Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަހުމަދު މަހުލޫފުގެ މައްސަލަ

މަހުލޫފުގެ ބަސް: ދައުވާކުރާނެ ހެއްކެއް ނެތްކަން އިތުރަށް ޔަގީން ކުރެވިއްޖެ

އިތުރު އައު ހެކިތަކެއް ހޯދުމުގެ މަސައްކަތް ނުކުރާ ކަމަށް ފުލުހުން ބުނޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 އޯގަސްޓު 2021 | ހުކުރު 08:50
ސަސްޕެންޝަންގައި ހުންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު،

ސަސްޕެންޝަންގައި ހުންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު،

އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލާގައި ދައުވާކުރާނެ ހެއްކެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ވާހަކަ އިތުރަށް ޔަގީން ކުރެވިފައިވާ ކަމަށް ސަސްޕެންޝަންގައި ހުންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު މިހެން ވިދާޅުވެފައި މިވަނީ ބުރާސްފަތި ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސެއިން ޝަމީމު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. މަހުލޫފުގެ މައްސަލާގައި ފުރަތަމަ އޭނާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް އެ މައްސަލަ ބެލި ޓީމުން ނިންމުމުން އެ މައްސަލަ އެހެން ޓީމަކާ ހަވާލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެކަމާ ގުޅޭގޮތުން ޝަމީމް ވިދާޅުވީ, އެއީ މުޅިން ޞައްޙަ މައުލޫމާތެއް ނޫން ކަމަށާއި، ދައުވާ ކުރިއަސް ނުކުރިއަސް އެކަމުގައި ޒިންމާވާނީ އޭނާ ކަމަށެވެ. 100 ވަރަކަށް ޕޮސެކިއުޓަރުން އުޅޭއިރު، ގިނަ ވާހަކަތައް ދައްކާނެ ކަމަށާއި، މި މައްސަލައިގައި ގޮތް ނިންމާނީ ޝަމީމް ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލަ ލަސް ވެއްޖެކަމަށް ބުނާ ވާހަކައަށް އިންކާރު ނުކުރާ ކަމަށާއި ދައުވާ ކުރުމާމެދު ގޮތެއް ނުނިންމި 100 ދުވަސް ހޭދަވިޔަސް، ހޯދެން ހުރި ހުރިހާ ހެއްކެއް ނުހޯދެނީސް ގޮތެއް ނުނިންމާނެ ކަމަށެވެ.

ޝަމީމްގެ ވާހަކަތަކާ ގުޅިގެން މަހުލޫފު ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ހެއްކެއް ނެތްކަމަށް ތަކުރާރުކޮށް ވިދާޅުވާ ވިދާޅުވުން ޔަގީންވެފައިވާ ކަމަށެވެ. އަދި 2 އަހަރު ވަންދެން ހެކި ހޯދުމަށް މަސައްކަތް ކުރައްވަނީތޯ މަހުލޫފު ސުވާލުކުރައްވާފައިވެއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ މަހުލޫފުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި އިތުރު އައު ހެކިތަކެއް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންނުދާ ކަމަށެވެ. ނަމަވެސް ޕީޖީގެ އެދުމުގެ މަތިން ތަހުގީގުގައި ކުރިން ވެސް ހޯދައިފައި ހުރި ބައެއް ހެކިތަކާ ގުޅޭ ބައެއް ކަންކަން އިތުރަށް ސާފުކޮށްދިނުމަށް ޕީޖީން އެދިފައިވާތީ އެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާ ކަމަށެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގެ މައްސަލާގައި ދައުވާކުރަން ޝަރީއަތާ ހަމައަށް ގެންގޮސްފިނަމަ "ދައުލަތް އޮރިޔާން" ވާނެ ކަމަށާއި، ސިޔާސީ ނުފޫޒު ވަދެފައިވާކަމަށް މަހުލޫފު ތުހުމަތުކުރައްވާފައިވެއެވެ. މި ތުހުމަތުތަކަށް ރައްދު ދެއްވައި ޝަމީމް ވިދާޅުވީ މި މައްސަލާގައި ފުރިހަމަ ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން ފުލުހުންނާއެކު މަސައްކަތްތަކެއް ކުރަމުންދާކަން ފީޖީ ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި މަހުލޫފު ވިދާޅުވީ، ކުރިން ނިންމަވައިގެން ހުންނެވީ ޕީޖީ އޮފީހުން ގޮތެއް ނިންމުމުން އިސްތިއުފާ ދެއްވުމަށް ކަމަށެވެ. ނަމަވެސް ކަންކަން މިހާ ގޯސްކޮށް ދާތީ ދައުވާ ކުރިޔަސް ދެން އިސްތިއުފާ ދެއްވުމާމެދު ވިސްނަވާނެކަމަށް މަހުލޫފު ވިދާޅުވިއެވެ. އަދި އެކަން ރައީސަށް ވެސް ރަސްމީކޮށް ދަންނަވާނެކަން ފާހަގަކުރައްވައި މަހުލޫފު ވިދާޅުވީ، މަގާމުން ވަކިކުރުމަކީ ރައީސުލްޖުހޫރިއްޔާއަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ބާރެއް ކަމުން، ގޮތެއް ނިންމަވާނީ ރައީސް ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިނިވަން 50: ކޮރަޕްޝަން ހިންގާފައިވާ ކަމަށް އެއްބަސްވެ، ތުހުމަތުގެ އިނގިލި އުމަރަށް!

މިނިވަން 50: ކޮރަޕްޝަން ހިންގާފައިވާ ކަމަށް އެއްބަސްވެ، ތުހުމަތުގެ އިނގިލި އުމަރަށް!

20 މާރިޗު 2017
ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!

ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!

15 މާރިޗު 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

26 ފެބުރުއަރީ 2017
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު