Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނިއުޒިލޭންޑް ލޮކްޑައުނަކަށް

ނިއުޒިލޭންޑުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފި

ހުކުރު ދުވަހު އިތުރު 11 ކޭސް ރިޕޯޓްކޮށްފައިވާ އިރު، މީގެ ތެރެއިން 3 ކޭސް ރިޕޯޓްކޮށްފައިވަނީ ވެލިންގޓަން އިން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 އޯގަސްޓު 2021 | ހުކުރު 08:27
ނިއުޒިލޭންޑް ވަނީ ލޮކްޑައުންކޮށްފައި

ނިއުޒިލޭންޑް ވަނީ ލޮކްޑައުންކޮށްފައި

ނިއުޒިލޭންޑުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފިއެވެ.

ޑެލްޓާ ވޭރިއަންޓްގެ އައުޓްބްރޭކާ ގުޅިގެން އެގައުމުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރުކުރިކަން ހާމަކުރައްވާފައިވަނީ އެގައުމުގެ ބޮޑުވަޒީރު ޖެސިންޑާ އާޑެންއެވެ. އެގޮތުން ލޮކްޑައުން މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ދިގުދައްމާފައިވާ ކަމަށް ޖެސިންޑާ ވަނީ ވިދާޅުވެފައެވެ.

ނިއުޒިލޭންޑްގެ އެންމެ ބޮޑު ސިޓީކަމުގައިވާ އޯކްލޭންޑްގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. އަދި ވެރިކަން ކުރާ ރަށް ވެލިންގޓަންގައި ކޭސްތައް ފެނިގެން ވަނީ ރިޕޯޓްކޮށްފައެވެ. އެ ރަށުން ޖުމްލަ 31 ކޭސް ހުކުރު ދުވަހު ވަނީ ރިޕޯޓްކޮށްފައެވެ.

ނިއުޒިލޭންޑްގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ހުކުރު ދުވަހު އިތުރު 11 ކޭސް ރިޕޯޓްކޮށްފައިވާ އިރު، މީގެ ތެރެއިން 3 ކޭސް ރިޕޯޓްކޮށްފައިވަނީ ވެލިންގޓަން އިންނެވެ.

ވެލިންގޓަންއިން ރިޕޯޓްކޮށްފައިވާ 3 ކޭސް އަކީ އޯކްލޭންޑްގެ ވައިރަސް ފެތުރެމުންދިޔަ ސަރަހައްދުތަކަށް ޒިޔާރަތްކުރި މީހުންނެވެ. ފާއިތުވި 6 މަސް ދުވަސް ވަންދެން ނިއުޒިލޭންޑުން ކޮވިޑްގެ އެއްވެސް ކޭހެއް ފެނިފައި ނުވާ އިރު، ކުއްލި ގޮތަކަށް 3 ދުވަހަށް މުޅި ގައުމު ލޮކްޑައުން ކުރަން ވަނީ ނިންމާފައެވެ. ފެބްރުއަރީ މަހުން ފެށިގެން އެގައުމުގައި ކޮވިޑްގެ އެއްވެސް ކޭހެއް ފެނިފައެއް ނުވެއެވެ.

ނިއުޒިލޭންޑްގައި ކޮވިޑްގެ ކަންކަން މެނޭޖްކުރަމުންދިޔަ ގޮތްތަކާ ގުޅިގެން ޖެސިންޑާއަށް ވަނީ ބައިނަލްއަގުވާމީ ދުނިޔެއިން ތައުރީފްކޮށްފައެވެ. އެގޮތުން ކޮވިޑާއެކު ވަގުތުން އެޅި ފިޔަވަޅުތަކާއި، ލޮކްޑައުން ކުރުމާއި، ނިއުޒިލޭންޑްގެ ބޯޑަރު ބަންދުކުރުން ހިމެނެއެވެ.

ނަމަވެސް ޖެސިންޑާގެ ސަރުކާރަށް މިހާރު ސުވާލު އަމާޒުވެފައިވަނީ ވެކްސިން ޖެހުމުގެ ކަންކަން ލަސްވެގެން ދަނީ ކީއްވެގެންތޯ އާއި ތަކެތީގެ އަގުބޮޑުވަމުންދާ މައްސަލައިގައެވެ.

އޯއީީސީޑީގެ ގައުމުތަކުގެ ތެރެއިން ނިއުޒިލޭންޑަކީ މިހާތަނަށް އެންމެ މަދުން ވެކްސިން ޖަހާފައިވާ ގައުމެވެ. އެގައުމުގައި ދެވަނަ ޑޯޒް މިހާތަނަށް ޖަހާފައިވަނީ 19 އިންސައްތަ މީހުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އދ އިން ފަލަސްތީނުގެ ރެފިޔުޖީންނަށް ދޭ އެހީގެ މުއްދަތު އިތުރުކޮށްފި

އދ އިން ފަލަސްތީނުގެ ރެފިޔުޖީންނަށް ދޭ އެހީގެ މުއްދަތު އިތުރުކޮށްފި

14 ޑިސެމްބަރު 2019
އެކުއެޑޯގައި ކުރިޔަށްދާ މުޒާހަރާތަކާއެކު ކާފިޔުގެ މުއްދަތު އިތުރުކޮށްފި

އެކުއެޑޯގައި ކުރިޔަށްދާ މުޒާހަރާތަކާއެކު ކާފިޔުގެ މުއްދަތު އިތުރުކޮށްފި

14 އޮކްޓޯބަރު 2019
ޔޫކޭ އިން ގްރޭޖުއޭޓުންނަށް ދޭ ވޯކް ވިސާ ދެ އަހަރަށް އިތުރުކޮށްފި

ޔޫކޭ އިން ގްރޭޖުއޭޓުންނަށް ދޭ ވޯކް ވިސާ ދެ އަހަރަށް އިތުރުކޮށްފި

14 ސެޕްޓެމްބަރު 2019
މުސްލިމުންނަށް ދޭ ހަމަލާތައް އިތުރުވެ ސްރީ ލަންކާގެ ކަރފިއު މުއްދަތު އިތުރުކޮށްފި

މުސްލިމުންނަށް ދޭ ހަމަލާތައް އިތުރުވެ ސްރީ ލަންކާގެ ކަރފިއު މުއްދަތު އިތުރުކޮށްފި

14 މެއި 2019
މިސްރުން ހައްޔަރުކޮށްފައިވާ އަލްޖަޒީރާގެ ނޫސްވެރިޔާގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުކޮށްފި

މިސްރުން ހައްޔަރުކޮށްފައިވާ އަލްޖަޒީރާގެ ނޫސްވެރިޔާގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުކޮށްފި

03 ޑިސެމްބަރު 2018

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު