Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޢީދު ޚުތުބާ

މިހާރަކަށް އައިސް އިސްލާމްދީނަށް ފާޅުގައި ދަނީ އިހާނެތިކޮށް ހިތަމުން:ޚުތުބާ

ކީރިތި ޤުރުއާނަށް ދަނީ އިހާނެތިކޮށް ހިތަމުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 21 އޯގަސްޓު 2018 | އަންގާރަ 05:24
ބޮޑު ޖަމާޢަތުގައި އީދު ޚުތުބާ ދެއްވަނީ

ބޮޑު ޖަމާޢަތުގައި އީދު ޚުތުބާ ދެއްވަނީ

މިހާރަކަށް އައިސް އިސްލާމްދީނަށް ފާޅުގައި ދަނީ އިހާނެތިކޮށް ހިތަމުން ކަމަށާއި އިބްރާހީމްގެ ފާނާއި އެކަލޭގެ ފާނުގެ ދަރިކަލުން ދެއްކެވި ޤުރުބާނީން އިސްލާމީ އުއްމަތް މިއަދު މިވަނީ ޢިބްރަތް ހާސިލް ކުރަން ޖެހިފައި ކަމަށް މިއަހަރުގެ އަޟްޙާ ޢީދު ނަމާދުގައި ވިދާޅުވެފައިވާ ޢީދު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ޚުތުބާގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި މިހާރަކަށް އައިސް ފެންނަމުން ދަނީ އިސްލާމްދީނަށް ފާޅުގައި އިހާނެތިކޮށް ހިތަމުންދާ ތަން ކަމަށާއި ކީރިތި ޤުރުއާނަށް ދަނީ އިހާނެތިކޮށް ހިތަމުން ކަމަށެވެ. މި ދީނުގެ ނަބިއްޔާއަށް ދަނީ ފުރައްސާރަ ކުރަމުން ކަމަށްވެސް ޚުތުބާގައި ވެއެވެ.

"މުސްލިމުންގެ މުޤައްދަސް ތަންތަނަށް އަރައި އެތަންތަން މި ދަނީ ފޭރިގަންނަމުންނެވެ. މުސްލިމުންގެ ވެރީންގެ އަބުރަށް ދަނީ އަރައިގަންނަމުންނެވެ. އިސްލާމީ ޤައުމުތަކުގެ އިންތަކުގެ ޙުރުމަތް ދަނީ ކަނޑަމުންނެވެ. މުސްލިމް ޢިލްމުވެރިންގެ ޤަދަރު ދަނީ ވައްޓައިލަމުންނެވެ. އިސްލާމީ ޔުނިވަރސިޓީތަކާއި މަތީ ތަޢުލީމުދޭ މަރްކަޒުތަކުގެ މަންހަޖުތައް ބަދަލުކުރެވޭތޯ ދަނީ ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ. އިސްލާމްދީން މިވަނީ އެދީނުގެ ވަޠަނުގައި ބީރަށްޓެހި ކޮށްފައެވެ. ސައްތައިން ސައްތަ އިސްލާމީ ޤައުމެއް އޮވެގެން ނުވާނެ ކަމަށް ދަނީ އަޑު އުފުލަމުންނެވެ. މުސްލިމުންގެ ޙައްޤުތައް ވަނީ ޗިސްޗިސްކޮށްފައެވެ. އިސްލާމްދީނަށް އެމީހުންގެ ވަގުތުންނާއި، އެމީހުންގެ މުދަލުންނާއި، އެމީހުންގެ އީޖާދުތަކުން ޤުރުބާންވާން ކެރޭ މީހުންނަށް މިއަދު ވަނީ ބޭނުންވެފައެވެ. އިސްލާމްދީނުގެ ބުރުސޫރަ ހުތުރު ކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމް ދަރިންނަށް ވަނީ ބޭނުންވެފައެވެ."

ޚުތުބާގައި ވިދާޅުވެފައިވާ ގޮތުގައި އީދަކީ މިނިވަންކަމުގެ ޢީދެއް ކަމަށާއި ޢީދު ހަދަންވާނީ ހަސަދަވެރިކަމުންނާއި ފުރައްސާރަ ކުރުންފަދަ ރޯގާތަކުން މިނިވަންކޮށްދޭ ޢީދަކަށް ކަމަށެވެ.

"ޢީދަކީ މިނިވަންކަމުގެ ޢީދެވެ. އަޅުގަނޑުމެންގެ ޢީދު ހަދަން ވާނީ ނަފްސުތައް ޝަހަވާތްތަކުން މިނިވަންކޮށްދޭ ޢީދަކަށެވެ. ހަވާ ނަފްސުގެ ދަހިވަތިކަމުން މިނިވަންކޮށްދޭ ޢީދަކަށެވެ. ހިތްތައް ޙަސަދަވެރިކަމުންނާއި ނީހަވެރިކަމުންނާއި ދެފުށް ދެގޮތްކަމުން މިނިވަންކޮށްދޭ ޢީދަކަށެވެ. ދޫތައް ދެބައޮޑުވުމާއި ނެތިމޮށުމާއި އާޑަފުރައްސާރަކުރުންފަދަ ރޯގާތަކުން މިނިވަންކޮށްދޭ ޢީދަކަށެވެ."

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު