Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނުން އެމެރިކާ ސިފައިން ފޭބުން

އަފްޣާނުން އެމެރިކާ ސިފައިން ފައިބާނެ ދުވަހެއް ކަނޑައަޅާނީ ރައީސް

24 އޯގަސްޓު 2021 | އަންގާރަ 08:01

އޮގަސްޓު މަހުގެ ނިޔަލަށް އަފްޣާނުގައި ހަރަކާތްތެރިވަމުންދާ އެމެރިކާ ސިފައިން ފައިބާންޖެހޭނެ ކަމުގެ އިންޒާރު ޠާލިބާނުން ވަނީ ދީފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 24 އޯގަސްޓު 2021 | އަންގާރަ 08:01
ާއަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންދާ އެމެރިކާ ސިފައިން

ާއަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންދާ އެމެރިކާ ސިފައިން

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން އެގައުމުން އެއްކޮށް ފައިބާނެ ދުވަހެއް ކަނޑައަޅުއްވާނީ ރައީސް ޖޯ ބައިޑަން ކަމަށް އެގައުމުގެ ނެޝަނަލް ސެކިއުރިޓީގެ އެޑްވައިޒަރު ޖޭކް ސަލިވަން ވިދާޅުވެއްޖެއެވެ.

ސަލިވަން މިގޮތަށް ވިދާޅުވެފައި މިވަނީ އޮގަސްޓު މަހުގެ ނިޔަލަށް އަފްޣާނުގައި ހަރަކާތްތެރިވަމުންދާ އެމެރިކާ ސިފައިން ނުފައިބައިފި ނަމަ އެކަމުގެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ޠާލިބާނުން ވައިޓްހައުސަށް ދީފައިވަނިކޮށެވެ. ހޯމަ ދުވަހު ސަލިވަން ވަނީ އެމެރިކާގެ ސިފައިން އަފްޣާނުން ފައިބާނެ ދުވަހެއް އެހެން މީހަކަށް ކަނޑަނޭޅޭނެ ކަމަށާއި އެއީ ހަމަ އެކަނި އެ ގައުމުގެ ރައީސަން ނިންމެވޭނެ ނިންމެވުމަށް ކަމަށް ވިދާޅުވެފައެވެ.

ސަލިވަން ވިދާޅުވީ އެމެރިކާއިިން ދަނީ ކާބުލްގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅޭގޮތުން ޠާލިބާނުންނާ އެކު މަޝްވަރާތައް ކުރަމުން ކަމަށެވެ.

ވިހި އަހަރު ވަންދެން އަފްޣާނުގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާގެ ސިފައިން އެގައުމުން ފޭބުމުގެ މަސައްކަތްތައް ކުރަން ފެށުމާއެކު ޠާލިބާނުން ވަނީ ވަގުތު ބޭނުން ހިފައި އެ ޖަމާއަތުގެ ހަމަލާތައް ވަރުގަދަކޮށްފައެވެ. އެގޮތުން އަފްޣާނުގެ އެކި ޕްރޮވިންސްތަކުގެ ވެރިކަން ކުރާ ސިޓީތައް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި ޠާލިބާނުން އަފްޣާނުގެ ވެރިކަން ކުރާ ސިޓީ، ކާބުލް ހިފާފައި ވަނީ މި މަހުގެ ކުރީކޮޅެވެ.

ޠާލިބާނުން އަފްޣާނުގެ ވެރިކަމާ ހަވާލުވެފައިވާއިރު، އެމެރިކާގެ ރައީސް ވަނީ އަފްޣާނުގައި ހަރަކާތްތެރިވާ ސިފައިން އޮގަސްޓު 31ގެ ނިޔަލަށް އެގައުމުން ފޭބުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާގެ ހުރިހާ ސިފައިން އެގައުމުން ފައިބާނީ އަފްޣާނުުގައި ތިބި އެމެރިކާގެ ހުރިހާ ރައްޔިތުން ސަލާމަތްކަމާއެކު އެގައުމުން ފޭބުމުން ކަމަށާއި އޮގަސްޓު 31ގެ ނިޔަލަށް އެކަން ނުކުރެވިއްޖެ ނަަމަ ހުރިހާ ރައްޔިތުން އެގައުމުން ބޭލެންދެން ސިފައިން އަފްޣާނުގައި ހަރަކާތްތެރިވަމުންދާނެ ކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް