Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕެރަލިމްޕިކް ގޭމްސް

ޕެރަލިމްޕިކްސްއަށް ދިވެހި ޓީމު ފޮނުވުމަކީ ލިބޭ ފަޚުރެއް: ރައީސް

ޚާރިޖީ ވަޒީރު ވަނީ ޓޯކިއޯގައި ތިބި ދިވެހި އެތުލީޓުންނާ ބައްދަލުކުރައްވާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 26 އޯގަސްޓު 2021 | ބުރާސްފަތި 12:41
ޕެރަލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ރާއްޖޭގެ ޓީމު

ޕެރަލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ރާއްޖޭގެ ޓީމު

ޖަޕާނުގެ ޓޯކިއޯގައި ކުރިއަށްދާ ޕެރަލިމްޕިކް ގޭމްސްއަށް ދިވެހި އެތުލީޓުން ފޮނުވުމަކީ ކޮންމެ ދިވެއްސަކަށްވެސް ލިބޭ ފަޚުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިދޔަ އަންގާރަ ދުވަހު ޕެރަލިމްޕިކްސް ރަސްމީކޮށް ފަށާފައިވާއިރު، މި ގޭމްސް އަންނަ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ފަހަރުގެ ގޭމްސްގައި ރާއްޖޭގެ ދެ އެތުލީޓަކު ވާދަކުރާއިރު، މިއީ ޕެރަލިމްޕިކްސްއިން ރާއްޖެއަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

މި ފަހަރުގެ ޕެރަލިމްޕިކްސްގައި ރާއްޖެއިން ވާދަކުރުމަށް ފުރުސަތު ލިބިފައިވަނީ ދެ ދުވުންތެރިން ކަމަށްވާ މުޙައްމަދު މާޒިން އާއި ފާތިމަތު އިބްރާހީމަށެވެ. މި ފަހަރުގެ ގޭމްސްގައި އެ ދެ އެތުލީޓުން ވާދަކުރާނީ 100 މީޓަރު ދުވުމުގައެވެ. އެ ރޭހުގައި މާޒިންގެ ގައިޑެއްގެ ގޮތުގައި ދުވާނީ މުޙައްމަދު ސައިފް ޒާހިރެވެ. އަދި ފާތުންގެ ގައިޑަކީ ރަބާ އިސްމާޢީލް އާސިފެވެ.

ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ރައީސް ޞާލިޙް ވިދާޅުވީ އެހެން ދާއިރާތަކެކޭ އެއްގޮތަށް ކުޅިވަރުގެ ދާއިރާއަކީ އެންމެ ހިމަނައި، އެންމެނަށް ހުޅުވާލާފައި އޮންނަންވީ ދާއިރާއެއް ކަމަށެވެ. އެގޮތުން މި ފަހަރުގެ ޕެރަލިމްޕިކްސްއަށް ދިވެހި އެތުލީޓުން ފޮނުވުމަކީ ކޮންމެ ދިވެއްސަކަށްވެސް ލިބޭނެ ވަރަށް ބޮޑު ފަޚުރެއް ކަމަށާއި، އަދި އެ ޓީމާށް ކާމިޔާބީއަށް އެދޭ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހު ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ޓޯކިއޯގައި މި ވަގުތު ތިބި ދިވެހި އެތުލީޓުންނާ ބައްދަލުކުރައްވާފައެވެ. ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ޖަޕާނު ސަރުކާރުގެ ދައުވަތަކަށް، ވަޒީރު މި ވަގުތު ހުންނެވީ ޖަޕާނުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ޕެރަލިމްޕިކްސްގައި ބައިވެރިވުމަށް މިހާރު ޖަޕާނުގައި ތިބި ދިވެހި ޓީމުގެ ހުރިހާ ޑެލިގޭޓުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ މިއީ މި މުބާރާތުގައި ދިވެހިރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށްވުމާއެކު، މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ހުރިހާ އެތުލީޓުންގެ ނަންވެސް ދިވެހި ތާރީޚުގައި ލިޔެވިގެންދާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމުގައެވެ. އަދި މި މުބާރާތުގައި ތަމްސީލުކުރާ ދިވެހި އެތުލީޓުން މުބާރާތުގައި ވާދަކުރުމަކީވެސް އޭގެ ޒާތުގައި ގައުމަށް ހޯއްދަވާ ދެއްވާ ރަން މެޑެއްޔެއް ކަމުގައި ވިދާޅުވެ ވަޒީރު ވަނީ މި ދެ އެތުލީޓުންނާއި މުޅި ޑެލިގޭޝަނަށް މަރުޙަބާ ވިދާޅުވެ ޝުކުރު އަދާކުރައްވާފައެވެ.

މި ފަހަރުގެ ޕެރަލިމްޕިކްސްގައި މާޒިން އާއި ފާތުން ވާދަކުރާއިރު، ފެނުމުން މަހުރޫމްވެފައިވާ މީހުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ ދެ މެންބަރުން ކަމަށްވާ މާޒިން އާއި ފާތުންނަކީ ދުވުމަށް ހާއްސަ ދެ އެތުލީޓުންނެވެ. މީގެ ތެރެއިން މާޒިން ވަނީ މޮރިޝަސްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކޮށް ލޯ މެޑަލް ހޯދާފައެވެ.

ޕެރަލިމްޕިކް ގޭމްސްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސްގެ ހާއްސަ މަންދޫބު ޢަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ގޮވާލައްވައިފި

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސްގެ ހާއްސަ މަންދޫބު ޢަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ގޮވާލައްވައިފި

11 ނޮވެމްބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު