Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެގައި އެހެން ދީނަކަށް ފުރުސަތެއް ނެތް

ރައީސުލްޖުމްހޫރިއްޔާ، ރާއްޖޭގައި އެހެން ދީނަކަށް ފުރުސަތު ނުދެއްވާނެކަން ޔަގީން - އިކްރާމް

މުވާސަލާތީ ވަސީލަތް ނުވަތަ އެހެން ވަސީލަތެއް މެދުވެރިކޮށްވެސް އިސްލާމް ދީނަށް ތައުހީނު ކުރުމަކީ ކުށެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 24 އޯގަސްޓު 2021 | އަންގާރަ 17:11
އިކްރާމް ޙަސަން - ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު

އިކްރާމް ޙަސަން - ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު

މި ރާއްޖޭގައި އެހެން ދީނަކަށް ޖާގައެއް ނެތްކަމަށާއި، އިސްލާމް ދީން ހިމާޔަތް ކުރެއްވުމަށް ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ރައީސުލްޖުމްހޫރިއްޔާ ކުރައްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި އިކްރާމް މިހެން ވިދާޅުވީ، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ޤާނޫނުލްޢުޤޫބާތަށް ހުށަހެޅި އިސްލާހާ ގުޅޭގޮތުން ދެއްކެވި ވާހަކައިގައެވެ. އިކްރާމް ވިދާޅުވީ، ރައީސް ރާއްޖޭގައި އެހެން ދީނަކަށް ފުރުސަތު ނުދެއްވާނެކަން ދޭހަވާ ކަމަކީ، މިހާތަނަށް 6 ޕަބްލިކް ސްޕީޗެއްގައި 8 ފަހަރު މަތިން މިވާހަކަ ރައީސް ތަކުރާރުކުރައްވާފައިވާތީ ކަމަށެވެ.

އިކްރާމް ވިދާޅުވީ، މުވާސަލާތީ ވަސީލަތް ނުވަތަ އެހެން ވަސީލަތެއް މެދުވެރިކޮށްވެސް އިސްލާމް ދީނަށް ތައުހީނު ކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ތާއީދު ކުރައްވާ ކަމަށާއި، ރާއްޖޭގެ މިއަދު ހާލަތަށް ބަލާއިރު، ދީނުގެ ނަމުގައި ހަރުކަށި ފިކުރުގެ ފަރާތްތައްވެސް އުޅޭކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. ނިޒާމު ހަރުދަނާ ކުރުމަށް ހުރިހާ އެންމެންވެސް އެއްބާރުލުން ދޭން ޖެހޭ ކަމަށާއި، އެ ނިޒާމުގެ ތެރެއިން ކަންކަން ކުރުމަށް އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ.

އިންސާފު އެމީހުންގެ އަތްމައްޗަށް ނަގައި ހުކުމް ކުރާ އަމަލު ތަކަކީ، ގައުމުގެ މަސްލަހަތު ގެއްލިގެން ހިގައިދާނެ އަމަލުތަކެއް ކަމަށާއި, އެކަމުގެ ސަބަބުން މުޖުތަމަޢަށް ގެއްލުންވާނެކަން ގަބޫލު ކުރަން ޖެހޭ ކަމަށް އިކްރާމް ވިދާޅުވިއެވެ.

ސަރުކާރު ފެއިލްވާކަމަށް ބައެއް މެމްބަރުން ވިދާޅުވަމުން ގެންދެވި ނަމަވެސް ހަގީގަތަކީ، ގައުމު ހަމަމަގުގައި ކުރިއަށް ގެންދެވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުތައް, ބަލައިލި ކޮންމެ ދިމާއަކުންވެސް ފެންނަން ހުރިކަން ކަމަށާއި، އެއީ ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކަމަށް އިކްރާމް ވިދާޅުވިއެވެ.  

އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ޤާނޫނުލްޢުޤޫބާތަށް ހުށަހެޅި އިސްލާހު ބަލައިގަނެ، އެ ބިލު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިހާރުވަނީ ފޮނުވާފައެވެ.

ރައީސް ސޯލިހުރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު