Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުވެންޓަސްއިން ރޮނާލްޑޯ ވިއްކާލުން

ޔުވެންޓަސްއިން ރަނގަޅު އަގެއްގައި ރޮނާލްޑޯ ވިއްކާލަނީ

26 އޯގަސްޓު 2021 | ބުރާސްފަތި 18:24

ރޮނާލްޑޯ ބަދަލުވުން ގާތީ މެންޗެސްޓާ ސިޓީއަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 އޯގަސްޓު 2021 | ބުރާސްފަތި 18:24
ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ

ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ

ރަނގަޅު އަގެއްގައި ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލަން ޔުވެންޓަސް ތައްޔާރަށް އޮތް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރެއާލް މެޑްރިޑަށް ނުވަ އަހަރު ކުޅެދިނުމަށްފަހު އުމުރުން 36 އަހަރުގެ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި 100 މިލިޔަން ޔޫރޯއަށެވެ. އެ ފަހަރު ރޮނާލްޑޯ ވަނީ ޔުވެންޓަސްއާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން ރޮނާލްޑޯގެ އެއްބަސްވުން ހަމަވާނީ އަންނަ އަހަރެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ޓްރާންސްފާގައި ރޮނާލްޑޯ ގަންނަން މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީން އަންނަނީ މަސައްކަތްކުރަމުންނެވެ. އެކަމަކު ބުރާސްފަތި ދުވަހުގެރޭ ދިން އިންޓަވިއުއެއްގައި ޕީއެސްޖީގެ ރައީސް ނާސިރު އެލް-ޚެއްލާފީ ވަނީ ރޮނާލްޑޯ ހޯދަން އެ ޓީމުން ޔުވެންޓަސްއާއެކު މަޝްވަރާކޮށްފައި ނުވާނެ ކަމަށް ވިިދާޅުވެފައެވެ.

އެހެންކަމުން މި ފަހަރުގެ ޓްރާންސްފާގައި ރޮނާލްޑޯ ބަދަލުވުން ގާތީ ޕެޕް ގާޑިއޯލާގެ ސިޓީއަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު ސިޓީން ރޮނާލްޑޯގެ ސޮއި ހޯދަން ބޭނުމީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ކަމަށް މަޝްހޫރު ކުޅިވަރު މީޑިއާ ސްކައި ސްޕޯޓްސްއިން ދާދި ފަހުން ވަނީ ރިޕޯޓުކޮށްފައެވެ. އެކަމަކު ޔުވެންޓަސްއިން ރޮނާލްޑޯ ދޫކޮށްލާނީ އެންމެ މަދުވެގެން 25 މިލިޔަން ޔޫރޯ ދެއްކުމުން ކަމަށްވެސް ސްކައި ސްޕޯޓްސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

ރޮނާލްޑޯ ސިޓީއަށް ބަދަލުވާނެ ކަމަށް މީޑިއާގައި އަޑުގަދަވެފައިވާއިރު، ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ރޮނާލްޑޯގެ އޭޖެންޓް ވަނީ ޔުވެންޓަސްގެ މެނޭޖުމަންޓާ ބައްދަލުކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން މި ބައްދަލުވުމުގައި ވަނީ ރަނގަޅު އަގެއްގައި ރޮނާލްޑޯ ވިއްކާލަން ތައްޔާރަށް އޮތް ކަމަށް ޔުވެންޓަސްއިން އޭނާގެ އޭޖެންޓަށް އަންގާފައެވެ.

ކުލަބު ބަދަލުކުރަން ރޮނާލްޑޯ މަސައްކަތްކުރަމުން އަންނައިރު، މި ސީޒަނުގައިވެސް ޔުވެންޓަސްގައި މަޑުކުރާނެ ކަމަށް ރޮނާލްޑޯ އޭނާ ގާތު ބުނެފައިވާ ކަމަށް ދާދި ފަހުން އެ ޓީމުގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ވަނީ ބުނެފައެވެ. އަދި ރޮނާލްޑޯވެސް ވަނީ މީޑިއާއިން އޭނާގެ މުސްތަގުބަލާ ގުޅުވައިގެން އެކި ވާހަކަތައް ދައްކާތީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެކަމަކު ސޯޝަލް މީޑިއާގައި ނެރުނު ބަޔާނެއްގައި ރޮނާލްޑޯ މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އަލުން ރެއާލް މެޑްރިޑަށް ދާން އުޅޭ ކަމަށް ބުނެ ދެއްކި ވާހަކަތަކެވެ.

ޔުވެންޓަސްގައި ރޮނާލްޑޯގެ ކުރިމަގާ މެދު ސުވާލު އުފެދިފައިވާއިރު، މީގެ ކުރިން ރެއާލާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކުރި ރޮނާލްޑޯއަށް އަދި މިހާތަނަށް ޔުވެންޓަސްއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެގޮތުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޔުވެންޓަސް ވަނީ ދެވަނަ ބުރުން ކަޓާފައެވެ.

އެކަމަކު ޔުވެންޓަސްގައި ރޮނާލްޑޯ މިހާތަނަށް މޮޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާ ވަނީ ޔުވެންޓަސްއަށް ކުޅެދިން 134 މެޗުގައި 101 ލަނޑު ޖަހާފައެވެ. އަދި ވަނީ މިހާތަނަށް ޔުވެންޓަސްއާއެކު އިޓާލިއަން ލީގާއި އިޓާލިއަން ސުޕަ ކަޕް ދެ ފަހަރު އަދި އިޓާލިއަން ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯޔުވެންޓަސް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
12 އޮކްޓޯބަރު 2025

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
07 ސެޕްޓެމްބަރު 2025

ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ

07 ސެޕްޓެމްބަރު 2025
ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ
02 ޖުލައި 2025

ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

02 ޖުލައި 2025
ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް
28 ޖޫން 2025

އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި

28 ޖޫން 2025
އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
14 އެޕްރީލު 2025

ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

14 އެޕްރީލު 2025
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
23 ޑިސެމްބަރު 2024

ދެވަނަ ރޮނާލްޑޯއެއް ޔުނައިޓެޑަށް ބޭނުންވޭ: އަމޯރިމް

23 ޑިސެމްބަރު 2024
ދެވަނަ ރޮނާލްޑޯއެއް ޔުނައިޓެޑަށް ބޭނުންވޭ: އަމޯރިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް