އެމްއެމްޕީއާރްސީން މަސައްކަތް ކުރީ ރާއްޖެ އިޝްތިހާރު ކުރުމަށް ކަމަށެވެ. އެކަމުގައި ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބުނު ކަމަށާއި، އޭގެ ނަތީޖާވެސް ވަރަށް ފުރިހަމަ ކަމަށެވެ. ފާއިތުވި އަހަރުވެސް 22 މާރކެޓެއްގައި 260 ކެމްޕެއިނެއް ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދެވުނުކަން ފާހަގަކުރައްވަމުން ތޮއްޔިބު ވިދާޅުވީ، މިދަޔަ އަހަރު ނިންމާލީ އެއް މިލިއަން ފަތުރުވެރިންނާއެކު ކަމަށެވެ. އަދި 18 އެވޯޑެއްވެސް ރާއްޖެއަށް ލިބުނު ކަމަށެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބައި މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމުގެ ކާމިޔާބީ ފާހަގަކުރަމުން އަންނައިރު، ފުރަތަމަ ކުއާޓަރަކީ ވަރަށް ގޮންޖެހުން ގިނަ ކުއާޓަރެއް ކަމަށްވެސް ތޮއްޔިބު ވިދާޅުވިއެވެ. ތޮއްޔިބު ވިދާޅުވީ، އެހެން ގައުމުތަކުން ބޯޑަރުތައް ހުޅުވާލައި، އިޝްތިހާރުކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދިޔަނަމަވެސް ރާއްޖެއަށް ލިބިފައި އޮތް އެޑްވާންޓޭޖަކީ، ކޮވިޑްގެ ދެ އަހަރު ހުއްޓުމެއްނެތި އިޝްތިހާރު ކުރުމަށް ކުރި މަސައްކަތް ކަމަށެވެ. މި ކުއާޓަރުގައި 48 މާރކެޓިންގ ހަރަކާތެއް ކުރިއަށް ގެންދެވުނު ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

މި ކާމިޔާބީގެ ކްރެޑިޓް ހައްގުވަނީ މިއަދު ދައުލަތް ހިންގަވަން ހުންނެވި ރައީސުލްޖުލްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ކަމަށާއި، ހުރިހާ ސެކްޓަރއެއް ނަގާ ކޮޅަށް ޖެއްސެވުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވި ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

މިއަހަރަށްވެސް އިތުރު ހަރަކާތްތަކެއް ރޭވިފައި އޮތްކަންވެސް ތޮއްޔިބު ހާމަކުރެއްވިއެވެ.

އެމްއެމްޕީއާރްސީވިޒިޓް މޯލްޑިވްސްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުތޮއްޔިބު މުހައްމަދު

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
09 ނޮވެމްބަރު 2025

ކެޓްރީނާ އަށް ދަރިޔަކު ލިބިގެން މުއިއްޒު ސަރުކާރުން މަރުހަބާ ކިޔައިފި

09 ނޮވެމްބަރު 2025
ކެޓްރީނާ އަށް ދަރިޔަކު ލިބިގެން މުއިއްޒު ސަރުކާރުން މަރުހަބާ ކިޔައިފި
29 އޮކްޓޯބަރު 2025

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ސަބީހާ އަޙްމަދު ޢައްޔަންކުރައްވައިފި

29 އޮކްޓޯބަރު 2025
ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ސަބީހާ އަޙްމަދު ޢައްޔަންކުރައްވައިފި
14 އޮކްޓޯބަރު 2025

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް
14 އޮކްޓޯބަރު 2025

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު