Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު

އަފްޣާނިސްތާނުގެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މިހާރު ޕިއްޒާ ޑެލިވަރީކުރުމުގައި!

25 އޯގަސްޓު 2021 | ބުދަ 17:40

ވަޒީފާއާ މެދު ހިތްހަމަ ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 25 އޯގަސްޓު 2021 | ބުދަ 17:40
އަފްޣާނިސްތާނު ކުރީގެ ކޮމިއުނިކޭޝަން އެންޑް ނެކްނޮލޮޖީ މިނިސްޓަރު ސަޢީދު އަޙުމަދު ސަދާތު

އަފްޣާނިސްތާނު ކުރީގެ ކޮމިއުނިކޭޝަން އެންޑް ނެކްނޮލޮޖީ މިނިސްޓަރު ސަޢީދު އަޙުމަދު ސަދާތު

އަފްޣާނިސްތާނުގެ ކުރީގެ ކޮމިއުނިކޭޝަން އެންޑް ނެކްނޮލޮޖީ މިނިސްޓަރު ސަޢީދު އަޙުމަދު ސަދާތު، ޕިއްޒާ ޑެލިވަރީގެ ވަޒީފާ އަދާކުރާ ފޮޓޯތަކެއް އާއްމުވެއްޖެއެވެ.

އަލްޖަޒީރާއިން އާއްމުކޮށްފައިވާ މިފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، އެ ފޮޓޯއިން ފެންނަނީ ސަދާތުކަން އޭނާ ކަށަވަރުކޮށްދީފައިވާ ކަމަށް ބޭރުގެ މީޑީއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ފޮޓޯތަކުން ފެންނަނީ ސަދާތު ބައިސްކަލުގައި ފިއްޒާ ޑެލިވަރީ ކުރުމުގެ މަސައްކަތުގައި އުޅޭ މަންޒަރެވެ.

ޖަނުމަނުވިލާތުގެ ލައިޕްސިގްގައި ދިރިއުޅެމުންދާ ސަދާތުއާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވަނީ, ޖަރުމަނުވިލާތުގެ ވަރަށް ގިނަ ކުންފުނިތަކުގެ ވަޒީފާއަށް ކުރިމަތިލާފައިވާ ކަމަށާއި، މިހާތަނަށް ވަކި ޖަވާބެއް ނުލިބޭ ކަމަށެވެ. އަދި އުންމީދަކީ ޖަރުމަނުވިލާތުގެ ޓެލެކޮމް ކުންފުނީގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދިއުން ކަމަށެވެ. ޖަރުމަނުވިލާތަށް ދިރިއުޅުން ބަދަލުކޮށްފައިވަނީ އަމާން ރައްކާތެރި އުފާވެރި ދިރިއުޅުމެއް އާރާސްތުކުރަން ބޭނުންވާތީ ކަމަށް އޭނާއާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ. ޕިއްޒާ ޑެލިވަރީގެ ވަޒީފާއިން މީހާގެ އަގު ނުވެއްޓޭ ކަމަށާއި، އެވަޒީފާއާ މެދު އޭނާ ހިތްހަމަޖެހޭކަން ވެސް ފާހަގަކޮށްފައިވެއެވެ.

2018 އަހަރު އަޝްރަފް ޣަނީގެ ކެބިނެޓްގައި މަސައްކަތް ކުރުމަށްފަހު ވަޒީފާއިން އިސްތިއުފާދިނީ 2020ވަނަ އަަހަރުގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ސަބަބުންނެވެ. 2020ވަނަ އަހަރު މަގާމުން އިސްތިއުފާ ދިނުމަށްފަހު އޭނާ ވަނީ ދިރިއުޅުން ޖަރުމަނުވިލާތަށް ބަދަލުކޮށްފައެވެ.

ސަދާތު ވަނީ އޮކްފޯޑް ޔުނިވަރސިޓީން ކޮމިއުނިކޭޝަން އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގެ ދާއިރާއިން މާސްޓަރސް ހާސިލްކޮށްފައެވެ. 23 އަހަރު އެދާއިރާގައި މަސައްކަތް ކޮށްފައިވާއިރު، 13 ގައުމެއްގައި 20 ކުންފުނީގެ އެކި މަގާމުތައް ފުރުއްވިއެވެ. އެގޮތުން ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ސަޢޫދީ ޓެލެކޮމްގައިވެސް ސަދާތު މަސައްކަތް ކޮށްފައިވެއެވެ. މީގެ އިތުރުން އަފްޣާނިސްތާން ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީގައި ޓެކްނިކަލް އެޑްވައިޒަރަކަށް ވެސް 2005 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް މަސައްކަތް ކޮށްފައިވެއެވެ. އަދި ލަންޑަންގެ އެރިއާނާ ޓެލެކޮމްގެ ސީއީއޯއަކަށްވެސް 2016ން 2017ށް މަސައްކަތް ކޮށްފައިވެއެވެ.

އަފްޣާނިސްތާން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
01 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ

01 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ
04 ޖުލައި 2025

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ

04 ޖުލައި 2025
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ
12 ޑިސެމްބަރު 2024

މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި

12 ޑިސެމްބަރު 2024
މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި
26 ޑިސެމްބަރު 2023

ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި

26 ޑިސެމްބަރު 2023
ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި
04 ނޮވެމްބަރު 2023

އަފްޣާން ރެފިއުޖީންގެ ގެތަށް، ބުލްޑޯޒަރުތަކުން ބިމާ ހަމަ ކުރަނީ!

04 ނޮވެމްބަރު 2023
އަފްޣާން ރެފިއުޖީންގެ ގެތަށް، ބުލްޑޯޒަރުތަކުން ބިމާ ހަމަ ކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް