Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓުބޯޅަ

18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމް ފުރައިފި

މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ނުކުންނާނީ ބޫޓާންއާ ދެކޮޅަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 15 ސެޕްޓެމްބަރު 2017 | ހުކުރު 08:54
ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމް

ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމް

ބޫޓާންގައި ބާއްވާ 18 އަހަރުން ދަށުގެ ދެވަނަ ސާފް ޗެމްޕިއަންޝިޕުގައި ބައިވެރިވާ ރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމު ބޫޓާނަށް ފުރައިފިއެވެ.

ހުކުރު ދުވަހުގެ ހެދުނު ގައުމީ ޓީމު ބޫޓާނަށް ފުރާފައިވާއިރު މި މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. ބައިވެރިވާ ޓީމުތަކުގެ އަދަދު މަދުވުމާ ގުޅިގެން ދެކުނު އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާއިން ވަނީ މި މުބާރާތުގެ ފޯމެޓަށް ބަދަލު ގެނެސްފައެވެ. އެގޮތުން ސްރީ ލަންކާ މުބާރާތުން ވަކިވުމާ ވިދިގެން މި މުބާރާތް މިހާރު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ލީގު އުސޫލުންނެވެ. އެގޮތުން ލީގު އުސޫލުން ކުޅުން ކުރިއަށް ގެންދިއުމަށްފަހު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮންނަ ޓީމަށް ޗެމްޕިއަންކަން ލިބިގެންދާނެއެވެ.

ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ޢަނީ (ސާންތި) ބުނެފައިވަނީ މި މުބާރާތަކީ ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއަކަށް ވެގެން ދާނެ މުބާރާތެއް ކަމަށާއި ރާއްޖޭގެ ޓީމުގެ އަމާޒަކީ ޕޮއިންޓް ހޯދެން ހުރި ހުރިހާ މެޗަކުން ޕޮއިންޓް ހޯދައި އެންމެ ދަށްވެގެން މުބާރާތުގެ ތިންވަނަ ހޯދުން ކަމަށެވެ. ހަމައެހެންމެ ސާންތި ބުނެފައިވަނީ އޭނާގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ފަރިތަކުރުންތަކުގައި ބައިވެރިވި ކަމަށާއި ތައްޔާރުވާން ލިބުނު ވަގުތާ އަޅާބަލާއިރު މުބާރާތަށް ފުރިހަމައަށް ތައްޔާރުވެވިފައިވާ ކަމަށެވެ.

މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމަށް ގިނަދުވަހު ރަނގަޅަށް ތަމްރީންކުރެވި ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް ދެވިއްޖެނަމަ އެ ޓީމުގެ ކުޅުންތެރިންނަކީ ގައުމަށް ރީތި ނަން ހޯދައިދެވޭ ފެންވަރު ކުޅުންތެރިން ކަމަށެވެސް ސާންތީ ބުންޏެވެ.

މުބާރާތް ރޭވިފައިވާ ގޮތުން މިހާރު ވާދަކުރާނީ ރާއްޖެ، ނޭޕާލް، ބޫޓާން އިންޑިއާ އަދި ބަނގްލަދޭޝްއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބޫޓާންއާ ދެކޮޅަށެވެ.

މި މުބާރާތުގައި ރާއްޖެއިން ވަނީ މީގެކުރިންވެސް ވާދަކޮށްފައެވެ. 2015 ވަނަ އަހަރު ބޭއްވި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ވަނީ އަފްޣާނިސްތާން އަދި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުތަކުން ބަލިވެފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު