Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާނޫނުލް އުގޫބާތަށް އިސްލާހެއް

އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ގާނޫނުލް އުގޫބާތަށް އިސްލާހެއް

ދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ހުށަހަޅާފައިވާ ބިލު ހުށަހެޅީ ނަފްރަތުގެ ބިލާ ގުޅިގެން އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 އޯގަސްޓު 2021 | އަންގާރަ 05:12
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން

އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހެއް ހުށަހަޅައިފިއެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. ބިލު ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ގާނޫނުލްޢުގޫބާތު ގެ 617 ވަނަ މާއްދާގައި މިހާރު ވެސް އެކުލެވޭ ކުށެއް ކަމުގައިވާ "އިސްލާމްދީނާ އިދިކޮޅު ޢަމަލުތައް" އިތުރަށް ތަފްޞީލުކުރުން ކަމަށެވެ.

އަދި އެ ކުށުގެ ޢަމަލުގެ ތެރޭގައި، އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ޢަމަލުތައް ވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް އެ މާއްދާގައި ބަޔާންކުރުމަށްޓަކައި، ބުނެވިދިޔަ ޤާނޫނަށް ގެންނަންޖެހޭ އިސްލާހު ގެނައުން ކަމަށެވެ.

ބިލުގައި ބުނީ މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫން ވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި، ބަހުން ނުވަތަ ޢަމަލުން، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅިގެން ދާނެ ކަމަށެވެ.

ދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ހުށަހަޅާފައިވާ ބިލު ސަރުކާރުން ފޮނުވާފައިވަނީ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލްޢުޤޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު ނުވަތަ ނަފްރަތުގެ ބިލާ ގުޅިގެން އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމުންނެވެ.

ނަފްރަތުގެ ބިލް މިހާރު އޮތް ގޮތަށް ފާސްކުރުމަކީ ސަރުކާރުން އެދޭކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވެސް ވަނީ ވިދާޅުވެފައެވެ. އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު ވަނީ ރައްޔިތުންގެ މަޖިލީހުން އަލުން އަނބުރާ ކޮމިޓީއަށް ފޮނުވާފައެވެ. ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހު ދިރާސާކޮށްފައިވަނީ ޖުޑީޝަރީ ކޮމިޓީންނެވެ. ބިލް ހުށަހެޅުމާއެކު ރާއްޖޭގެ ދީނީ އިލްމުވެރިން ވެސް ވަނީ މިބިލާ ދެކޮޅަށް ވާހަކަދައްކަވާފައެވެ.

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2018

އިންތިޚާބީ ރައީސް ސޯލިހަށް ލިބުނު ވޯޓު ރައީސް ޔާމީނަށް ކަނޑައެޅުމަށް ހައިކޯޓަށް ހުށައެޅި މައްސަލަ އަނބުރާ ނަގައިފި

17 އޮކްޓޯބަރު 2018
އިންތިޚާބީ ރައީސް ސޯލިހަށް ލިބުނު ވޯޓު ރައީސް ޔާމީނަށް ކަނޑައެޅުމަށް ހައިކޯޓަށް ހުށައެޅި މައްސަލަ އަނބުރާ ނަގައިފި
21 އޯގަސްޓު 2018

މިހާރަކަށް އައިސް އިސްލާމްދީނަށް ފާޅުގައި ދަނީ އިހާނެތިކޮށް ހިތަމުން:ޚުތުބާ

21 އޯގަސްޓު 2018
މިހާރަކަށް އައިސް އިސްލާމްދީނަށް ފާޅުގައި ދަނީ އިހާނެތިކޮށް ހިތަމުން:ޚުތުބާ
02 އޯގަސްޓު 2018

ގާނޫނުލް އުގޫބާތަށް ގެންނަ ބަދަލަކީ ރާއްޖެ 14 އަހަރަށްވުރެ ފަހަތަށް ދިއުން: ވަކީލު ޝަމީމް

02 އޯގަސްޓު 2018
ގާނޫނުލް އުގޫބާތަށް ގެންނަ ބަދަލަކީ ރާއްޖެ 14 އަހަރަށްވުރެ ފަހަތަށް ދިއުން: ވަކީލު ޝަމީމް
30 ޖުލައި 2018

ރިޝްވަތުގެކުށް ގާނޫނުލް އުގޫބާތުން އުވާލެވޭ ގޮތަށް ސަރުކާރުން ހުށަހެޅި އިސްލާހަކީ ގާނޫނު އަސާސީ އާ ހިލާފު އިސްލާހެއް: ޑރ. ޖަމީލް

30 ޖުލައި 2018
ރިޝްވަތުގެކުށް ގާނޫނުލް އުގޫބާތުން އުވާލެވޭ ގޮތަށް ސަރުކާރުން ހުށަހެޅި އިސްލާހަކީ ގާނޫނު އަސާސީ އާ ހިލާފު އިސްލާހެއް: ޑރ. ޖަމީލް
08 ޖުލައި 2018

ރަނިންމޭޓެއް ކަނޑައެޅުމަށް އެމްޑީއޭ އާއި މަޝްވަރާކުރިން: ޕީޕީއެމް

08 ޖުލައި 2018
ރަނިންމޭޓެއް ކަނޑައެޅުމަށް އެމްޑީއޭ އާއި މަޝްވަރާކުރިން: ޕީޕީއެމް
20 އެޕްރީލު 2018

އިސްލާމްދީނަށް ނިކަމެތިކަން ލިބޭނެ އެއްވެސް ގޮވާލުމަކީ ޕާޓީތަކުން އިޖާބަދޭނެ ކަމެއް ނޫން: ގުޅިފައިވާ ސިޔާސީ ޕާޓީތައް

20 އެޕްރީލު 2018
އިސްލާމްދީނަށް ނިކަމެތިކަން ލިބޭނެ އެއްވެސް ގޮވާލުމަކީ ޕާޓީތަކުން އިޖާބަދޭނެ ކަމެއް ނޫން: ގުޅިފައިވާ ސިޔާސީ ޕާޓީތައް
13 މާރިޗު 2018

ނުހައްގު މުއްސަނދިކަން ކުށަކަށް ކަނޑައެޅުމަށް ހުށަހެޅި އިސްލާހު އަދިވެސް ބަންޑާރަ ނައިބު މޭޒުކޮޅުމަތީގައި!

13 މާރިޗު 2018
ނުހައްގު މުއްސަނދިކަން ކުށަކަށް ކަނޑައެޅުމަށް ހުށަހެޅި އިސްލާހު އަދިވެސް ބަންޑާރަ ނައިބު މޭޒުކޮޅުމަތީގައި!
11 ޖެނުއަރީ 2018

މަޖިލީހުގެ ޖަލްސާތައް ފެށުމުން ސަރުކާރުން ގާނޫނުލް އުގޫބާތަށް ބޮޑެތި އިސްލާހުތަކެއް ހުށަހަޅަނީ

11 ޖެނުއަރީ 2018
މަޖިލީހުގެ ޖަލްސާތައް ފެށުމުން ސަރުކާރުން ގާނޫނުލް އުގޫބާތަށް ބޮޑެތި އިސްލާހުތަކެއް ހުށަހަޅަނީ
23 އޮކްޓޯބަރު 2017

ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރުމުގެ ވަގުތު ކަނޑައެޅުމަށް އާއްމު ކޮމެޓީގެ ބައްދަލުވުން މާދަމާ!

23 އޮކްޓޯބަރު 2017
ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރުމުގެ ވަގުތު ކަނޑައެޅުމަށް އާއްމު ކޮމެޓީގެ ބައްދަލުވުން މާދަމާ!
21 ޖުލައި 2017

ރައީސް ޔާމީން ގެންދަވަނީ އިސްލާމްދީނަށް ގޮންޖައްސަވަމުން: ސަމީރު

21 ޖުލައި 2017
ރައީސް ޔާމީން ގެންދަވަނީ އިސްލާމްދީނަށް ގޮންޖައްސަވަމުން: ސަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު