Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަ ސުރުޚީ

ގާނޫނުލް އުގޫބާތަށް ގެންނަ ބަދަލަކީ ރާއްޖެ 14 އަހަރަށްވުރެ ފަހަތަށް ދިއުން: ވަކީލު ޝަމީމް

މިހާރު އޮތް ގާނޫނުލް އުގޫބާތަކީ ވަރަށް ފުރިހަމަ ގާނޫނުލް އުގޫބާތެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 އޯގަސްޓު 2018 | ބުރާސްފަތި 02:26
ފަލަ ސުރުޚީ ޕްރޮގްރާމްގައި ޝަމީމް ވާހަކަދައްކަވަނީ

ފަލަ ސުރުޚީ ޕްރޮގްރާމްގައި ޝަމީމް ވާހަކަދައްކަވަނީ

ޕީޕީއެމްއިން ބޭނުން ވެގެން ގާނޫނުލް އުގޫބާތަށް ގެންނަ ބަދަލުތަކަކީ ރާއްޖެ 14 އަހަރަށްވުރެ ފަހަތަށް ދިއުން ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސަރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ، ޕީޕީއެމްއިން ގާނޫނުލް އުގޫބާތަށް މިގެންނަ އިސްލާހުތައް ފާސްވެއްޖެ ނަމަ، ދަތި އުނދަގޫތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށާއި، އެއީ ރާއްޖެ 2004 ވަނަ އަހަރަށްވުރެ ފަހަތަށް ދިއުން ކަމަށެވެ. 2004 ވަނަ އަހަރު އޮތް ގާނޫނުލް އުގޫބާތަށް ބަލާއިރު، އޭގައި އެއްވެސް ތަރުތީބެއް، ހަމައެއް، ލަމައެއް ނެތްކަމަށް ޝަމީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިހާރު އޮތް ގާނޫނުލް އުގޫބާތަކީ ވަރަށް ފުރިހަމަ ގާނޫނުލް އުގޫބާތެއްކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ، ގާނޫނުލް އުގޫބާތަށް ޕީޕީއެމްއިން ހުށަހަޅާފައިވާ އިސްލާހުތަކުގެ ސަބަބުން، އަދަބުގެ ބާބަށް ބަލާއިރު ކަމެއް ކުރަން އުޅުމާއި، އެކަމެއް ކުރުންވެސް އެއްވަރު ކަމަށާއި، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ގާނޫނުލް އުގޫބާތަކީ ރާއްޖޭގައި މިހާތަނަށް ފާސްކުރި އެންމެ ބޮޑު ގާނޫނު އަދި އެންމެ ކިޔާލަން ފަސޭހަ ގާނޫނު. މިހެން މިދަންނަވަނީ ސަބަބުތަކެއް ހުރީމަ. މިސާލަކަށް ގާނޫނުލް އުގޫބާތު ނަންބަރު ޖަހާފަ އޮތް ގޮތުންވެސް ގާނޫނީ ދާއިރާގެ މީހުންނަށް އެނގޭނެ ނަންބަރުން ވާހަކަ ދައްކަން. ގާނޫނުލްއަގޫބާތު ހިމެނެނީ ތިންބަޔަކަށް. އެއީ އާންމު މާއްދާތައް، ކުށްބަޔާން ކުރާ މާއްދާތައް، އަދަބާ ބެހޭ ވާހަކަތައް" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ގާނޫނުގެ މާއްދާއެއްގެ ދޭތެރެއިން ދައުލަތުގެ މުއައްޒަފުންނާއި، ދައުލަތުގެ މީހުންނަށް ރިޝްވަތު ދިނުމާއި ރިޝަވަތު ހިފުން އެއީ ކުށަކަށް ނުވާ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން މަސައްކަތް ކުރާތީ ކަންބޮޑުވާ ކަމަށާއި، އެގާނޫނު މަޖިލީހަށް ފޮނުވަނީ ސަރުކާރުގެ ޕޮލިސީ އެގޮތަށް ބަދަލުވުމުން ކަމަށެވެ.

ދައުލަތުގެ މުވައްޒަފުންނަށް ރިޝްވަތު ދިނުމަކީ ކުށެއް ނޫން ކަމަށް ފާސްކުރާ ނަމަ މީގެ ކުރިން ވެސް ހިނގާފައި ހުރި ރިޝްވަތުގެ މައްސަލަ ނުބެލޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"އުއްތަމަފަޑިޔާރުގެ މައްޗައް ކުރެވިފައިވާ ދައުވާ ވެސް ކެންސަލްވާނެ. ސިޔާދު ގާސިމްގެ މައްޗަށް ކުރެވިފައިވާ ދައުވާ ވެސް ކެންސަލްވާނެ. އެގޮތަށް ގޮސް އެހެން ހުރި މައްސަލަތައް ކެންސަލްވާނެ. އެހެންކަމުން ސަރުކާރުގެ ޕޮލިސީ އެހެން ބަދަލުވެގެން ދިޔައީ އެބޭފުޅުންނަށް ލުޔެއް ލިބިގެން ދިއުންވެސް އެކަށީގެންވާ ކަމެއް" ޝަމީމް ވިދާޅުވިއެވެ.

ޕީޕީއެމްއިން ވަގުތު ދީފިނަމަ ގާނޫނުލް އުގޫބަތުގެ ކޮންމެ މާއްދާއަކުން މިހާރު އަމަލުކުރަމުންދާ ފީނަލް ކޯޑުން ފެތޭ މާއްދާއާ އެމާއްދާގެ ސަބަބުން ނުކުންނަ ނަތީޖާއާ އޮޅުންފިލުވައިދެއްވާނެ ކަމަށާއި، މިފަދަ ކަންކަމުގައި ގާނޫނީ ވަކީލުންނާއި އެކު މަޝްވަރާކޮށް އެންމެ ރަނގަޅަށް ނިންމުންތައް ނިންމަންޖެހޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު