Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ރެއާލް އެއްވަރު، އެތުލެޓިކޯއަށް މޮޅެއް

އެލްޗޭ އަތުން އެތުލެޓިކޯ މޮޅުވީ 1-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 22 އޯގަސްޓު 2021 | އާދީއްތަ 22:53
ލެވާންޓޭ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން

ލެވާންޓޭ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި އާދިއްތަ ދުވަހުގެރޭ ލެވާންޓޭ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރުވިއިރު، އެލްޗޭ އަތުން އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް މޮޅުވެއްޖެއެވެ.

ލެވާންޓޭ އާއި ރެއާލް ބައްދަލުކުރި މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ.

ލެވާންޓޭގެ ދަނޑުގައި ކުޅުނު މި މެޗުގެ ފަސްވަނަ މިނެޓުގައި ގެރެތު ބޭލް ވަނީ ރެއާލަށް ލީޑު ނަގައިދީފައެވެ. މިއީ މިދިޔަ ސީޒަނުގައި ލޯނު އުސޫލުން ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅުމަށްފަހު، އެނބުރި އައިސް ރެއާލުގެ ޖާޒީގައި ބޭލް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

ބޭލުގެ ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ރެއާލުން ލީޑުގައި އޮވެ ނިންމާލި ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅު ލެވާންޓޭއިން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން މި ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ރޮޖާ ލެވަންޓޭއަށް ނަތީޖާ އެއްވަރުކޮށްދިންއިރު، މެޗުގެ 57 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ހޯސޭ ކަމްޕާނާއެވެ.

އެކަމަކު މެޗުގެ 73 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވިނީޝިއުސް ޖޫނިއާ ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭގެ ފަހުން މެޗުގެ 79 ވަނަ މިނެޓުގައި ރޮޖާ އަލުން ލެވަންޓޭއަށް ލީޑު ނަގައިދިން ނަމަވެސް، މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ވިނީޝިއުސް ވަނީ އިތުރު ލަނޑެއް ޖަހައި، މި މެޗުން ރެއާލް ބަލިނުވެ ސަލާމަތްކޮށްދީފައެވެ.

މި މެޗު ލެވަންޓޭއިން ނިންމާލާފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ގޯލްކީޕަރު އައިޓޯ ފެނާންޑޭޒަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ރެފުރީ އޭނާއަށް ރަތް ކާޑު ދެއްކި އޭރިއާ ބޭރުން ބޯޅައިގައި އަތްލުމާ ގުޅިގެންނެވެ.

މީގެ އިތުރުން އާދިއްތަ ދުވަހުގެރޭ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މޮޅުވީ އެލްޗޭ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެތުލެޓިކޯއިން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ. މެޗުގެ 39 ވަނަ މިނެޓުގައި ރޮޑްރިގޯ ޑެ ޕޯލް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންހެލް ކޮރެއާއެވެ.

އޭގެ ފަހުން މެޗުގެ ދެވަނަ ހާފުގައި ލީޑު ފުޅާކުރަން އެތުލެޓިކޯގެ ޔަނިކް ކަރަސްކޯއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި މެޗުގައި އެލްޗޭއިން ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި އެތުލެޓިކޯގެ ގޯލްކީޕަރު ޔަން އޮބްލަކް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ލީގުގައި ކުޅުނު ދެވަނަ މެޗުންވެސް އެތުލެޓިކޯ މޮޅުވިއިރު، ލީގުގައި ދެން އެ ޓީމުން މެޗެއް ކުޅޭނީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެރެއެވެ. އެރޭ އަމިއްލަ ދަނޑުގައި އެތުލެޓިކޯ ނުކުންނާނީ ވިޔަރެއާލާ ދެކޮޅަށެވެ. އަދި ލެވާންޓޭއާ އެއްވަރުވި ރެއާލުން ދެން ކުޅޭ މެޗުގައި އަންނަ އާދީއްތަ ދުވަހުގެރޭ ރަށުން ބޭރުގައި ނުކުންނާނީ ރެއާލް ބެޓިސްއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު