Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ ސިފައިން އަފްޣާނުން ފޭބުން

އޮގަސްޓް 31ށް އަފްޣާނުގައި ތިބި އެމެރިކާ ސިފައިން ފައިބާނެ - ބައިޑަން

25 އޯގަސްޓު 2021 | ބުދަ 09:54

ތާވަލުކުރެވިފައިވާ ގޮތަށް އެމެރިކާގެ ސިފައިން އެގައުމުން ފޭބުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 25 އޯގަސްޓު 2021 | ބުދަ 09:54
އެމެރިކާގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން

ތާވަލުކުރެވިފައިވާ ގޮތަށް އަފްޣާނުގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިން އެގައުމުން ފައިބާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

އަފްޣާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން އޮގަސްޓު 31 ވަނަ ދުވަހުގެ ނިޔަލަށް އެގައުމުން ފައިބާން ޖެހޭނެ ކަމަށް ޠާލިބާނުން ބުނެފައި ވާއިރު، ތާވަލުކުރެވިފައިވާ ގޮތަށް އެމެރިކާގެ ސިފައިން އެގައުމުން ފޭބުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް ރައީސް ބައިޑަން ވިދާޅުވެފައި ވަނީ އަންގާރަ ދުވަހުއެވެ. މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބައިޑަން ވަނީ އެމެރިކާގެ ސިފައިން މާ ގިނަ ދުވަހު އަފްޣާނިސްތާނުގައި ބައިތިއްބަން ބޭނުންފުޅު ނުވާކަމަށް ވެސް ވިދާޅުވެފައެވެ.

އޭގެ އިތުރުން ބައިޑަން ވަނީ ތާވާލުކުރެވިފައިވާ ގޮތަށް އޮގަސްޓު 31ގެ ނިޔަލަށް އަފްޣާނުގައި ތިބި އެމެރިކާ ސިފައިން ބޭލުމުގައި ޠާލިބާނުންގެ ފަރާތުން އެއްބާރުލުން ބޭނުންވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އަފްޣާނިސްތާނުން ފައިބަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އެގައުމުން ފޭބޭނެ މަގު ޠާލިބާނުން ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި އެއަރޕޯޓުތަކުން ދަތިކަމެއް ނެތި ފުރޭނެ އިންތިޒާމުތައް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ބޭނުން ޖެހިއްޖެ ހާލަތެއްގައި ސުންގަޑި އިތުރުކުރަން ވާންޖެހޭ ތައްޔާރީތައްވެގެން ތިބުމަށް އަންގާފައިވާނެ ކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.

ބައިޑަން ވަނީ އަމާޒަކީ ވީހާވެސް އަވަހަކަށް އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންދާ އެމެރިކާ ސިފައިން އެގައުމުން ބޭލުން ކަމަށް ވިދާޅުވެ، އެމެރިކާ ސިފައިން އަފްޣާނުގައި ހޭދަކުރާ ކޮންމެ ދުވަހަކީ ސިފައިން ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ދުވަހެއް ކަމަށް ވިދާޅުވެފައެވެ.

އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކުރިއަށްދިޔަ ޖީ7 ގައުމުތަކުގެ ބައްދަލުވުމުގައި ވެސް ބައިޑަން ވަނީ މި ވާހަކަތައް މިގޮތަށް ދައްކަވައި، އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.

އޮގަސްޓު 31 ވަނަ ދުވަހުގެ ނިޔަލަށް އަފްޣާނުގައި ތިބި އެމެރިކާ ސިފައިން އެގައުމުން ނުފައިބައިފި ކަމަށް ވާނަމަ އޭގެ ބަދަލު ވައިޓްހައުސަށް އަންނާނެ ކަމުގެ އިންޒާރު ޠާލިބާނުން ދިނުމާ ގުޅިގެން އެމެރިކާގެ ނެޝަނަލް ސެކިއުރިޓީގެ އެޑްވައިޒަރު ޖޭކް ސަލިވަން ވަނީ އެގައުމުގެ ސިފައިން އަފްޣާނުން ފައިބާނެ ތާރީޚެއް ކަނޑައަޅުއްވާނީ ރައީސް ޖޯ ބައިޑަން ކަމަށް ވިދާޅުވެ އެނިންމުން އެހެން އެއްވެސް ފަރާތަކަށް ނުނިންމޭނެ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ހުރިހާ ސިފައިން އެގައުމުން ފައިބާނީ އަފްޣާނުުގައި ތިބި އެމެރިކާގެ ހުރިހާ ރައްޔިތުން ސަލާމަތްކަމާއެކު އެގައުމުން ފޭބުމުން ކަމަށާއި އޮގަސްޓު 31ގެ ނިޔަލަށް އެކަން ނުކުރެވިއްޖެ ނަަމަ ހުރިހާ ރައްޔިތުން އެގައުމުން ބޭލެންދެން ސިފައިން އަފްޣާނުގައި ހަރަކާތްތެރިވަމުންދާނެ ކަމަށް ބައިޑަން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އަފްޣާނިސްތާންއެމެރިކާ

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
01 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ

01 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ
04 ޖުލައި 2025

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ

04 ޖުލައި 2025
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ
12 ޑިސެމްބަރު 2024

މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި

12 ޑިސެމްބަރު 2024
މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި
26 ޑިސެމްބަރު 2023

ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި

26 ޑިސެމްބަރު 2023
ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް