Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަޕްލިމެންޓަރީ ބަޖެޓް

ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރުމުގެ ވަގުތު ކަނޑައެޅުމަށް އާއްމު ކޮމެޓީގެ ބައްދަލުވުން މާދަމާ!

ކިހާވަރެއްގެ ސަޕްލިމެންޓަރީ ބަޖެޓެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 އޮކްޓޯބަރު 2017 | ހޯމަ 09:01
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

އަހަރު ނިމެން ދެ މަސްދުވަހަށް ކައިރިވެފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރުމަށް އާއްމު ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.

އާއްމު ކޮމެޓީން އަންގާރަ ދުވަހުގެ 13:00 ގައި ބޭއްވުމަށް ނިންމާފައިވާ އެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަފައިވާ ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސްގައި މެމްބަރުންނަށް ވާހަކަ ދެއްކުމަށް އެރުވޭ ފުރުސަތުގެ ދިގުމިން ކަނޑައެޅުމުގެ މައްސަލައެވެ.

އާއްމު ކޮމެޓީން އަންގާރަ ދުވަހު ސަޕްލިމެންޓްރީ ބަޖެޓަށް މެމްބަރުން ބަހުސް ކުރުމަށް ވަގުތު ކަނޑައެޅުމަށް ނިންމާފައިވާއިރު، އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް ވަނީ ސަޕްލިމެންޓްރީ ބަޖެޓް އެޖެންޑާ ކޮށްފަ އެވެ.

އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅާއިރު، މިއީ މިފަހަކުން މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅިގެންދާ ފުރަތަމަ ފަހަރެވެ.

ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމުގެ ވާހަކަތައް އެންމެ ފުރަތަމަ ދެކެވެން ފެށީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެ ވާހަކަތައް ދެކެވެމުން ދަނިކޮށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާނެކަން ކަށަވަރު ކޮށްދިނީ މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ.

ރިޔާޒު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓާއެކު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ވެސް މަޖިލީހަށް ހުށަހެޅިގެންދާނެ ކަމަށެވެ. އަދި ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހެޅުމުން އޮންނަ އުސޫލުގެ ދަށުން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވެފައިވެ އެވެ.

ސަޕްލިމެންޓަރީ ބަޖެޓްގެ ގޮތުގައި ހުށަހަޅަނީ ކިހާވަރެއްގެ ބަޖެޓެއް ކަމެއް މިހާތަނަށް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން މަޖިލީހަށް ހުށަހެޅުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރުގެ ބަޖެޓްގެ ޑެފިސިޓް 303.7 މިލިއަން ރުފިޔާއަށް އަރާާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 1.7 ޕަސެންޓެވެ.

ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާއިރު، ރައްޔިތުންގެ މަޖިލީހުގެ ހަތް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ. އަދި ބައި އިލެކްޝަން ބޭއްވުމުގެ ތައްޔާރީތައް ވަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު، ބައި އިލެކްޝަންތައް ބޭއްވުމަށް ފައިސާ ހޯދުމަށް ފައިނޭސް މިނިސްޓްރީގައި ވަނީ އެދިފަ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން މިހާތަނަށް ފައިސާ ދޫކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރަން ސަރުކާރުން ބޭނުންވާ ސަބަބުތަކުގެ ތެރޭގައި ބައި-އިލެކްޝަންތައް ބޭއްވުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުން ހިމެނެއެވެ.

ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރަން މަސައްކަތް ކުރާ މިދަނޑިވަޅުގައި، ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަ ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައި ފިނޭންސް މިނިސްޓްރީ އިން ވަނީ ސަރުކާރުގެ އޮފީސްތަކަށް އެކަން އަންގާފަ އެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ
13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
12 ފެބުރުއަރީ 2017

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު