Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް

ފަންނީ ވަޒީފާތަކަށް ބިދޭސީން ގެނައުން މަދުކުރެވޭނެ މާސްޓަރ ޕްލޭންއެއް!

މިއީ މީހުން ބިނާ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މުހިއްމު ބައެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 އޯގަސްޓު 2021 | ބުދަ 06:36
ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފަންނީ ވަޒީފާތަކަށް ބިދޭސީން ގެނައުން މަދުކުރެވޭނެ މާސްޓަރ ޕްލޭންއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު އިފްތިތާހު ކޮށްދެއްވައިފިއެވެ.

"ނޭޝަނަލް ސްކިލްސް ޑިވޮލޮޕްމަންޓް މާސްޓަރ ޕްލޭން" ގެ ނަމުގައި ތައާރަފްކުރި މި ޕްލޭން އިފްތިތާޙު ކޮށްދެއްވާފައިވަނީ ބުދަ ދުވަހު އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ, މި މާސްޓަރ ޕްލޭންއަކީ ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މީހުން ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މުހިއްމު ބައެއް ކަމަށެވެ. އަދި މި ޕްލޭނަށް އަމަލުކުރަން ފެށުމުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަށް ހައްލުތަކެއް ލިބިގެންދާނެކަމަށެވެ.

ރާއްޖޭގައި މީހުން ބިނާކުރުމުގެ މަސައްކަތް އަބަދުވެސް ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، މިއީ ރާއްޖޭގެ އިޤްތިސާދީ ގޮތުން ފާހަގަކުރެވޭ ރޮނގުތަކުންނާއި، ވަޒީފާގެ ބާޒާރުގައި އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކުން މީހުން ބިނާކުރުމަށް މާސްޓަރ ޕްލޭންއެއް އެކުލަވާލެވުނު ފުރަތަމަ ފަހަރު ކަމަށެވެ. އަދި ސަރުކާރުން މި މާސްޓަރ ޕްލޭން އެކުލަވާލާފައިވަނީ ކުރިއަށް އޮތް 5 އަހަރަށް އަމާޒުކޮށްގެންކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އެންމެ ބޮޑަށް މީހުން ބޭނުންވެފައިވާ ދާއިރާތަކާއި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި މީހުން ތަމްރީނު ކުރަމުންދާ ދާއިރާތަކުގެ މެދުގައި އޮތް ހުސްކަން މި ޕްލޭންގެ އެހީގައި ކުޑަ ކުރެވިގެންދާނެ ކަމަށެވެ. އަދި ފަންނީ ވަޒީފާތަކަށް ތަމްރީނު ލިބިފައިވާ ދިވެހިން ހޯދުމަށް ދިމާވެފައިވާ ދަތިތަކަށް ވެސް މި ޕްލޭންގެ ދަށުން ހައްލު ލިބިގެންދާނެ ކަމަށާއި، ފަންނީ ވަޒީފާތަކަށް ބިދޭސީން ގެނައުން ވެސް މަދުކުރެވޭނެކަމަށެވެ. އަދި ރައީސް ވިދާޅުވީ އެކަމުގެ ނަތީޖާއެއްގެ ގޮތުން އިޖުތިމާއީ ގޮތުންނާއި، އިޤްތިސާދީ ގޮތުން މިހާރު ކުރިމަތިވަމުންދާ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

މި ޕްލޭންއާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މި ޕްލޭންގެ ދަށުން މީހުން ބިނާ ކުރުމުގެ މަސައްކަތް ލާމަރުކަޒުކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ޓިވެޓް ސެންޓަރުތަކެއް ޤާއިމު ކުރެވިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ކޮވިޑް-19 ގެ ދަތި އުނދަގުލުގައި ވެސް، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ހެދީ، ދައުލަތުގެ ޚަރަދުތައް ކުޑަކޮށްގެންނަމަވެސް، މީހުން ބިނާކުރުމާ ގުޅިފައިވާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދިޔުން ކަމަށެވެ.

އޭގެ އިތުުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ހިންގަމުންދާ ތަރައްޤީގެ މަޝްރޫއުތަކުގެ ނަތީޖާއެއްގެ ގޮތުން ވެސް އެތައް ވަޒީފާއެއް އުފެދިގެންދާނެކަން ފާހަގަކުރައްވައި ރައީސް ވަނީ މިއިން ކޮންމެ މަޝްރޫޢަކާއެކު އުފެދޭ މުއައްސަސާތައް ހިންގުމަށްޓަކައި، ކިޔަވައިގެން ތިބި ފަންނީ މީހުން ބޭނުންވާނެކަމަށް ވިދާޅުވެފައެވެ. އަދި އެ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި ވެސް، ހުނަރުވެރި ފަންނީ މީހުން ބޭނުންވާނެކަން ރައީސްގެ ވަހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހުރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު