Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދުގެ ވަކީލުންގެ ބަޔާން

މެމްބަރު އިކުރާމް ދެއްކެވީ ޒިންމާދާރުކަންކުޑަ ވާހަކައެއް - ރައީސް ނަޝީދުގެ ވަކީލުން

ރައީސް ނަޝީދަށް ކުރިއަށް ވުރެ ބޮޑަށް މިހާރު ސެކިއުރިޓީ ލިބިވަޑައިގަންނަވާނެކަމަށް އިކްރާމް ވިދާޅުވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 24 އޯގަސްޓު 2021 | އަންގާރަ 14:54
އިކްރާމް ޙަސަން - ދިއްގަރު ދާއިރާގެ މެމްބަރު

އިކްރާމް ޙަސަން - ދިއްގަރު ދާއިރާގެ މެމްބަރު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިކުރާމް ޙަސަން، ރައީސް ނަޝީދާ ގުޅޭގޮތުން ދެއްކެވީ ޒިންމާދާރުކަންކުޑަ ވާހަކަފުޅެއްކަމަށް އެމަނިކުފާނުގެ ވަކީލުން ބުނެފިއެވެ.

ރައީސް ނަޝީދުގެ ވަކީލުންގެ ފަރާތުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ރާއްޖެ ވަޑައިނުގެންނެވޭނެ ސަބަބެއް މިހާރަކު ނެތްކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވުމުން ރައީސް ނަޝީދުގެ ފަރާތުން ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ.

ޓެރަރިސްޓް ހަމަލާއަށް ފަހު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު، ރައީސް ނަޝީދަށް ކުރިއަށް ވުރެ ބޮޑަށް މިހާރު ސެކިއުރިޓީ ލިބިވަޑައިގަންނަވާނެ ކަމަށް އިކްރާމް ވިދާޅުވިއިރު، އެ މަނިކުފާނުގެ ހަށިކޮޅަށް ބޮމުގެ ހަމަލާދިން އެތިފަހަރު، ރާވައި ފަންޑުކުރި ފަރާތްތައް އަދި ހައްޔަރުކޮށްފައި ނުވާކަމުގައި ފުލުހުން އިއުތިރާފުވެފައިވާ ކަމަށެވެ. ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުގެ މާހައުލު އޮތީ އަމާންކޮށް ކަމުގައި ދޭހަވާ ގޮތަށް އިކްރާމް ވާހަކަ ދެއްކެވުމަކީ، ރައީސް ނަޝީދުގެ ފުރާނަފުޅަށް މިހާރުވެސް އޮތް ނުރައްކާގެ ސީރިއަސްކަމަށް އެއްވެސް ފަރުވާލެއްނެތި ދެއްކެވި ޒިންމާދާރުކަން ކުޑަވާހަކައެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި މެންބަރުގެ ދާއިރާގެ ރައްޔިތުންގެ ތާއީދުނެތް، ވިޔާނުދާ ވާހަކަފުޅެއް ކަމަށް ފާހަގަކޮށް ބުނެފައިވަނީ، ރައީސް ނަޝީދަށް ކުރިމަތި ކުރުވި ހަމަލާއިން އެ މަނިކުފާނުގެ ހިމަގޮހޮރަށް ދާންދެން ފޫއަޅުވާލާފައި ވަނިކޮށް، އީދުއަސްހައްދައިގެން، ހުވަފެން ދައްކައިގެން ރައީސް ނަޝީދު ރާއްޖެ ގެނެވޭތޯ ގަދައެޅުމަކީ، އެ މަނިކުފާނުގެ ހައްޓާއި ލެޔަށް ނުރައްކާވާ ގޮތަށް، އެ ނުރައްކަލަށް ހިތްވަރު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމުގައެވެ.

އަންގާރަ ދުވަހުގެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިކްރާމް ވިދާޅުވެފައިވަނީ، ރައިސް ނަޝީދަކީ، ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް ކަމަށާއި، ދުރުގައި ހުންނަވައިގެން މަސައްކަތް ކުރެއްވުމަށްވުރެ ބޮޑަށް ރައްޖެ ވަޑައިގެެން ރިޔާސަތުގައި އިންނަވައިގެން މަސައްކަތް ކުރައްވާ މަންޒަރު ދެކެން ބޭނުންވާ ކަމަށެވެ.

ރައީސް ނަޝީދުރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު