Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެމްބަރުންނަށް ޕާކިންގ ސްލޮޓް ހަމަޖެއްސުން

މެމްބަރުން ދިރިއުޅުއްވާ ގެކޮޅާ ކައިރިން ޕާކިންގ ސްލޮޓް ހަމަޖެއްސުމަށް ހުށަހަޅަނީ

ރާއީ ވިދާޅުވީ ޕާކިންގ ސްލޮޓް ދޫކުރާ އުސޫލުން، ފައިސާ ދައްކާގޮތަށް މަޖިލީހުގެ މެމްބަރުންނަށްވެސް ޕާކިންގ ސްލޮޓްތަކެއް ހަމަޖެއްސުމަށް ހުށަހަޅުއްވާކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 25 އޯގަސްޓު 2021 | ބުދަ 18:32
އިމްތިޔާޒު، އަދި ސުލޫކް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

އިމްތިޔާޒު، އަދި ސުލޫކް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދިރިއުޅުއްވާ ގެޔާ އެންމެ ކައިރީގައި ހުންނަ ޕާކިންގ އޭރިއާއަކުން, ޕާކިންގ ސްލޮޓް އޮންނަ އުސޫލުގެ ތެރެއިން, ޕާކިންގ ސްލޮޓް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީން ނިންމައިފިއެވެ.

ބުދަ ދުވަހު ކުރިޔަށްދިޔަ ކޮމިޓީގެ ބައްދަލުވުމެއްގައި އެފަދަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަޖިލީހަށް ހުށަހަޅައިގެން އެކަން ކުރިޔަށް ގެންދިޔުމަށް ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ މެމްބަރ މުޙައްމަދު ރާއީއެވެ. އެހުށަހެޅުން ހުށަހަޅުއްވަމުން ރާއީ ވިދާޅުވީ ޕާކިންގ ސްލޮޓް ދޫކުރާ އުސޫލުން, ފައިސާ ދައްކާގޮތަށް މަޖިލީހުގެ މެމްބަރުންނަށްވެސް ޕާކިންގ ސްލޮޓްތަކެއް ހަމަޖެއްސުމަށް ހުށަހަޅުއްވާކަމަށެވެ. އެއީ މެމްބަރުން ގެންގުޅުއްވާ ކާރުކޮޅު ޕާކުކުރާނެ ތަނެއް ނެތުމުގެ ސަބަބުން ދަތިތަކާއި ކުރިމަތިވާއިރު, މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް މުހިންމު ކަމެއްކަމަށް ރާއީ ވިދާޅުވިއެވެ. ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނަށް ކާރުގެ އިތުރުން ޕާކިންގ ސްލޮޓް ހަމަޖެހިފައި އޮންނައިރު މަޖިލީހުގެ މެމްބަރުންނަށްވެސް އެ އުސޫލުގެ ތެރެއިން އެކަން ހަމަޖެހިގެން ދިޔުމަކީ މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިކަން މަޖިލީހުގެ ޖަލްސާއަށް ހުށަހެޅި ފާސްވެގެންދިޔުމަށް އެދިވަޑައިގަންނަވާ ކަމަށާއި, މީގެއިތުރުން އެކި މެމްބަރުންގެ ސެކިޔުރިޓީގެ ކަންކަމަށް ބަލާއިރުވެސް މިއީ ހުރި ދަތިތަކަށް ހައްލެއް ގެނެވޭނެ ގޮތެއްކަމަށް ރާއީ ވިދާޅުވިއެވެ.

ރާއީގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވާފައިވަނީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ ޢަބްދުﷲ ސަނީފެވެ. މިކަން ކޮމިޓީން ކުރިޔަށް ގެންދިޔުމަށް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބޭނުންކުރަމުންދާ ސޯޝަލް މީޑިޔާ އެކައުންޓްތައް ވެރިފައި ކުރުމަށް މަޖިލީހުގެ ސެކްރެޓޭރިއަޓަށް ހުށަހެޅުމަށްވެސް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. މެމްބަރުންގެ އެކައުންޓްތައް ވެރިފައިކުރުމަށް މަޖިލީހުގެ އިދާރާ މެދުވެރިވެގެން އެކަން ކުރުމަށް ހުށަހަޅުއްވާފައިވަނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ އެވެ. އެއީ މެމްބަރުންގެ ނަމުގައި ފޭކް އެކައުންޓްތައް ހަދައިގެން ގޯސް މައުލޫމާތުތައް ދައުރުކުރާ ކުރުން ހުއްޓުމަކަށް ގެނައުމަށްޓަކައެވެ.

ކޮމިޓީން ވަނީ މެމްބަރުންގެ ސޯޝަލް މީޑިޔާ އެކައުންޓްތައް މަޖިލީހުގެ އިދާރާ މެދުވެރިވެގެން ވެރިފައި ކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ސެކްރެޓޭރިއަޓްގައި ދެންނެވުމަށް ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު