Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

މޯހަން ބަގާން އަތުން ބަލިވެ މާޒިޔާ ކަޓައިފި

އަނެއް ބުރަށް ވާދަކުރާ ދެ ޓީމަކީ މޯހަން ބަގާނާއި ބަޝުންދަރާ

އަތޫފް އާތިފް
އަތޫފް އާތިފް | 21 އޯގަސްޓު 2021 | ހޮނިހިރު 18:11
މާޒިޔާ އާއި މޯހަން ބަގާން ބައްދަލުކުރި މެޗުގެ ތެރެއިން

މާޒިޔާ އާއި މޯހަން ބަގާން ބައްދަލުކުރި މެޗުގެ ތެރެއިން

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާއަށް ޚާއްސަ ގްރޫޕުގައި އިންޑިއާގެ އޭޓީކޭ މޯހާން ބަގާން އަތުން ބަލިވެ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މުބާރާތުން ކަޓައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން މާޒިޔާ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި މާޒިޔާއިން ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި މި މެޗުގައި އެންމެ ފުރަތަމަ ލީޑުވެސް ނަގާފައިވަނީ މާޒިޔާއިންނެވެ. އެގޮތުން މެޗުގެ 25 ވަނަ މިނެޓުގައި ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ދިން ޕާހަކަން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އައިސަމް އިބްރާހީމެވެ.

އޭގެ ފަހުން ފުރަތަމަ ހާފުގައު މޯހަން ބަގާންގެ ފޯވާޑް ރޯއީ ކްރިޝްނާއަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އަދި މެޗުގެ 29 ވަނަ މިނެޓުގައި މާޒިޔާގެ ފޯވާޑް ހަމްޒާ މުޙައްމަދު (ހަމްޕު) އަށް ވަނީ ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގައި މޯހަން ބަގާނުން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައެވެ. އެގޮތުން އެ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި މޯހަން ބަގާނުން ވަނީ ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލިސްޓަން ކޮލަކޯއެވެ. އަދި މެޗުގެ 63 ވަނަ މިނެޓުގައި ލިސްޓަން ވަނީ އިތުރު ލަނޑެއް ޖަހައި މޯހަން ބަގާނަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 78 ވަނަ މިނެޓުގައި މޯހަން ބަގާނުގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މަންވީރު ސިންހެވެ.

މި މޮޅާއެކު މޯހަން ބަގާނުން ވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެ މި ގްރޫޕްގެ އެއްވަނައަށް ޖެހިލާފައެވެ. މޯހަން ބަގާނަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ބަޝުންދަރާ ކިންގްސްއަށް ދެ މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. އެހެންކަމުން މުބާރާތުގެ އަނެއް ބުރަށް ވާދަކުރާ ދެ ޓީމަކީ މޯހަން ބަގާނާއި ބަޝުންދަރާއެވެ. މި ގްރޫޕުގެ ތިންވަނައިގައި އޮތް ބެންގަލޫރާއި ފުލުގައި އޮތް މާޒިޔާ ވަނީ މުބާރާތުން ކަޓާފައެވެ.

މި ފަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން މާޒިޔާ ކެޓިއިރު، މިއީ އޭއެފްސީ ކަޕުގައި މާޒިޔާ ވާދަކުރި ހަތްވަނަ ފަހަރެވެ. އެ ޓީމަށް މިހާތަނަށް އަދި މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައެއްނުވެއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު