Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައެޅުން

އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހު ކޮމިޓީއަށް

24 އޯގަސްޓު 2021 | އަންގާރަ 08:09

ބިލު ބަލައިގެންފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 43 މެންބަރުންގެ އިއްތިފާގުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 އޯގަސްޓު 2021 | އަންގާރަ 08:09
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހު ބަލައިގަނެ، އެ ބިލު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލު ބަލައިގެންފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 43 މެންބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. ބިލު ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ގާނޫނުލްޢުގޫބާތު ގެ 617 ވަނަ މާއްދާގައި މިހާރު ވެސް އެކުލެވޭ ކުށެއް ކަމުގައިވާ "އިސްލާމްދީނާ އިދިކޮޅު ޢަމަލުތައް" އިތުރަށް ތަފްޞީލުކުރުން ކަމަށެވެ.

އަދި އެ ކުށުގެ ޢަމަލުގެ ތެރޭގައި، އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ޢަމަލުތައް ވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް އެ މާއްދާގައި ބަޔާންކުރުމަށްޓަކައި، ބުނެވިދިޔަ ޤާނޫނަށް ގެންނަންޖެހޭ އިސްލާހު ގެނައުން ކަމަށެވެ.

ބިލުގައި ބުނީ މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫން ވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި، ބަހުން ނުވަތަ ޢަމަލުން، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅިގެން ދާނެ ކަމަށެވެ.

ދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ހުށަހަޅާފައިވާ ބިލު ސަރުކާރުން ފޮނުވާފައިވަނީ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލްޢުޤޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު ނުވަތަ ނަފްރަތުގެ ބިލާ ގުޅިގެން އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމުންނެވެ.

ނަފްރަތުގެ ބިލް މިހާރު އޮތް ގޮތަށް ފާސްކުރުމަކީ ސަރުކާރުން އެދޭކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވެސް ވަނީ ވިދާޅުވެފައެވެ. އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު ވަނީ ރައްޔިތުންގެ މަޖިލީހުން އަލުން އަނބުރާ ކޮމިޓީއަށް ފޮނުވާފައެވެ. ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހު ދިރާސާކޮށްފައިވަނީ ޖުޑީޝަރީ ކޮމިޓީންނެވެ. ބިލް ހުށަހެޅުމާއެކު ރާއްޖޭގެ ދީނީ އިލްމުވެރިން ވެސް ވަނީ މިބިލާ ދެކޮޅަށް ވާހަކަދައްކަވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2018

މިނިމަމް ވޭޖް ކަނޑައެޅުމަށް ނިންމާނީ ވަރަށް ގިނަ ދިރާސާތައް ކުރުމަށްފަހު: އިކޮނޮމިކް މިނިސްޓަރ

07 ޑިސެމްބަރު 2018
މިނިމަމް ވޭޖް ކަނޑައެޅުމަށް ނިންމާނީ ވަރަށް ގިނަ ދިރާސާތައް ކުރުމަށްފަހު: އިކޮނޮމިކް މިނިސްޓަރ
12 ނޮވެމްބަރު 2018

އެފްބީ ޕޭޖެއްގައި އިސްލާމްދީނަށް ފުރައްސާރަ ކުރަމުންދާ މައްސަލަ ފުލުހުން ބަލަނީ

12 ނޮވެމްބަރު 2018
އެފްބީ ޕޭޖެއްގައި އިސްލާމްދީނަށް ފުރައްސާރަ ކުރަމުންދާ މައްސަލަ ފުލުހުން ބަލަނީ
17 އޮކްޓޯބަރު 2018

މާތްﷲ އަށާއި އިސްލާމްދީނަށް ފުރައްސާރަ ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ގޮވާލައިފި

17 އޮކްޓޯބަރު 2018
މާތްﷲ އަށާއި އިސްލާމްދީނަށް ފުރައްސާރަ ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ގޮވާލައިފި
17 އޮކްޓޯބަރު 2018

އިންތިޚާބީ ރައީސް ސޯލިހަށް ލިބުނު ވޯޓު ރައީސް ޔާމީނަށް ކަނޑައެޅުމަށް ހައިކޯޓަށް ހުށައެޅި މައްސަލަ އަނބުރާ ނަގައިފި

17 އޮކްޓޯބަރު 2018
އިންތިޚާބީ ރައީސް ސޯލިހަށް ލިބުނު ވޯޓު ރައީސް ޔާމީނަށް ކަނޑައެޅުމަށް ހައިކޯޓަށް ހުށައެޅި މައްސަލަ އަނބުރާ ނަގައިފި
21 އޯގަސްޓު 2018

މިހާރަކަށް އައިސް އިސްލާމްދީނަށް ފާޅުގައި ދަނީ އިހާނެތިކޮށް ހިތަމުން:ޚުތުބާ

21 އޯގަސްޓު 2018
މިހާރަކަށް އައިސް އިސްލާމްދީނަށް ފާޅުގައި ދަނީ އިހާނެތިކޮށް ހިތަމުން:ޚުތުބާ
08 ޖުލައި 2018

ރަނިންމޭޓެއް ކަނޑައެޅުމަށް އެމްޑީއޭ އާއި މަޝްވަރާކުރިން: ޕީޕީއެމް

08 ޖުލައި 2018
ރަނިންމޭޓެއް ކަނޑައެޅުމަށް އެމްޑީއޭ އާއި މަޝްވަރާކުރިން: ޕީޕީއެމް
20 އެޕްރީލު 2018

އިސްލާމްދީނަށް ނިކަމެތިކަން ލިބޭނެ އެއްވެސް ގޮވާލުމަކީ ޕާޓީތަކުން އިޖާބަދޭނެ ކަމެއް ނޫން: ގުޅިފައިވާ ސިޔާސީ ޕާޓީތައް

20 އެޕްރީލު 2018
އިސްލާމްދީނަށް ނިކަމެތިކަން ލިބޭނެ އެއްވެސް ގޮވާލުމަކީ ޕާޓީތަކުން އިޖާބަދޭނެ ކަމެއް ނޫން: ގުޅިފައިވާ ސިޔާސީ ޕާޓީތައް
13 މާރިޗު 2018

ނުހައްގު މުއްސަނދިކަން ކުށަކަށް ކަނޑައެޅުމަށް ހުށަހެޅި އިސްލާހު އަދިވެސް ބަންޑާރަ ނައިބު މޭޒުކޮޅުމަތީގައި!

13 މާރިޗު 2018
ނުހައްގު މުއްސަނދިކަން ކުށަކަށް ކަނޑައެޅުމަށް ހުށަހެޅި އިސްލާހު އަދިވެސް ބަންޑާރަ ނައިބު މޭޒުކޮޅުމަތީގައި!
23 އޮކްޓޯބަރު 2017

ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރުމުގެ ވަގުތު ކަނޑައެޅުމަށް އާއްމު ކޮމެޓީގެ ބައްދަލުވުން މާދަމާ!

23 އޮކްޓޯބަރު 2017
ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރުމުގެ ވަގުތު ކަނޑައެޅުމަށް އާއްމު ކޮމެޓީގެ ބައްދަލުވުން މާދަމާ!
21 ޖުލައި 2017

ރައީސް ޔާމީން ގެންދަވަނީ އިސްލާމްދީނަށް ގޮންޖައްސަވަމުން: ސަމީރު

21 ޖުލައި 2017
ރައީސް ޔާމީން ގެންދަވަނީ އިސްލާމްދީނަށް ގޮންޖައްސަވަމުން: ސަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް