Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާގެ އިދިކޮޅު ލީޑަރު

ރަޝިއާގެ އިދިކޮޅު ލީޑަރު ދޫކޮށްލެއްވުމަށް ޕުޓިންއަށް މާކެލް ދަންނަވައިފި

ގޭސް-ޓްރާންސިޓް ޑީލްއަށް އިޙްތިރާމު ކުރެއްވުމަށްވެސް ޕުޓިން އަރިހުގައި އެދިވަޑައިގެންނެވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 އޯގަސްޓު 2021 | ހުކުރު 17:43
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާއި ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މާކެލް މޮސްކޯގައި ބޭއްވެވި ބައްދަލު ކުރެއްވުމުގެ ތެރެއިން

ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާއި ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މާކެލް މޮސްކޯގައި ބޭއްވެވި ބައްދަލު ކުރެއްވުމުގެ ތެރެއިން

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިހާރުން މިހާރަށް ދޫކޮށްލަން ޖެހޭކަމަށް ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މާކެލް ވިދާޅުވެއްޖެއެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާއެކު ހުކުރު ދުވަހު މޮސްކޯގައި ބޭއްވި ބައްދަލު ކުރެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މާކެލް ވިދާޅުވީ، ރަޝިއާގެ އިދިކޮޅު ލީޑަރު ނަވަލްނީ ދޫކޮށްލެއްވުމަށް ޕުޓިންއަށް ތަކުރާރުކޮށް ދަންނަވާފައިވާނެ ކަމަށެވެ. އަދި ޖަރުމަނުން އެގޮތުގައި ދެމިތިބޭނެކަމަށް މާކެލް ވަނީ ޕުޓިންއަށް ދަންނަވާފައެވެ.

ސިއްހީ ފަރުވާއަށް ޖަރުމަނަށް ވަޑައިގަތުމަށްފަހު ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އަނބުރާ ގައުމަށް ވަޑައިގެންފައިވަނީ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. ނަވަލްނީ ގައުމަށް ވަޑައިގަތުމާއެކު ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.

އޭނާގެ މައްޗަށް ޖަލު ހުކުމެއްވެސް އިއްވާފައިވާއިރު، ނަވަލްނީ ރަޝިއާއަށް ވަޑައިގެންނެވީ ހައްޔަރުކުރާނެ ކަމުގެ އިންޒާރު ރަޝިއާގެ ޕްރިޒަން ސަރވިސްއިން ދީފައިވާ ދަނޑިވަޅެއްގައެވެ. މި އިންޒާރު ދީފައިވަނިކޮށް އެނބުރި ވަޑައިގަތުމަކީ ރައީސް ވްލަޑިމިއަރ ޕުޓިންގެ ސަރުކާރަށް ކުރެއްވި ޗެލެންޖެއްގެ ގޮތުގައި ބޭރުގެ މީޑިއާތަކުން ވަނީ ސިފަ ކޮށްފައެވެ.

ރަޝިއާ ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ނަވަލްނީގެ އެފްބީކޭ ފައުންޑޭޝަންއަކީ ހައްދުފަހަނަޅާފައިވާ ފިކުރުގެ ބައެއްގެ ގޮތުގައި ދެއްކުމަށެވެ. އެގޮތުން އެ ފައުންޑޭޝަނަކީ ނިރުބަވެރި ހަމަލާތަކަށް މަގުފަހިކުރާ އަދި އެހީވެދޭ ފައުންޑޭޝަނެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ. ވެރިރަށް މޮސްކޯގެ ކޯޓެއްގައި އެކަމާ ގުޅޭ އަޑުއެހުންތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ޕުިޓިންއާއި މާކެލް ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މާކެލް ވަނީ 2019 ވަނަ އަހަރު ރަޝިއާއާ ޔޫކްރޭންއާ ދެމެދުގައި ވެފައިވާ ގޭސް-ޓްރާންސިޓް ޑީލްއަށް އިޙްތިރާމު ކުރެއްވުމަށްވެސް ޕުޓިން އަރިހުގައި އެދިވަޑައިގެންފައެވެ. މި ޑީލްއަކީ ޕުޓިންއާއި ޔޫކްރޭންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީއާއެކު 2019 ވަނަ އަހަރުން ފެށިގެން ކުރެވުނު މަޝްވަރާތަކަށްފަހު އެއްބަސްވުމަކަށް އައިސް ހަދާފައިވާ ޑީލްއެކެވެ. އެތައް މަޝްވަރާއަކަށްފަހު މި ޑީލް އެކުލަވާލުމުގެ މަރުހަލާގައި ޖަރުމަނުގެ އިތުރުން، ފްރާންސް ފަދަ ގައުމުތަކާއި ޔޫރަޕިއަން ކޮމިޝަންގެ ބޮޑު ބައިވެރިވުމެއްވެސް އޮތެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
27 މާރިޗު 2017

މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި

27 މާރިޗު 2017
މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
23 ފެބުރުއަރީ 2017

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

23 ފެބުރުއަރީ 2017
އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު