Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕުގެ ޝެޑިއުލަށް ބަދަލެއް

24 އޯގަސްޓު 2021 | އަންގާރަ 01:07

މުބާރާތް އޮންނާނީ އޮކްޓޯބަރު މަހުގެ 1-16 ގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 އޯގަސްޓު 2021 | އަންގާރަ 01:07
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން

އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޝެޑިއުލަށް ބަދަލެއް ގެނެސްފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި ބާއްވަން އެންމެ ފުރަތަމަ ތާވަލުކުރި މުބާރާތް މިހާރު ވަނީ މި އަހަރުގެ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވަން ނިންމާފައެވެ. ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން މީގެ ކުރިން އިއުލާނުކުރި ޝެޑިއުލްގައިވާ ގޮތުން މުބާރާތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައި އޮތީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ޝެޑިއުލްގައިވާ ގޮތުން ދެ މެޗު ދެމެދުގައި ބައެއް ގައުމުތަކަށް ލިބެނީ ދެ ދުވަހެވެ.

އެކަމަކު ފީފާ އުސޫލުތަކުގެ ތެރެއަށް ފެއްތުމުގެ ގޮތުން މިހާރު ވަނީ ޝެޑިއުލަށް ބަދަލު ގެނެސްފައެވެ. އެގޮތުން މިހާރު މުބާރާތް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޝެޑިއުލްގައިވާ ގޮތުން މަދުވެގެން ދެ މެޗު ދެމެދުގައި ކޮންމެ ގައުމަކަށްވެސް ތިން ދުވަސް ލިބޭނެއެވެ.

ޝެޑިއުލަށް ގެނެވުނު ބަދަލާއެކުވެސް ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ތިންވަނަ މެޗުގައި އެ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ވާދަވެރި އިންޑިއާއާ ދެކޮޅަށެވެ.

ސާފް ސަރަހައްދުގައި ހަތް ގައުމެއް ހިމެނޭއިރު، ބޫޓާނުން ވަނީ މުބާރާތުގައި ވާދަނުކުރާނެކަން އަންގާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ބޫޓާނުން އެގޮތަށް ނިންމީ ކޮވިޑް-19 ގެ ސަބަބުން ޒަރޫރީ ނޫން ކަންކަމުގައި ބޫޓާންގެ މީހުންނަށް މި ވަގުތު ދަތުރުކުރުމުގެ ހުއްދަ ނެތުމުންނެވެ. ބޫޓާނުގެ އިތުރުން ދެން މި މުބާރާތުގައި ވާދަނުކުރެވޭނީ ޕާކިސްތާނަށެވެ. ޕާކިސްތާނަށް މުބާރާތުގައި ވާދަނުކުރެވެނީ ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުންނެވެ.

އެހެންކަމުން މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ. ގްރޫޕް ސްޓޭޖު މެޗުތަކަށްފަހު މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު، މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. އެގޮތުން 2008 ވަނަ އަހަރުގެ މުބާރާތް ރާއްޖެ އާއި ސްރީ ލަންކާގައި ބޭއްވިއިރު، ރާއްޖެއިން ވަނީ އެ ފަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މި މުބާރާތް އެންމެ ފަހުން ބަންގްލަދޭޝްގައި ބޭއްވިއިރު، ރާއްޖެއިން ވަނީ ޑާކާގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ޗެމްޕިއަންކަން ހޯދާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2017

18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ދެވަނަ މެޗުންވެސް ރާއްޖެ ބަލިވެއްޖެ

21 ސެޕްޓެމްބަރު 2017
18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ދެވަނަ މެޗުންވެސް ރާއްޖެ ބަލިވެއްޖެ
19 ސެޕްޓެމްބަރު 2017

18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ބޫޓާން އަތުން ރާއްޖެ ބަލިވެއްޖެ

19 ސެޕްޓެމްބަރު 2017
18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ބޫޓާން އަތުން ރާއްޖެ ބަލިވެއްޖެ
15 ސެޕްޓެމްބަރު 2017

18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމް ފުރައިފި

15 ސެޕްޓެމްބަރު 2017
18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމް ފުރައިފި
09 ސެޕްޓެމްބަރު 2017

18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ލީގު އުސޫލުން ކުޅެން ނިންމައިފި

09 ސެޕްޓެމްބަރު 2017
18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ލީގު އުސޫލުން ކުޅެން ނިންމައިފި
07 ސެޕްޓެމްބަރު 2017

އެމްބިއޭ ޗެމްޕިއަންޝިޕުގެ ފައިނަލްގައި ވާދަކުރާ ޓީމުތައް ކަށަވަރުވެއްޖެ

07 ސެޕްޓެމްބަރު 2017
އެމްބިއޭ ޗެމްޕިއަންޝިޕުގެ ފައިނަލްގައި ވާދަކުރާ ޓީމުތައް ކަށަވަރުވެއްޖެ
30 އޯގަސްޓު 2017

އަނެއްކާވެސް ސާފް ޗެމްޕިއަންޝިޕް ފަސް ކޮށްފި

30 އޯގަސްޓު 2017
އަނެއްކާވެސް ސާފް ޗެމްޕިއަންޝިޕް ފަސް ކޮށްފި
21 އޯގަސްޓު 2017

ސްކޮޑަށް އިތުރު ބަދަލެއް ބޭނުމެއް ނުވޭ: ޒިދާން

21 އޯގަސްޓު 2017
ސްކޮޑަށް އިތުރު ބަދަލެއް ބޭނުމެއް ނުވޭ: ޒިދާން
10 ޖޫން 2017

ސާފް ޗެމްޕިއަންޝިޕް ފަސްކޮށްފި

10 ޖޫން 2017
ސާފް ޗެމްޕިއަންޝިޕް ފަސްކޮށްފި
17 މެއި 2017

ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކުރުމަށް އިންޑިއާއިން އެދިއްޖެ

17 މެއި 2017
ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކުރުމަށް އިންޑިއާއިން އެދިއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް