Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

ފަޅުރަށްތައް ދޫކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިދީފައިވާ ގޮތް ބަޔާންކުރާ ބިލްގެ ބަހުސް ފަށައިފި

މިބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ބާރަށު ދާއިރާގެ މެމްބަރ އަޙުމަދު ޢަބްދުﷲ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 އޯގަސްޓު 2021 | ހޯމަ 12:20
ބާރަށު ދާއިރާގެ މެމްބަރ އަޙުމަދު ޢަބްދުﷲ

ބާރަށު ދާއިރާގެ މެމްބަރ އަޙުމަދު ޢަބްދުﷲ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހާ ތަޢާރަޒްވާ ކަންކަން ހުރުމާއެކު, ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހަޅާ ބިލްގެ ބަހުސް ފަށައިފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން މިބިލް ހުށަހަޅުއްވާފައިވަނީ ބާރަށު ދާއިރާގެ މެމްބަރ އަޙުމަދު ޢަބްދުﷲ އެވެ. ބިލް ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ, މިބިލް ހުށަހަޅުއްވަނީ ކުރިން ގާނޫނު އޮތްގޮތުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއި ގެނައި ބަދަލުތަކާ ފުށުއަރާ މާއްދާތަކެއް ގާނޫނުގައި ހުރުމުން, 2 ގާނޫނު އެއްގޮތްކުރުމަށް ކަމަށެވެ. އެގޮތުން ފަޅުރަށްރަށާބެހޭ ގާނޫނުގެ 13 މާއްދާއަކަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެބަދަލުތައް ގެންނަން ޖެހެނީ މިހާރު އަމަލުކުރަމުންދާ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ އިޚްތިޞާޞްގައިވާ ރަށްރަށުގެ ކަންކަން ކުރުމުގެ ބާރު ލިބިގެންވަނީ އެކައުންސިލަކަށް ކަމުގައިވާތީއެވެ. އަޙުމަދު ވިދާޅުވީ ގާނޫނަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި ކައުންސިލްތަކުގެ އިޚްތިޞާޞްގައި ހިމެނޭ ރަށްތައް ވަރުވާއަށް ކުއްޔަށް ދިނުމާއި ވަކިކުރުމާ ގުޅޭގޮތުން ހިންގަންޖެހޭ ކަންކަން ކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިދޭނެ ކަމަށެވެ. ހަމައެއާއެކު މިއިސްލާހު ގެނައުމުން, ދަނޑުވެރިކަމާބެހޭ ވުޒާރާއިން ކަނޑައަޅުއްވާ އުސޫލުތަކުގެ ތެރެއިން ރަށްތައް ކުއްޔަށް ދިނުމުގެ ބާރު ކައުންސިލްތަކަށް ލިބިދޭނެ ކަމަށެވެ.

މީގެއިތުރުން ކުއްޔަށް ހިފާ ފަރާތަކުން ތިން ވަނަ ފަރާތަކަށް ރަށް ދޫކުރުމާއި އެކަމުގައި އަމަލުކުރަންވީ ގޮތް މިއިސްލާހުތަކުގެ ތެރޭގައި ހިމެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިބިލަށް ބަޙުސްކުރެއްވި ބައެއް މެމްބަރުން ވަނީ, އެ ރަށެއް ކައުންސިލްގެ އިޚްތިޞާޞުން ނެގުމުގެ ބާރު މިނިސްޓްރީއަށް ލިބޭ ގޮތަަށް ގާނޫނަށް ހުށައަޅާފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އިންޑަސްޓްރިއަލް ބޭނުމަށް ދޫކުރަން ކަނޑައަޅާފައިވާ ފަޅުރަށަކީ ސިޓީއެއް ނުވަތަ ރަށެއްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ރަށަކަށް ވާނަމަ، އެ ރަށެއް ކައުންސިލްގެ އިޚްތިޞާޞުން ވަކި ކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާގެ ސަބަބުން ކައުންސިލަށް ދޭން ޖެހޭ ބާރުތައް ހަނިވާ ކަމަށް އެ މެމްބަރުން ގަބޫލުކުރައްވައެވެ. އެއީ އެ އިސްލާހުގައި، ރަށްތައް އިޚްތިޞާޞުން ވަކިކުރާއިރު، ކައުންސިލްގެ ލަފާ ހޯދަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިނުވާތީ ކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

11 ފެބުރުއަރީ 2017
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު