Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

ނަތީޖާތަކުގެ ޒިންމާ ފުރިހަމައަށް ނަގަން: ވިޑަކޮވިޗް

22 އޯގަސްޓު 2021 | އާދީއްތަ 11:20

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާޒިޔާ ވާދަކުރާނީ ބެންގަލޫރާ

އަތޫފް އާތިފް
އަތޫފް އާތިފް | 22 އޯގަސްޓު 2021 | އާދީއްތަ 11:20
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް

އޭއެފްސީ ކަޕުގެ ގްރޫޕް ޑީގައި ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކެޓުމުން، ނަތީޖާތަކުގެ ޒިންމާ ފުރިހަމައަށް ނަގާ ކަމަށް އެ ޓީމުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ.

އޭއެފްސީ ކަޕުގައި މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ އަތުން އެ ޓީމު ބަލީވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި ހޮނިހިރު ދުވަހުގެރޭ އިންޑިއާގެ އޭޓީކޭ މޯހާން ބަގާންގެ އަތުން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.

ވިޑަކޮވިޗުގެ އިރުޝާދުގެ ދަށުން މާޒިޔާއިން އޭއެފްސީ ކަޕާ ކުރިމަތިލިއިރު، އޭނާ އެ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވީ މި އަހަރުގެ ޖެނުއަރީ މަހެވެ. އޭއެފްސީ ކަޕުގެ ކުރިން ވިޑަކޮވިޗުގެ އިރުޝާދުގެ ދަށުން ކުޅުނު އެއްވެސް މެޗަކުން މާޒިޔާ ބަލިވެފައެއް ނުވެއެވެ. އެގޮތުން އޭއެފްސީ ކަޕާ ކުރިމަތިލުމުގެ ކުރިން ވިޑަކޮވިޗުގެ ކޯޗުކަމުގައި ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން މާޒިޔާ މޮޅުވިއިރު، ދެ މެޗު ވަނީ އެއްވަރުވެފައެވެ.

މޯހަން ބަގާން މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ވިޑަކޮވިޗް ބުނީ އެ މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާގެ ކުޅުން ރަނގަޅު ކަމަށާއި، އެގޮތުން މޯހާން ބަގާނުގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފެއްދުނު ކަމަށެވެ. އެކަމަކު މެޗުގެ ދެވަނަ ހާފުގައި މާޒިޔާ ފެނިގެންދިޔައީ ވަރަށް އާދައިގެ ގޮތަކަށް ކަމަށާއި، ދެވަނަ ހާފާ މެދު އެއްޗެއް ބުނަން އެނގޭނީ މެޗު އެނަލައިޒް ކުރުމަށްފަހުގައި ކަމަށްވެސް ބުންޏެވެ.

ވިޑަކޮވިޗް ބުނީ ކޯޗުގެ ހައިސިއްޔަތުން ނިމިދިޔަ ދެ މެޗުގައި ފެނިގެންދިޔަ ނަތީޖާތަކުގެ ޒިންމާ ފުރިހަމައަށް ނަގާ ކަމަށެވެ. އަދި އޭއެފްސީ ކަޕުގައި ނަތީޖާތައް ދަށްވި ސަބަބަކަށް ފާއިތުވެދިޔަ ދުވަސްތަކުގައި ވާދަވެރި މެޗުތަކެއް ނުކުޅެވި ދިޔުން ވެދާނެ ކަމަށްވެސް ވިޑަކޮވިޗް ބުންޏެވެ. އެކަމަކު އޭގެ ޝަކުވާ މާޒިޔާއަށް ނުކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މޯހާން ބަގާނުގެ ކޯޗު އެންޓޯނިއޯ ލޮޕޭޒް ހަބާސް ބުނީ މާޒިޔާއިން ފުރަތަމަ ހާފުގައި ކުޅުނު ގޮތުން މޯހާން ބަގާނަށް އުނދަގޫތަކެއްވި ކަމަށެވެ. އެކަމަކު ދެވަނަ ހާފުގައި ރަނގަޅު ރޭވުމަކާއެކު މޯހާން ބަގާނުން ނަތީޖާ އަނބުރާލީ އިތުބާރާއެކުގައި ކަމަށް ހަބާސް ބުންޏެވެ.

ހަބާސް ބުނީ ތިން ދުވަހުން މެޗު ކުޅެން ޖެހުމުން އުނދަގޫތަކެއް އެބަހުރި ކަމަށާއި، އެގޮތުން ކޮންމެ މެޗަކަށް ޓީމު ބަދަލުކުރަން ޖެހޭ ކަމަށެވެ. އެކަމަކު އޭނާގެ ޓީމުން އެކަމަށް ތައްޔާރު ކަމަށްވެސް ހަބާސް ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހުގެ ނަތީޖާތަކާއެކު މާޒިޔާގެ އިތުރުން އިންޑިއާގެ ބެންގަލޫރު އެފްސީ ވަނީ މުބާރާތުން ކަޓާފައެވެ. ގްރޫޕުގެ އެއްވަނައަށް އެކަނި އަނެއް ބުރުގެ ޖާގަ ލިބޭއިރު، މިހާރު އެ މަގާމަށް ވާދަކުރަނީ ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓާއެކު އެއްވަނައިގައި އޮތް މޯހަން ބަގާނުގެ އިތުރުން ދެ މެޗުން ހަތަރު ޕޮއިންޓާއެކު ދެވަނައިގައި އޮތް ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާޒިޔާ ވާދަކުރާނީ ބެންގަލޫރާއެވެ. އެ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުގެރެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޖުލައި 2017

ބޮޑު ނަމެއް ލިބިފައި އޮތުން މުހިންމެއް ނޫން، މުހިންމީ ކުޅުންތެރިން ޒިންމާދާރު ވުން: ފެސްކޯ

17 ޖުލައި 2017
ބޮޑު ނަމެއް ލިބިފައި އޮތުން މުހިންމެއް ނޫން، މުހިންމީ ކުޅުންތެރިން ޒިންމާދާރު ވުން: ފެސްކޯ
12 މެއި 2017

ތައްޓަކާއެކު، އެންމެ ފުރިހަމައަށް ސީޒަން ނިންމާލަން މިއޮތީ ފުރުސަތު ލިބިފައި: މޮރީނިއޯ

12 މެއި 2017
ތައްޓަކާއެކު، އެންމެ ފުރިހަމައަށް ސީޒަން ނިންމާލަން މިއޮތީ ފުރުސަތު ލިބިފައި: މޮރީނިއޯ
24 އެޕްރީލު 2017

އެމްއޯސީގެ އިންތިހާބުގައި ވޯޓް ނަގަން ޖެހެނީ އެންމެ މަގާމަކަށް

24 އެޕްރީލު 2017
އެމްއޯސީގެ އިންތިހާބުގައި ވޯޓް ނަގަން ޖެހެނީ އެންމެ މަގާމަކަށް
22 އެޕްރީލު 2017

ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ފެސްކޯ

22 އެޕްރީލު 2017
ޔޫވީ މެޗަށް ފުރިހަމައަށް ތައްޔާރު، ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ފެސްކޯ
04 އެޕްރީލު 2017

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ
29 މާރިޗު 2017

ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް

29 މާރިޗު 2017
ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް
24 މާރިޗު 2017

ބަލިވީ ޕްރެޝާ ހޭންޑަލް ކުރަން ނޭނގުމުން، ޒިންމާ ނަގަން: ޝަރަފް

24 މާރިޗު 2017
ބަލިވީ ޕްރެޝާ ހޭންޑަލް ކުރަން ނޭނގުމުން، ޒިންމާ ނަގަން: ޝަރަފް
12 މާރިޗު 2017

މަޖިލީހުގެ މައްސޫލިއްޔަތަކީ ދައުލަތް ޒިންމާދާރުކުރުވުން: އަލީ ހުސެއިން

12 މާރިޗު 2017
މަޖިލީހުގެ މައްސޫލިއްޔަތަކީ ދައުލަތް ޒިންމާދާރުކުރުވުން: އަލީ ހުސެއިން
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
01 ފެބުރުއަރީ 2017

ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ

01 ފެބުރުއަރީ 2017
ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް